26 އެޕްރީލް 2024 - 07:16
ޕީރިއަޑްގެ ތަދަކީ އެކި އަންހެނުންނަށް އެކި މިންވަރަށް ތަހައްމަލު ކުރަން ޖެހޭ ވޭނެކެވެ. ބައެއް މީހުންނަށް އެއްވެސް އުނދަގުލެއް ކުރިމަތިނުވެ އެވެ. އަދި އަނެއްބައި މީހުންނަށް އެއީ ދެން އިތުރު ކަމަކަށް ސަމާލުކަން ނުދެވޭނެ ވަރުގެ ވޭނެއް ކުރިމަތިކުރުވާ ކަމެކެވެ.
މީހާގެ އުމުރު މައްޗަށް ދާ ވަރަކަށް ބައެއް އަންހެނުންނަށް މި ރިހުން ލުއި ވާއިރު، ވިހެއުމުން ވެސް ބައެއް މީހުންނަށް މި ރިހުން ކުޑަވެ އެވެ.
ޕީރިއަޑްގެ ސަބަބުން ރިހޭ ރިހުމަށް ކެތް ނުވާ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން ވެސް ވަރަށް މުހިންމެވެ.
ރަހިމު ފިތޭ ވަރަކަށް ރިހުން ގަދަވެ އެވެ. ބައެއް މީހުންނަށް ޕީރިއަޑް ވުމުގެ ދެތިން ދުވަސް ކުރިން މި ރިހުން އަރަން ފަށަ އެވެ. އެއީ އެ ދުވަސްވަރު އުފެދޭ ހޯމޯނެއްގެ ސަބަބުންނެވެ.
ޕީރިއަޑްގެ ރިހުމަށް މެދުވެރިވާ ބައެއް ކަންތައްތަކުގެ ތެރޭގައި:
- ރަހިމުން ލޭ ބޭރުވާ ލޯވަޅު ހިމަވުން.
- އުމުރުން 30 އަހަރަށް ވުރެ ހަގުވުން ނުވަތަ 11 އަހަރު ފުރުމުގެ ކުރިން ޕީރިއަޑްވުން.
- ގަވާއިދުން ޕީރިއަޑް ނުވާ ނަމަވެސް ރިހުން ގަދަވޭ.
- ދުންފަތުގެ އިސްތިއުމާލުކުރުުން.
ޕީރިއަޑް ރިހުމަށް އެންމެ ރަނގަޅު ފަރުވާ އަކީ ތާފަނާ ފެނުން ބޮނޑިތާން ކުރުމެވެ. މި ރިހުން ގަދަވާ މީހުންނަށް ރަނގަޅީ ވީހާ ވެސް ކުޅި އަދި ލޮނު ގަދަ ކާ އެއްޗެހި ނުކެއުމެވެ. އަދި ގިނަގިނައިން ފެންބުއިމުން ވެސް ހަށިގަނޑަށް ލުއި ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައިތާ
26 April 2024
ހަމަ ރިހެންވީމަ ރިހެނީ ރިއްސާނެވަރަކަށް ރިއްސާފަ ރަނފަޅުވާންވީމަވަނީ. ތިއިންއެއްވެސް ސަބަބެއްނެރް.