ނޮޅިވަަރަމް ދާއިރާ އަށް އިންތިހާބުކުރި މުހައްމަދު ރަޝީދު: މިހާރު ޕީއެންސީ.
25 އެޕްރީލް 2024 - 07:13
މިދިޔަ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ހދ. ނޮޅިވަރަމް ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަމިއްލަ ކެންޑިޑޭޓް މުހައްމަދު ރަޝީދު ވެސް ޕީއެންސީއާ ގުޅިވަޑައިގެންފި އެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއާ އޭނާ ގުޅިވަޑައިގަތީ ރޭގަ އެވެ.
،މުހައްމަދު ރަޝީދުގެ މި ނިންމެވުމާ އެކު، އަންނަ މަހުގެ 28 ގައި ހުވާކުރާ 20 ވަނަ ރައްޔިތުންގެ މަޖިލިހުގައި ޕީއެންސީ ތަމްސީލުކުރާނެ ބޭފުޅުންގެ އަދަދު 73 އަށް އެރީ އެވެ. އަދި އެއްވެސް އެހެން ޕާޓީއެއްގެ އެހީތެރިކަމާ ނުލައި ވެސް ޕީއެންސީ އަށް ވަނީ އާ މަޖިލިހުގެ ސުޕަ މެޖޯރިޓީ ލިބިފަ އެވެ.
މި އިންތިހާބުގައި ޕީއެންސީ އަށް ނެގުނީ 66 ގޮނޑި އެވެ. އެކަމަކު، އިއްޔެ އެ ޕާޓީ އަށް ސޮއިކުރި ހަތް ބޭފުޅުންނާ އެކު އަދަދު 73 އަށް އެރީ އެވެ. ނަމަވެސް ޕީއެންސީން ތާއީދުކުރި ޖޭޕީ އާއި އެމްއެންޕީ އަދި އެމްޑީއޭގެ ކެންޑިޑޭޓުންނާ އެކު ޕީއެންސީގެ މަޖިލިސް މެމްބަރުންގެ އަދަދު 77 އަށް އަރާނެ އެވެ.
އާ މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ފަހު، އިއްޔެ ޕީއެންސީ އަށް ސޮއިކުރެއްވި ހަތް ބޭފުޅުންގެ ތެރެއިން ފަސް ބޭފުޅަކު މީގެ ކުރިން ވެސް ތިއްބެވީ ޕީއެންސީގަ އެވެ. އެއީ ހުރާ ދާއިރާ ކާމިޔާބު ކުރެއްވި ޑރ. އަނާރާ ނައީމާއި މަތިވެރި ދާއިރާ ކާމިޔާބު ކުރެއްވި އަހުމަދު ޒަރީރާއި މައްޗަންގޮޅި މެދު ދާއިރާ އިން އިންތިހާބުވި އަހްމަދު ޒަމީރާއި ނައިފަރު ދާއިރާއިން އިންތިހާބުވި ޔާސީން އަބްދުﷲ އަދި ވިލިނގިލި ދާއިރާ ކާމިޔާބު ކުރެއްވި އާޒިމް އަބްދުލް އަޒީޒެވެ.
އެ ފަސް ބޭފުޅުން އޭރު ޕީއެންސީ ދޫކުރެއްވީ އެ ޕާޓީގެ ޓިކެޓް ރަސްމީކޮށް ލިބުނު ކެންޑިޑޭޓުންގެ ބަދަލުގައި އެ ފަސް ބޭފުޅުންނަށް ތާއީދު ކުރަން ޕީއެންސީން ނިންމުމުންނެވެ.
މަޖިލިސް އިންތިހާބަށް ފަހު މިހާތަނަށް އަލަށް ޕީއެންސީ އަށް ސޮއިކުރެއްވީ ނޮޅިވަރަމް ދާއިރާގެ މުހައްމަދު ރަޝީދާއި ތިމަރަފުށި ދާއިރާ ކާމިޔާބު ކުރެއްވި އަހުމަދު ރިޔާޒެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފާފް އަބުދުލް ބާރީ
26 April 2024
މިކަމުގައި ރަޝީދު އާ ވާހަކަ ދެއްކިން . ބުނީ މިއީ ރައްޔިތުންގެ ހައްގުގައި ދާއިރާ ތަރައްގީ ކުރަން ނިންމި ނިންމުމެއް ކަމަށް. އެހެން ވީމާ އޯކޭ ހަމަ
ޝަމާލް މުހައްމަދު
26 April 2024
މިޔާއެކު އަހަރުމެންގެ ދާއިރާއަށް ދުވަހަކު ނާންނަ ތަރައްގީ އަންނާނެ. އިންޝާﷲ
ސާމް ނާފިޒް.
