ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ --- ފޮޓޯ: މަޖިލިސް
06 މެއި 2024 - 13:25
ފުޓްބޯޅައިގައި މުޅި ރާއްޖެ ތަމްސީލުވާނެ ނިޒާމާކަށް މަސައްކަތް ފަށައި ބާރު ސްޕީޑްގައި އެ ކަން ކުރިއަށް ގެންދާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަތިވެރި ދާއިރާގެ ޕީއެންސީގެ މެންބަރު ހަސަން ޒަރީރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ ފުޓްބޯޅަ އާއި ރާއްޖޭގެ އެހެން ކުޅިވަރުތައް ދެމެހެއްޓެނިވި ގޮތުގައި ކުރިއަރުވާނެ ދުރު ރާސްތާ ޕޭލޭނެއް ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި އެކުލަވާލެވިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކުޅިވަރުތަކުގެ ކުރިއެރުން މަޑުޖެހި އަނެއްބައި ފަހަރު ކުރިއަރައި އެކި ފަހަރު އެކި ގޮތްގޮތަށް އެކަން ބަދަލުވާ ކަމަށެވެ.
އެކަން ހުއްޓުވައި ދެމެހެއްޓެނިވި ގޮތަކަށް ކަންކަން ކުރެވޭނީ ނިޒާމެއްގެ ދަށުން ކުޅިވަރު ކުރިއަރުވާނެ ޕްލޭނެއް ހަދައިގެން ކަމަށް ވާތީ ސަރުކާރުން ސްޕޯޓްސް ޑިވެލޮޕްމެންޓް ދުރު ރާސްތާ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭންގެ ދަށުން ކުރަން ޖެހޭ މަސައްކަތް ކުރިއަށް ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ރާފިއު ވިދާޅުވި ގޮތުގައި، އެ ޕްލޭންގެ ދަށުން ތަފްސީލީ މަސައްކަތުގެ ތެރެއިން ދަނޑުތައް ވަކި ފެންވަރަކަށް ގެނައުމުގެ މަސައްކަތްތައް ވަނީ ފަށައިފަ އެވެ.
ސްޕޯޓްސް މިނިސްޓަރު ރާފިއު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.--- ފޮޓޯ: މަޖިލިސް
"ދަނޑުތައް ކޮން ފެންވަރަކަށް ހަދައިގެން ތޯ، ކުޅިވަރުގެ ހަބުތައް ކޮންތަންތާކުތޯ އަޅުގަނޑުމެން ބަހައްޓާނީ؟ އިންޓަނޭޝަނަލް މުބާރާތްތައް ކުޅެން އަޅުގަނޑުމެން ކިހިނެއްތޯ ހަދާނީ؟ ކޮން ދިމާއެއްގަ ތޯ އެކަން ހަދާނީ އަދި އިތުރަށް ފުޓްބޯޅަ ކުރިއަރުވަން އެ ޓްރޭނިންތައް [ޑިވެލޮޕްމެންޓް ޕްލޭންތައް] ގެންދާނެ ގޮތުގެ ޕްލޭނެއް މުޅި ރާއްޖެ ހިމެނޭގޮތަށް އަޅުގަނޑުމެން ގެންދާނީ ކިހިނެއްތޯ؟،" އެ ޕްލޭން ތަންފީޒުކުރުމަށް ކުރަމުންދާ މަސައްކަތާ ބެހޭގޮތުން ރާފިއު ވިދާޅުވި އެވެ.
"މި ހުރިހާ ކަމަކަށް ރިއާޔަތްކޮށްފައި މިހާރު މި ވަނީ އޭގެ ފްރޭމްވޯކެއް ހަދާފައި، އެކަން އެގްޒެކިއުޓް ކުރަން. އެކަން ކުރިއަށް ގެންދަން ބޭނުންވާ ތަފުސީލީ މަސައްކަތްތައް އެ އެސޯސިއޭޝަންތަކާ ވާހަކަ ދެއްކެވިގެން މިހާރު ކުރިއަށް ދަނީ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޅިވަރު
08 May 2024
ބައްލަވާ ކުޅިވަރުގައި ހިމެނެނީ ހަމައެކަނި ފުޓްބޯޅައެއް ނޫން އިނގޭތޯ! ދިވެހިންނަށް މާ ބޮޑު ޖާގައެއް ނުނަގާ ކުޅެވޭނެ އަދި ޕްރެކްޓިސްކުރެވޭނެ، އޮލިމްޕިކްސް ގައި ހިމެނޭ އެތައް އެތައް ކުޅިވަރެއް އެބަހުރި ދިވެހިން އަތް ވެސް ނުލާ. އެތުލެޓިކްސް އާއި، ޓްރެކް އެންޑް ފީލްޑް ގެ ވެސް އެތައެް ކުޅިވަރެއް. އަދި ވަކިވަކި ކުޅިވަރުތައް ވެސް. އެންމެން އަބަދު ކޮފީ ގައި އަޗާތަޅަން ތިބޭ ގޮތަށް ހޭނުވުމަކުން އެއް ކަމެއް ވެސް ނުވާނެ.
ހުސެން.
06 May 2024
އެފުއޭއެމް އާއި ގުޅިގެން ތިކަމެއްނުވާނެ. ތިކަން ކުރަން ބޭނުން ނަމަ ސަރުކާރުން ތިކަންކުރާނެގޮތް ކަޑައަޅާފައި އޭއެފުސީއާއި ވާހަކަ ދައްކާ. ފުޓުބޯޅައަށް ޙަރަދު ކުރާ ފައިސާއަކީ މާލޭގެ ކަންމަތީ ގެންގު ތަކަށް ޙަރަދު ކުރާ ފައިސާ ކަމުގައި ވެގެން ނުވާނެ.
އޮނަރަބްލް އަފީފު ދީދީ
06 May 2024
މިހާރުގެ އެފްއޭއެމް އުވާލާފައި ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް، އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަންކަމުގައި ކަޑައަޅާ ކޮންމެރީޖަނެއްގައި "ރީޖަނަލް ފޫޓްބޯލް އެސޯސިއޭޝަން" ހެދުމަށްފަހު 3 ރީޖަންގެ އެސޯސިއޭޝަންތަކާއި، ސީނިއަރ ކުލަބްތަކުން އިންތިޙާބުކުރާ ކމާލެ އެއްނޫން "ދިވެހިރާއްޖޭގެ" ދިވެހި National Football Federation އުފައްދައި ރާއްޖޭގެ ހުރިހާ ކްލަބްތަކަށް އެއްވަރަކަށް ޙިއްސާދީގެން ތިކަންކުރޭ.
މަހުރަބު
06 May 2024
ކެރެންޏާ ކޮށްބަލަ! މާލޭ ޓީމުތަކަށް ކުޅިދައްކާލާނަން.
އޮނަރަބްލް އަފީފު ދީދީ
06 May 2024
ފީފާ އާއި އޭއެފްސީގެ އެހީތެރިކަންހޯދައިގެން ރާއްޖޭގައި ފުޓްބޯޅައިގެ 3 ސަރަޙައްދު ކަޑައަޅާ ވަސީލަތް ޤާއިމްކުރަން ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް، އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަންކަމުގައި ކަޑައަޅާ ކޮންމެރީޖަނެއްގައި "ރީޖަނަލް އެސޯސިއޭޝަން" ހެދުމަށްފަހު 3 ރީޖަންގެ އެސޯސިއޭޝަން ތަކާއި ސީނިއަރ ކުލަބްތަކުން އިންތިޙާބުކުރާ National Football Federation އުފައްދަން ސަރުކާރު ޖެހިލުންވަނީ ކީއްވެ.؟!
ފިނދަނަ
06 May 2024
އާމްޗެއާ އަފީފުގެ ވާހަކަ ނިކަން މޮޅުވާނެ. އެހެނަސް ލާރި ކޮބާ؟
އޮނަރަބްލް އަފީފު ދީދީ
06 May 2024
މަތީގައި ދެންނެވިގޮތަށް ރީޖަންތައް ބެހުމުގެ އެންމެބޮޑު ބޭނުމަކީ ކ.މާލޭގެ އިތުރަށް ހަނިމާދުއާއި އައްޑޫސިޓީގައި އެންމެކުޑަމިނުން ސާފް ގޭމްސް ބޭއްވޭ ފެންވަރުގެ (15 މީހުނަށް ވަދެވޭ ވަރުގެ) ސްޓޭޑިއަމް ތައްޔާރުކޮށް ރާއްޖޭގެ ބައިނަލް އަޤުވާމީ 3 އެއަރޕޯޓް އޮތް ރަށްރަށުގައި އިންޓަރނޭޝަނަލް ފުރެންޑްލީ މެޗްތައްވެސް ކުޅޭނެ މަގު ހުޅުވުން. އަދި 3 ރީޖަންގެ ސްޓެޑިއަމް ބޭނުންކޮށްގެން ހޯމްއަވޭ އުސޫލަށް އެފްއޭކަޕާއި ދިވެހިލީޤު ފަދަ މުބާރާތް ބާއްވަން މަގުފަހިކުރުން.
އަލަޑަބިޔާ.
06 May 2024
ފިނދަނަ އިގޭތަ މިހާރު ފީފާއިން އެފުްއޭއެމްއަށް ދޭ ލާރީގެ އަދަދު؟ އަދި ދައުލަތުން ފުޓްބޯޅައަށް އަހަރަކު އެތައް ބލިޔަން ރުފިޔާ ޙަރަދު ކުރާކަން. އެހުރިހާ ފައިސާއެއް ހޭދަކޮށްލަނީ ކ.މާލޭގެ ކަންމަތީ ގުރޫޕް ތަކަށް. އޭގެ ބަދަލުގައި އެބުނާ ތިން ސަރަހަްދުގައި ދަނޑުތައް ހަދާ ނުލެވެންވީ ކީއްވެ ؟
ގުދުގުދާބެއްޔާ
06 May 2024
ރަގަޅު ޓީމެއް ހަދާ އެޓީމު ގޮވައިގެން ޔޫރަޕައް ގޮސް މޮޅު ކޯޗެއް ލައްވާ 5 އަހަރުދުވަހު ޕުރެކްޓިސް ކޮއް ޓީމު ޔޫރަޕްގައި ރަޖިސްޓްރީކޮއް އެތަނުގައި މެޗު ތައް ކުޅެނިކޮއް ދިވެހި ފުޓްވޯޅަ ކުރިއަރައިގެން ދާނެ! ފުރަތަމަ 3 ވަނަ ޑިވިސަންގަ، އެއްވަނަ ޑިވިޝަން އަށް އެރިއްޖެނަމަ ދެން މިޓީމް ބަލިކުރެވޭނެ ބަޔަކު ސާކް ރީޖަނުގައި ނުވާނެ!
ބސވސމ
06 May 2024
އަހުލާގު ރަނގަޅު ކުޅުންތެރިން އުފެއްދުން މުހިއްމު.