އެސްޓީއޯ ޕަވާ މިކްސް ޕްލާންޓް. -- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
30 އެޕްރީލް 2024 - 11:45
އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ސިމެންތީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަނުގައި 108ރ. އަށް ވިއްކާ "ޕަޔަނިއާ" ބްރޭންޑްގެ 50 ކިލޯގެ ސިމެންތި ބަސްތާ 90ރ. އަށް ލިބޭނެ އެވެ. އަދި މި ޕްރޮމޯޝަނުގައި 1500ރ. އިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންނަށް ލޯޑް ކުރުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކަށް ހިލޭ ޑެލިވަރީ ވެސް ކޮށްދޭނެ އެވެ.
ޕްރޮމޯޝަނާއި ގުޅޭ ޕޯސްޓެއް.
އެސްޓީއޯއިން ބުނި ގޮތުގައި މި ޕްރޮމޯޝަނުގެ ސަބަބުން އިމާރާތް ކުރުމުގެ ދާއިރާގައި ހިމެނޭ ކޮންޓްރެކްޓަރުންނާއި، އަތޮޅު ތެރޭގައި ސިމެންތި ވިއްކާ ފަރާތްތަކާއި އަދި އާއްމުންނަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ނިޔަލަށެވެ.
އެސްޓީއޯއިން ވިއްކާ "ޕަޔަނިއާ" ސިމެންތި އަކީ ޔޫއޭއީގައި އެންމެ މަގުބޫލު އެއް ސިމެންތި ބްރޭންޑެވެ. މި ސިމެންތި އަކީ ބީއެސް އީއެން 197-1:2011 ސީއީއެމް 42.5އެން ގްރޭޑް ގެ އޯޕީސީ ސިމެންތިއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy