މަލިކް ޝާން ކިޔާފައި "ދިއުމުން ކަލާ"ގެ ކަވާ
06 މެއި 2024 - 06:56
ދިވެއްސަކު ތައްޔާރުކޮށްފައިވާ ދިވެހި ލަވައެއްގެ ވީޑިއޯ މަލިކުގެ ފަންނާނަކު ހަދައި އެ ލަވަ ރިލީޒްކޮށްފި އެވެ.
އިންޑިއާގެ މަލިކަށް އުފަން އަޝްރަފް ޝާން އަކީ މީގެ ތިން އަހަރު ކުރިން ރާއްޖެ އަށް ދިވެހި ކޯހަކަށް އައި ޒުވާނެކެވެ. އޭނާގެ އަޑުން ކިޔާފައިވާ "ދިއުމުން ކަލާ"ގެ ރާގާއި މިއުޒިކް އަދި ޅެން ތައްޔާރުކޮށްފައި ވަނީ ދިވެހި މިއުޒީޝަން މުހައްމަދު އިމްތިޔާޒް (އިންތި) އެވެ.
މި ލަވަ ރިކޯޑްކޮށްފައި ވަނީ ޝާން ދިވެހިބަސް ކިޔެވުމަށް ރާއްޖޭގައި ހުރި ދުވަސްވަރެވެ.
މިއީ އަމިއްލަ ރާގެކެވެ. އިންތި އަކީ މީގެ ކުރިން ވެސް އަމިއްލަ ރާގުތަކެއް އުފައްދައި ރިލީޒްކޮށްފައިވާ ފަންނާނެކެވެ.
މީގެ ތިން އަހަރު ކުރިން ރިކޯޑް ކުރި މި ލަވައިގެ ވީޑިއޯ ރިލީޒް ކުރީ މީގެ ދެތިން ދުވަސް ކުރިން ޔޫޓިއުބްގަ އެވެ. މިއީ 100 ޕަސެންޓް ދިވެހިންގެ އޮރިޖިނަލް އުފެއްދުމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2024
07 May 2024
ކޮންފަދަ ހަޑި އަންބާއެއް..... ބޮއިހަލަކި
ސާދާގަރު
06 May 2024
މަލިކުކުދިން ކިހާރީތި ހެދުންއަޅާގޮތް. ހެދުން އައްސާފާ ނޫނީ ކޮއްޕާފައެއްނޫން އެހުންނަނީ.