26 April 2024
މިއީ ދާއިރާގެ ހައްގުގައި ނިންމި ރަނގަޅު ނިންމުމެއް. ތަރައްގީ ގެނޭވޭނެ
އަމީން މުހައްމަދު
26 April 2024
މިހެންވެ ބުނަނީ ބޮޑު ފަޅިއަށް އަންނާށޭ އެއްމެން ކައިރީ. ސަރުކާރާ ގުޅިގެން ތަރައްގީ އަންނާނީ
އަމްޝާދު އަޒީޒް
26 April 2024
ކުރިންވެސް އަޅުގަނޑު ބުނިން ހޮވުނީމަ ޕީއެންސީ އަށް ސޮއި ކުރަން. ރަނގަޅު
ޔަޒީދް
25 April 2024
މަ ވަރަށް އުފާވޭ ރަޝީދު ޕީއެންސީ އާ ގުޅުނީމަ. އެއީ ހަމަ މި ރަޝު ރައްޔިތުން ބޭނުންވާ ގޮތް
ކަލާމު
25 April 2024
ހުރިހާ އެންމެންވެސް ގަބޫކު ކުރޭ ގައުމަށް ތަރައްގީ އަންނާނީ ޕީއެންސީ ސަރުކާރާ ގުޅިގެންކަން
ދޮން ހަސީނާ
25 April 2024
ދެން މިހާރު ފުދިއްޖެ. ޑިމޮކްރެސީގެ ރީތިމިސާލު މަޖިލިސްތެރެއިން ދެއްކުމަށް އިދިކޮޅު މެމްބަރުންވެސް ތިބެންޖެހޭނެ. މުއިއްޒުގެ އަރިހުން އެދެނީ އިތުރު މެމްބަރުން ނުލާން...
އަފްރާސިޔާބު
25 April 2024
ކީއްވެ އަހަނީ. ބަލަ އެއީ މިނިވަން މީހުންނޭ. ކަލޭ ހިތްހަމަ ނުޖެހިގެން ތިއުޅެނީ ކޮންކަމަކާތަ؟ ޕާޓީތައް އުވާލައިގެންނޫނިއްޔާ މިގައުމަށް ހަމަޖެހުމެއް ނުލިބޭނެ.
ކިހިނެއް
25 April 2024
އެމީހަކު ބޭނުމިއްޔާ ކޮބާ މައްސަލަ އަކީ ރައްޔިތުންގެ ކަންކަމައް އިހުމާލު ނުވާހާ ހިދަކު މުޅި މަޖިލިސް އެއް ޕާޓީއެއްގެ މެންބަރުން ތިއްބަސް އެއީ މައްސަލަ އެއްނޫން.
ޢަސްކަނި
25 April 2024
ކުރިން މިދާއިރާ ތަމްސީލް ކުރި މެންބަރު މޮޚުވާހަކަ ދެއްކުން ފިޔަވާ ނޮޅިވަރަމް ދާއިރާއަށް ވީ ކޮންފައިދާއެއްތޯ؟ އެއްވެސް ޕާޓީއަކާއި ނުގުޅި ހުރުމުގެ ސަބަބުން ދާއިރާ ޒީރޯއަށް ވެއްޓުން ސަރުކާރާ ގުޅގެން ނޫންގޮތަކަށް ދާއިރާއްކަށް ތަރައްގީ އެއް ނާންނާނެ ރަސީދުބޭ އެހެދީ ރަގަޅަށް މިދާއިރާ ތަރައްގީ ވާތަން ދެން ފެންނާނި ! ރަސީދު ބޭއަކީ ވިސްނުންތެރި ބޭފުޅެއް ދާއިރާ އަދި ފަރުދުންގެ މުހުތާދުތައް ފުއްދުމުގައި ރަސީދުބެދާނީ ކުރިއަށް!
ދަޅައަލީ
25 April 2024
މިއީ ކިހިނެއްވާކަމެއް ހެއްޔެވެ؟ މެމްބަރުން ތިއްބަވާނީ ހޮވިވަޑައިގަތް ހައިސިއްޔަތުގައެއް ނޫން ބާވައެވެ.ޑިފެކްޝަން ބިލް އިންފެކްޝަން ބިލަކަށް ވަނީ ހެއްޔެވެ. އުފެދޭ ސުވާލު ހާދަގިނަ އެބަވެއެވެ.
ފޫނު
25 April 2024
މެންބަރުން ކޮންމެ ޕާޓީ އެއްގަ ތިއްބަސް ރައްޔިތުންގެ ހައްގުގަ ވަކާލާތުކޮއް ރައްޔިތުންގެ ބަސް އިއްވަންޏާ އެއީ މައްސަލަ އެއްނޫން ހަމަ ޔަގީންނުންވެސް