08 މެއި 2024 - 06:06
އިންޑިއާގެ މަހުޖަނު މުކޭޝް އަންބާނީގެ އަންހެނުން ނީތާ އަމްބާނީ އެ ދެމީހުންގެ ހަގު ދަރިފުޅު އާނަންދު އަންބާނީގެ ކައިވެނީގެ ހަފުލާތަކުގައި ބޭނުންކުރި އެމެރަލްޑް ގަހަނާގެ ސަބަބުން އެ ވައްތަރު ގަހަނާގެ ޑިމާންޑް ވަރަށް ބޮޑަށް މަތިވެއްޖެ އެވެ.
އެ ކައިވެނީގެ ކުރިން ބާއްވަމުން އަންނަ ހަފުލާތަކުގެ ތެރެއިން އިންޑިއާގެ ޖާމްނަގަރުގައި މިދިޔަ ފެބްރުއަރީ މަހު ބޭއްވި ހަފުލާގައި ނީތާގެ ކަރުގައި އަޅާފައި އޮތް އަލިމަސް އަދި އެމަރަލްޑް އިން ޖަރީކޮށްފައިވާ ބޮޑު ފަށަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. އަދި ގިނަ ބަޔަކަށް އެ ފަށް ވަރަށް ރީތިވި އެވެ.
ފެހި ކުލައިގައި ހުންނަ އެމެރަލްޑް އަކީ ޖަވާހިރުގެ ވައްތަރެކެވެ.
އެމަރަލްޑް އިން ޖަރީކޮށްފައިވާ ގަހަނާ އެޅުމުން ހެދުމަށް އިތުރު ރީތިކަމަކާއި ފުރިހަމަ ކަމެއް ގެނެސްދޭ ކަމަށް ބައެއް ޑިޒައިނަރުން ވެސް ބުނެފައިވެ އެވެ. އަދި ވައްތަރުގެ ގަހަނާ އިންޑިއާގެ ސަގާފީ ހެދުންތަކާ ވަރަށް ބޮޑަށް ގުޅެ އެވެ.
ގަހަނާ އުފައްދާ މަޝްހޫރު ބައެއް ބްރޭންޑުތަކުން ވެސް އެ ތަންތަނުގެ ކަލެކްޝަންގައި އެމެރަލްޑް ގަހަނާ ހިމެނުން މިހާރު ވަނީ އިތުރުވެފަ އެވެ. ސިންގަޕޫރްގެ ބްރޭންޑެއް ކަމަށްވާ ސްޓޭޓް ޕްރޮޕަޓީ އާއި ފްރާންސްގެ ކާޓިއޭ ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy