07 މެއި 2024 - 07:41
ބޮލީވުޑްގައި މިފަހުން އެންމެ މަޝްހޫރުވި ޖޯޑު ކަމަށްވާ އަދިތުޔަ ރޯއި ކަޕޫރް އާއި އަނަންޔާ ޕާންޑޭ ދެ އަހަރު ދުވަހު އެކުގައި އުޅުމަށް ފަހު އެ ގުޅުން ނިމުމަކަށް ގެނެސްފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދެ އަހަރު ވީ ފަހުން އެ ދެ ތަރިން ރުޅިވިކަން އެނގުމުން އެމީހުންގެ ގާތް ރައްޓެހިންނަށް ވެސް ވަނީ ސިހުން ލިބިފަ އެވެ.
އަނަންޔާ އާއި އަދިތުޔަ އަކީ އަބަދުވެސް ފަންނާނުންގެ އެކި ޕާޓީތަކަށާއި ބައެއް އިވެންޓުތަކަށް ވެސް އެއްކޮށް ގޮސް އުޅުނު ދެމީހުންނެވެ.
މި ބްރޭކަޕްއާ އެކު އޭނާގެ ބައެއް ރައްޓެހިން މީޑިއާތަކަށް ބުނެފައި ވަނީ ދެ މީހުންނަށް ވެސް މޫވް އޮން ކުރަން ވަރަށް އުނދަގޫވާނެ ކަމަށެވެ. އެމީހުންގެ އޮތީ އެހާ ވެސް ލޯބި ގުޅުމެކެވެ.
އަނަންޔާ ވަނީ މި ބްރޭކްއަޕްއާ ގުޅޭގޮތުން މިފަހުން ނޯޓެެއް ވެސް ލިޔެފަ އެވެ.
އެ ނޯޓުގައި ލިޔެފައި ވަނީ ތިމާއަށް އެއްޗެއް ލިބުމަށް ތަގުދީރުގައި ލިޔެވިފައިވާ ނަމަ، އެ އެއްޗެއް ލިބޭނެ ކަމަށެވެ. އަދި ބައެއް ފަހަރު އަގުހުރި އެއްޗެއް ތިމާގެ އަތުން ބީވެގެން ދާނީ ތިމާއަށް އޭގެން ކޮންމެވެސް ކަހަލަ ފިލާވަޅެއް ދިނުމުގެ ގޮތުން ކަމަށް އެ ނޯޓުގައިވެ އެވެ.
"ކޮފީ ވިތު ކަރަން"ގެ އެންމެ ފަހު ސީޒަންގެ ހަތްވަނަ އެޕިސޯޑުގައި އަނަންޔާ ވަނީ ރިލޭޝަންޝިޕްތަކާ ބެހޭ ގޮތުން ވާހަކަ ވެސް ދައްކައިފަ އެވެ. އަދި އެ ދެމީހުން ގުޅުމާ ގުޅޭ ހިންޓުތައް ވެސް ދިނެވެ.
މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ހޯ ގަޔޭ ހަމް ކަހާ" އަށް ފަހު ވެސް އަނަންޔާ އަދި އަދިތުޔަ ވަނީ ދެމީހުން އެކުގައި ޗުއްޓީއަށް ޔޫރަޕް ޓުއާއަކަށް ވެސް ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
08 May 2024
މިހެން އުޅުނީމަ ވަރި މަދުވާނެ، އިނިއްޔާ ތާ ވަރި ކުރަން ޖެހެނީ
ކަންގަނާ
07 May 2024
ވަރަށް ތުއިކޮށް އުޅެފައިވާ ދެ މީހުން
ރަދީފު ބިން ރަފައިދާ
07 May 2024
ރާއްޖޭގެ ފަންނާނުންވެސް ވަރަށް ލޯބިންއުޅެފާ ވަކިވާތަންފެނޭ. މިކަން ދިރާސާކުރާކަށް މީހަކު ނޫޅޭތަ؟
އަނަން ޔާ
07 May 2024
މީނަ ދެކެ ވަރަށް ފޫހި! ބޭނުމެއް ނޫން ފުރެންޑު ޝިޕު ވެސް ބާއްވާކަށެއް؟؟އައި ހިޓު ޔޫ♡♡♡♡
ެއަދިތުޔަ
07 May 2024
މީ ޓޫ
ދޮންތުއްތުބެ
07 May 2024
ފިލްމުސްޓާރުން އުޅޭނީ ނިކަން ލޯބިން. އަދި ވަކިވާނީވެސް އެހާ ލޯބިން. ދެން އެހެންވީމާ އެންމެނަށްވެސް ޝޮކުޖެހޭނެތާ.
ބަކުރުބޭ
07 May 2024
އަނެއްކާ ޝޮކުޖެހެނީ ކަމާ ނުވެސް ބެހޭ މީހުންނަށް