ދިރާގުގެ އަހަރީ އާންމު ޖަލްސާ. އެކުންފުނީގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި 7.5ރ. ބަހަން ވަނީ ނިންމާފައި -- ފޮޓޯ: ދިރާގު
28 އެޕްރީލް 2024 - 21:52
ދިރާގުގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 7.5ރ. ބަހަން، މިރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފި އެވެ.
ކްރޮސްރޯޑުގައި ކުރިއަށް ދިޔަ އަހަރީ އާންމު ޖަލްސާގައި މިގޮތަށް ފާސްވީ ޖަލްސާގައި ބައިވެރިވި 96 ޕަސެންޓް ހިއްސާދާރުންގެ ވޯޓުންނެވެ.
މިއީ މިދިޔަ އަހަރު އެ ކުންފުނިން ބެހި ފައިދާއާ އަޅާބަލާއިރު 0.17ރ. އިތުރު އަދަދެކެވެ. އެއީ ކުންފުނީގެ މުޅި އަހަރުގެ ހިއްސާގެ ފައިދާ ބިނާވެގެންވަނީ ބޯޑުން ހުށަހަޅާފައިވާ 5.84ރ. ގެ ފައިނަލް ޑިވިޑެންޑާއި މިދިޔަ އަހަރުގެ ކުރީކޮޅު އިއުލާނުކޮށްފައިވާ ހިއްސާއަކަށް 1.66ރ. ގެ އިންޓެރިމް ޑިވިޑެންޑް ހިމެނޭ ގޮތަށެވެ. މި އަދަދު ބަހަން ފާސްވުމުން ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 570 މިލިއަން ރުފިޔާ ބަހާނެ އެވެ.
ދިރާގަށް ވަނީ މިދިޔަ އަހަރު 2.6 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފަ އެވެ. އަދި ކުންފުނީގެ ޖުމްލަ ފައިދާ 896 މިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 10 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
ދިރާގުން އަންނަނީ 2013 ވަނަ އަހަރުން ފެށިގެން ހިއްސާގެ ފައިދާ އެ ކުންފުނީގެ އާންމު ހިއްސާދާރުންނަށް ބަހަމުންނެވެ. އެކުންފުނިން މިހާތަނަށް އެންމެ ބޮޑު ފައިދާއެއް ބެހީ 2016 ވަނަ އަހަރު އެވެ. އެ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 14.37ރ. ބަހާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިދުރީސްސީ
30 April 2024
ނަންވާނީ އަބަދުވެސް އަލްހާން، ފަހުމީ.
އަހައްމަދޫ
30 April 2024
ހޫން. އާންމު މީހަކައް ތަންކޮޅެއް ބޮޑު އެއްޗެއް ދިއްކޮށް ނުލާތި އޮޅިގެންވެސް ބޮޑެތި ކުންފުނިތައް ހަދައިގެން ބޮޑެތި މުސާރަވެރިން ލައިގެން
އަހްމ
29 April 2024
ހާދަ ބައިވަރެއް؟
މޮޔަވެދާނެ ދެން
29 April 2024
ހިއްސާަ ވިއްކައިގެން ހުރިހާ ފައިދާ އެއް ވިއްކާ ފަރާތަށް. އެ ގަންނަ ފަރާތަށް އެ ގަންނަ ކުރި ހަރަދު މި ލިބެނީ 20 އަހަރުން ދެން އޭގެ ފަހުން އަހަރަކަށް 7 ނުވަތަ 14 ރުފިޔާ.
ފައިނޭސް ބްރޯ
29 April 2024
ތިއީ ހިއްސާ ގެ ބާޒާރު ނޭންގި ގަތީމަ ވާ ގޮތް
ގަނެވިއްކާ
29 April 2024
ވިއްކާނީ ގަނެގެން ނޫންތޯ. ވީމާ ވިއްކާފަރާތަށް ވުމުގެ ކުރިން އެއީ ހިއްސާ ގަތްފަރާތެއް. ވީމާ ގަނެގެން ވިއްކައިގެން ފައިދާ ލިބެނީ. އިތުރަށް ދިރާސަކޮށްލައްވާ.
ހަސަންރަހާ
29 April 2024
މި ރާއްޖޭގައި (އަމިއްލަ ވިޔަސް ދައުލަތުގެ ކުންފުންޏަކުން ވިޔަސް) ހިއްސާ އެއް ގަތުމަށް ވުރެ ޒައިތޫނި ގަހެއް އިންދުން ވެސް މާ ރަނގަޅު ކަމަށް ފެނޭ!
ޙުސެންދީ
29 April 2024
ތީ ޕަސަންޓުން ބަލާފިއްޔާ %9.38. އަސްލު ވަރަށް ކުޑަ. ރާއްޖޭގައި މާބޮޑު ކެޕިޓަލް ގެއިންއެއް ނޯންނައިރު ރަނގަޅު ރިޓާންއެއް ދޭންޖެހޭ. އެހެންނޫނީ އެވެސް މީހެއް އިންވެސްޓް ނުކުރާނެ.
2024
29 April 2024
2016 ގަ 14ރުފިޔާ މިހާރު 7ރުފިޔާ.... ބޮއިހަލަކި
ސމްތިންގ
29 April 2024
ވާއު، ހާތްތަރި
ސަރާސަ
28 April 2024
އެންމެ ބޮޑު ފައިދާއެއް ބެހީ 2016 ވަނަ އަހަރު އެވެ. އެ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 14.37ރ. ބަހާފައިވެ އެވެ. މިހާރު ފައިދާވާ މިންވަރު އެތައް ގުނައަކަށް އިތުރުވާއިރުވެސް ބަހާ މިންވަރު އެހަ ކުޑަވަނީ ކީއްވެ؟ ހިއްސާއަކަށް އެންމެ 7.5 ރުފިޔާ
ޖަވާބް
29 April 2024
އެ ވެދާނެ އެއަހަރުގައި ބެހީ ކުރިން އެއްކުރެވިފައި ހުރި ފައިސާ (ނުވަތަ އެކިޔުމިލޭޓަޑް ކޭޝްފްލޯ) މާބޮޑަށް އިތުރުވެފައި ހުރީމައި އެ ބަހާލީކަމަށް. އަހަރެއްގެ ތެރޭގައި ބަހާ ޑިވިޑެންޑްއަކީ ކޮންމެހެން އެއަހަރުގެ ފައިދާ އާއި ސީދާ ގުޅުމެއް އޮންނަ އެއްޗެއް ނޫން.
ކަވާބް
29 April 2024
ޖަވާބް، ތީހަމަ ތެދެއް. އެމްޓީޑީސީން އެންމެ ފުރަތަމަ އަހަރުބެހީ ކުރިއަށް އޮތް 20 އަހަރަށް ލިބެން އޮތްފައިސާ، ރަށްތައް ވިއްކައިގެން. އެތަށް އަހަރެއްކޮށްފަ އަނެއްކާވެސް ހިއްސާޔަކަށް ބައިރުފިޔާއެއް ބެހި. އުފެދުމުގަވެސް އުސޫލީ ކޮރަޕްޝަން އޮތްތެނެއް އެއީ