އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް. އެކުންފުންޏަށް ފުރަތަމަ ކުއާޓާގައި ވަނީ 235 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
01 މެއި 2024 - 15:54
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް 235 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.
އެ ކުންފުނިން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ފުރަތަމަ ކުއާޓަރުގައި ވަނީ 4.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ. އެއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ ބަލާ އިރު 12 ޕަސެންޓުގެ އިތުރުވުމެކެވެ.
އެސްޓީއޯގެ ސާފު ފައިދާވަނީ މިދިޔަ ކުއާޓަރަށް ވުރެ 46 ޕަސެންޓު އިތުރު ވެފަ އެވެ.
އޭގެ މައިގަނޑު ސަބަބަކީ، އެސްޓީއޯ އިން ކުރަމުން ގެންދާ ވިޔަފާރިތައް ރަގަޅު ކުރެވިފައިވާތީ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅަށް ހިންގަމުން އަންނަ އެއް ކުންފުންޏެވެ. މިދިޔަ އަހަރު އެސްޓީއޯ އަށް 819 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައި ވެ އެވެ.
މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާއަކީ އޭގެ ކުރީ އަހަރަށް ވުރެ 91 މިލިއަން ރުފިޔާ އިތުރު ވެފަ އެވެ. އެއީ 10 ޕަސެންޓުގެ ކުރިއެރުމެކެވެ. އެ ކުންފުންޏަށް 16 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.
އެސްޓީއޯގައި ގާތްގަނޑަކަށް 2،200 މުވައްޒަފުން މަސައްކަތް ކުރާ އިރު، އެއީ ދައުލަތުގެ ހިއްސާ އޮންނަ އެންމެ ދުވަސްވީ ކުންފުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދީ
02 May 2024
ފައިދާ ނިވިއްޔާ ދެރަ. އެއްޗެތިވިއްކަނީ އިންތިހާ އަގުބޮޑުކޮށް. އެސްޓީއޯއިން ޓިނުގަނެގެން އެއަށްޖަހާ އިސްކުރު ފޮށްޓެއް ގަނެގެން 2ދުވަސްފަހުންގުޅާފާ ބުނެފި އިސްކުރު އަގު ނުބައިކޮށް ހެދިފައިވާތީ އަންނަން. އެއިސްކުރުފޮށީގެ އަގު550ރުފިޔާ.ފހުން އަގު ބަދަލުވީ 700ރުފިޔާއަށް. ދެންއިއްޔެ ސެލްބީއަށް ވަދެވުނު އިރު އޭގެ އިސްކުރު ފެނިގެން ފޮށްޓެއްގަތީ 280ރުފިޔާއަށް. ދެންފައިދާ ވާނެވަރު ހީކޮށްލާ. ރައްޔިތުންފެލަންޏާ ފައިދާ ބޮޑުވާނެ.
މ.ރަޝީދު
02 May 2024
ނޭނގޭ މިނޫހުން އޮޅުވާލަނީކަމެއް ނުވަތަ ޚަބަރު ލިބުނު ގޮތެއްކަމެއް! 1- 4.5 ބިލިއަން އަންނަނީ ރައުންޑް ކޮށްގެން، 6 މިލިއަން ތަފާތުވޭ 2- އަޅާކިޔަން ޖެހޭނީ ދެއަހަުރުގަވެސް ފުރަތަމަ ކުއަޓަރ، ފަހު ކުައަރޓަރ އަކީ ކޮންމެ އަހަރުގަވެސް ސޭލުން ދައްވާނެ ކުއަޓރ އެއް. 3- ސާފު ފައިދާއަކީ 195 މިލިއަން (އެސްޓީއޯ ސައިޓް) ، %4.34 ގެ ސޭލްސް ، މާނައަކީ ޚަރަދު ވަރަށް ބޮޑުކަން، ޚަރަދުތަށް ބެލެހެއްޓުން ދޯދިޔާކަން.
ދީމާ އަލީީ
02 May 2024
ފުރަތަމަދުވްހުންފެށިގެން ރައީސް މުއިއްޒު ނިންމެވީ ފައިސާ ޗާޕުނުކޮށް ގައުމު ހިންގަން. މިޔަދު އެ ސާބިތުކޮށްދިނީ ފައިސާ ޗާޕުކުރުމާނުލާ ބޮޑެތި ކުންފުނިތަކުން ފައިދާ ނެރެވޭނެކަން. މިއީ ހަމަ ލާމަސީލު ވެރިޔެއް.
ފާއިޒް މޫސާާ
02 May 2024
މި ލިބުނު ކުރިއެރުން އަދި ބާކީ މިއޮތްދުވަސްތަކުގައި ބޮޑު ތަނުން ފެންނާނެކަމަށް އުންމީދުކުރަން. ހިއްވަރަށް ހަމަ ސާބަސް
ތާއިފާާ
02 May 2024
އެސްޓިއޯ ހިންގުން ރައީސް ހަވާލުކުރެއްވީ އެކަމަށް އެންމެ ގާބިލް ބޭފުޅާއަށް.
އަދީލްް
02 May 2024
މި ވެރިކަން އައި ފަހުން ފެންނަނީ ހުރިހާ ކުންފުންޏެތްގެ ހާލަތު ބޮޑުތަނުން ރަނގަޅުވެގެން އަންނަތަން. ރައީސް މުއިއްޒުގެ ހިންގުންތެރިކަން ހަމަ މޮޅީ.
ކަންމަތިން
02 May 2024
އެސްޓީއޯ ކީއްކުރަން ހުރިހާ ތަނެއްވެސް އިރާނެ ދެން. މޭން އެކޭ ހޮވިފަ މިހުރީ
މައްލި
02 May 2024
ސްޓާފުންނަކަށް އެކަމުގެ ރާހަތެއް ނުކުރަނީ ކީއްވެބާ؟
މާހިރު މޫސާާ
02 May 2024
އެސްޓީއޯ ރަނގަޅަށް މިހާރު މި ހިންގާ ގޮތަށް ހިންގައިފި ނަމަ ބިލިއަނުން ފައިދާ ވާނެ ކުރިޔަތް އޮތްތާ. އަދި އެސްޓީއޯ ގެ ތަންތަން ރަށްތަކުގަ ގިނަ ކޮށް އިތުރަށް ފުޅާ ކޮށްލަން ވީ. މުއިއްޒު މެން ހިންގަން ފެށީމަ ތަފާތު ފެނިގެން ދާނެ. މިހާރުވެސް ކުރިއެރުންތައް ރައްޔިތުންނަށް ތަރައްގީ އިން ފެނިގެން ދާނެ
ލަބާން
02 May 2024
ކޮބާ ތަންތަނަށް ކުޅަދާނަ މީހުން ލީމަ ވާ ގޮތް ފެނޭތަ. ފުރަތަމަ މުއިއްޒު ހޮވީ. ތަފާތު ދައްކައިފި. ދެން މި ފެންނަނީ ތަންތަނަށް ނަގާފަ ހުރި މީހުންގެ ކޮލިޓީ. ގައުމަށް ފައިދާ ވާނެ ދެން ކިތަންމެހާވެސް