ސަސްޕެންޝަން އުވާލުމުން އޭނާ މިއަދު ވަނީ އޮފީހަށް ނުކުންނަވާފައި. -- ފޮޓޯ | މިހާރު
24 އެޕްރީލް 2024 - 10:12
މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދުގެ ސަސްޕެންޝަން އުވާލައިފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ)ން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އޭނާ ސަސްޕެންޑް ކުރީ މިދިޔަ މަހުގެ 18ގަ އެވެ.
މިފްކޯއިން މިއަދު ބުނީ ސީއީއޯގެ ސަސްޕެންޝަން އުވާލިކަން ޕީސީބީން އެންގުމާ އެކު ކުންފުނި ހިންގުމުގެ މަސައްކަތްތަކަށް އޮފީހަށް ނުކުންނަވާފައިވާ ކަމަށެވެ. އެ ކުންފުނީގެ ހިންގުމުގެ ކަންކަން ހަމަޖެއްސުމަށް އުފެއްދި އިންޓަރިމް ކޮމިޓީ މިހާރު ވަނީ އުވާލައިފަ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި ޕީސީބީގެ އެންގުމާ އެއްގޮތަށް ކުންފުނީގެ ހިންގުމުގެ ކަންކަން މިފްކޯގެ ބޯޑު މެދުވެރިކޮށް ކުރިއަށް ގެންދަން ވެސް ވަނީ ނިންމައިފަ އެވެ. ޕީސީބީން ސަމާހް ސަސްޕެންޑް ކުރީ 14 ދުވަހަށެވެ.
ޕީސީބީން އައީ، މިފްކޯއާ ގުޅޭ ގިނަ މައްސަލަތަކެއް ބަލަމުންނެވެ. އޭގެ ތެރޭގައި ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމަށާއި ސިޔާސީ ބޭނުންތަކަށް ބޭނުންކުރުމާއި ކުންފުނީގެ ދާއިމީ މުވައްޒަފުން ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކުރުމާއި ވަޒީފާގެ ބިރު ދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި މުވައްޒަފުން ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ސަބަބެއް ނެތި މަގާމާއި މުސާރަ ދަށްކުރުން އަދި އެހެން ޑިޕާޓްމަންޓްތަކާއި ރަށްތަކަށް ބަދަލުކުރުން ހިމެނެ އެވެ.
މުވައްޒަފުން ނެގުމުގައި އަމަލުކުރަމުން އައި ގޮތާއި ރަސްމީ ބޭނުންތަކުގައި ނޫން ގޮތަށް ސީއީއޯގެ އާއިލާ މީހުން އޮފީހަށް ގެނައުމާއި ކުންފުނީގެ މާލީ ހާލަތު ހުރި ގޮތް ނުބަލާ، ސީއީއޯ ރާއްޖެއިން ބޭރަށް ދިއުމާއި ދަތުރުކުރާއިރު ބިޒްނަސް ކްލާސް ބޭނުންކުރުމާއި މަސައްކަތާ ނުގުޅޭ މުވައްޒަފުން ދަތުރު ގެންދިއުން ފަދަ ތުހުމަތާ ގުޅޭ މައްސަލަ ވެސް ޕީސީބީން ބެލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިފާއު މުހައްމަދު
24 April 2024
ދެން ދާނީ ކުރިޔަށް. ސުޕަރ މެޖޯރިޓީއާއެކު ގައުމު ދެން ދާނީ ބާރަށް ކުރިޔަށް.
މުހައްމަދު މަފާޒް
24 April 2024
ހިންގުންތެރިއެއް. ބޮސް އައިސް އަނެއްކާވެސް ހިންގާލާނެ ކުންފުނި
ދޭހިލޭ
24 April 2024
މަނިކުފާނު ހާމަކުރެއްވި ގޮތަށް ތިޔަ ތަނުގައި ތިބި ކޮރަޕްޝަން ހިންގާފައި ތިބި މީހުންގެ މައްސަލަ ބަލައި ތިޔަ ކުންފުންނަކީ ފައިދާ ހުރި އަރަނި ކުންފުންޏަކަށް އަވަހަށް ހައްދަވައިދެއްވާ.
އަފާފް މުހައްމަދު
24 April 2024
މީގަ ނެތް އެއްވެސް މައްސަލައެއް. އުސޫލުން ކަންކަން ގޮއްސިނަމަ ނޯންނާނެ އެއްވެސް މައްސަލައެއް.
އަމްޝާދު އަޒީޒް
24 April 2024
މިހެންވެ ބުނަނީ މި ސަރުކާރުން ކަންކަން ކުރާއިރު ތޯތޯ ނުވާނެޔޭ. ކަންކަން ދާނީ އުސޫލުގެ ތެރެއިން.
އަހްމަދު ނޫމާން
24 April 2024
މިހެން ވާންޖެހޭނެ. ކަންކަން ބަލާފަ ފިޔަވަޅު އަޅަންވާނީ.
އާސިމް ރިޒާ
24 April 2024
ރަނގަޅު. މައްސަލައެއް ނެތިއްޔާ ހަމަ އުވާލަންވީ
ކޮރަލް
24 April 2024
ސަރުކާރު ހިއްސާވާ ކުންގުނި ތަކުގަ އަބަދުވެސް ކޮރަޕްޝަން ގެ ބޮޑެތި މައްސަލ ަތއް ހުރެ އެވެ. ފައިސާ ހަރަދު ކުރާ ގޮތް ބެލޭނެ މިނިވަން ނިޒާމް އެއް ނުހުރެ އެވެ. ފައިސާ އަށް ހިޔާނާތް ތެރި ވިއަސް މައްސަލަ އެއް ނުބަލަ އެވެ.
އަފްރާސިޔާބު
24 April 2024
ބެލޭނެ ނިޒާމު ތައް ގާއިމް ވެފައިވޭ. ނިޒާމު އޮންނަނީ ކަރަޕްޓް ވެފައި.