އައިކެއާ ހޮސްޕިޓަލް.
30 އެޕްރީލް 2024 - 11:10
ސްކޫލް ޗުއްޓީ އަށް ހާއްސަކޮށް އަގުހުރި އިނާމަކާއި ޑިސްކައުންޓް ހުށަހަޅައި، ހާއްސަ ޕްރޮމޯޝަނެއް ފެށުމަށް ނިންމައިފި އެވެ.
މާދަމާ ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަނަކީ އައިނުގެ ފްރޭމް އާއި އަވިއައިނުން 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދޭ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި 2000ރ. އިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންނަށް ޕްރޮމޯޝަނުގެ ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ.
ޕްރޮމޯޝަނާއި ގުޅޭ ޕޯސްޓެއް.
މި ޕްރޮމޯޝަނުގެ ލަކީޑްރޯ އަށް ހުށަހަޅާފައިވާ އިނާމަކީ ފިޔަވަޅު ރިސޯޓް މޯލްޑިވްސްއިން ދެ މީހަކަށް ހާއްސަ ދަތުރެކެވެ. މި ޕްރޮމޯޝަން މި މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ ފިހާރަތަކެއްގައި ކުރިއަށް ދާނެ އެވެ.
އައިކެއާ އަކީކުއިކްސިލްވާ އާއި ރޭބަން އާއި ރޮކްސީ އަދި މައިކަލް ކޯސް ފަދަ މަޝްހޫރު ބްރޭންޑްތަކުގެ އައިނު ލިބޭނެ އެވެ. އަދި މި ތަނަކީ ކޮލިޓީ ރަނގަޅު ނޯވާ ބްރޭންޑުގެ އަވި އައިނު ވެސް ވިއްކާ ތަނެކެވެ. އެތަނުގައި އެކި ވައްތަރުގެ އެކި ކުލަތަކުގެ އައިނު ދުނިގަނޑާއި އަވިއައިނު ހުންނައިރު ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަ ގިނަ ޑިޒައިންތަކެއް ވެސް އެތަނުގައި ހުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy