06 މެއި 2024 - 15:49
ގެދޮރު އިމާރަތްކުރުމާއި މަރާމާތުކުރުމަށް ޑިމާންޑު އިތުރުވަމުން ދިއުމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހޯމް ބިލްޑިންގް ލޯނާއި ހޯމް އިކުއިޓީ ލޯނެއް މިއަދު ތައާރަފްކޮށްފި އެވެ.
އެއްވެސް ރަހުނަކާ ނުލައި އެއް މިލިއަން ރުފިޔާއާ ހަމައަށް ހޯމް ބިލްޑިންގް ލޯނު ނެގޭނެ އެވެ. ލޯނު އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ލިބޭއިރު، މިއީ ގެދޮރު މަރާމާތުކުރުމަށާއި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ވެސް ގެދޮރު ހަދަން ބޭނުން ކުރެވޭނެ ލޯނެކެވެ.
Bank of Maldives
If you are in Male’ you can make an appointment through our Appointment Portal and arrange a time to visit our BML Loan Center located in Male.
ހޯމް ބިލްޑް ލޯނާއި ގުޅޭ އިތުރު މައުލޫމާތު މި ލިންކުގައި.
މި ލޯނުގެ އިންޓްރެސްޓު ރޭޓަކީ ނުވަ ޕަސެންޓެވެ.
ހޯމް އިކުއިޓީ ލޯނަކީ ހޯމް ލޯނާއި ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނަށް އަމާޒުކޮށް ތައާރަފްކުރި ލޯނެކެވެ. ކަސްޓަމަރުން ނަގާފައިވާ ލޯނަށް ދައްކާފައިވާ އަދަދާ ހަމައަށް ހޯމް އިކުއިޓީ ލޯނު ބީއެމްއެލް އިން ދޫކުރާނެ އެވެ.
ހޯމް އިކުއިޓީ ލޯނު ދޫކުރަނީ 50،000ރ. އަށް ވުރެ މަތީ އަދަދަކުން ލޯނު ނަގާ މީހުންނަށެވެ. މި ލޯނު އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. މިހާރު ހޯމް ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނަށް އެ ލޯނު ދޫކުރާނީ 10 ޕަސެންޓުގެ ރޭޓުގަ އެވެ.
Bank of Maldives
If you are in Male’ you can make an appointment through our Appointment Portal and arrange a time to visit our BML Loan Center located in Male.
ހޯމް އިކުއިޓީ ލޯންއާ ގުޅޭ އިތުރު މައުލޫމާތު މި ލިންކުގައި.
ބީއެމްއެލްގެ ޑައިރެކްޓަ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވި ގޮތުގައި މި ލޯނަކީ ކަސްޓަމަރުންނަށް ފަސޭހައިން ގެދޮރު ހެދުމަށް އެހީތެރިވުމުގެ ގޮތުން ތައާރަފްކުރި ލޯނެވެ.
އަލަށް ތައާރަފްކުރި ހޯމް ބިލްޑް ލޯނު ނަގަން އިތުރު ރަހުނެއް ބޭނުންނުވާއިރު، ކަސްޓަމަރުންނަށް މިހާރުގެ މާކެޓްގައި އެންމެ ރަނގަޅު އަގުގައި ގެދޮރު ހެދުމާއި މަރާމާތުގެ މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށުމީހާގެ
07 May 2024
މީޑިޔާތަކުން ލޯނު ޕުރޮމޯޓު ކުރާއިރު މީގެ އަސްލު ވާނުވާ މީހުންނަށް ސާފު ކޮށްދޭން ޖެހޭ. ބޭންކްތަކުން ނުދައްކާ ވާހަކަ އާންމު ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ. % 9 އެކޭ، %10 އެކޭ ނުކިޔާ، މީގެން ލޯނެއް ދައްކާނިމޭއިރު ބޭންކަށް އިތުރަށް ދައްކަންޖެހޭ މިންވަރުވެސް ހާމަކޮށްދޭން ޖެހޭ. ކޮންމެ ކުއާޓަރ އެއްގައި ބޭންކްގެ ސާފު ފައިދާ މިލިއަނުން ބިލިއަނުން ނަގަނީ ލޯނު ނަގާމީހުން އިތުރަށް ދައްކާ ފައިސާއިންކަން ހާމަކޮށްދޭން ޖެހޭ.
ރަދީފްއޮފިޝަލް
07 May 2024
ލޯނު އެއީ އެއްގޮތަކަސް ވެސް ކައިރިވާން ރަނގަޅު އެއްޗެއް ނޫން.
ރަންދެލި
07 May 2024
"އެއްވެސް ރަހުނަކާ ނުލައި އެއް މިލިއަން ރުފިޔާއާ ހަމައަށް ހޯމް ބިލްޑިންގް ލޯނު ނެގޭނެ އެވެ." މިއީމުޅިން ރަނގަޅު ވާހަކައެއް ކަމަކަށް ނުބެލެވޭ! ވެބްސައިޓުން ފެންނަން ހުރި މައުލޫމާތަށް ބަލާއިރު އޮންނަނީ "No additional security required" . މި މައުލޫމާތު ރަނގަޅު ކޮށްލަން ފެނޭ!
އިސްލާމީ
06 May 2024
ރައީސްގެ ވައުދެއް އިސްލާމީ އުސޫލުގެ ތެރެއިން މިކަން ކަން ހަމަ ޖެއްސުން އެއީ
ރައްޔިތެއް
06 May 2024
ތިއިންޓްރެސް ނާރާނެ ގޮތެއް ނުވާނެބާ ދެންތި ބަހައްޓަަން ޖެހޭ 20% ނުބަހައްޓާ ތިކަން ވާނެގޮތެއް ބޭނުން ވަނީ
ހަސަންރަހާ
07 May 2024
20 ސެއް ނޫން. ބެބްސައިޓުން ފެންނަނީ އިކުއިޓީ 25% ކަމަށް!
އިބުރާހިމް
06 May 2024
ދައްކަން ޖެހެނީ ކިހާވަރެއްބާ މަހަކު
ސަމްތ
07 May 2024
800 ކޭ އިތުރައް ދަައްކަންޖެހޭ
ބަމުލަ
06 May 2024
ރަހުނު ބަޖައްޓަންޖެހޭތީ މީހަކު ނޫޅޭ ކަންބޮޑުވެގެނެއް ، 20% އަތުގަ ހުންނަންޖެހި ، މުސާރަ ޖަމާވާން ޖެހޭތީ މިއުޅެނީ . މިކަން ނުލާ ލޯނެއް ޕްލޭން ކޮއްލަބަލަ އަޅެ ދިވެހިންގެ ރާއްޖެއަށް ދިވެހިންނަށްޓަކާ ، ދިވެހިންގެ ބޭންކުން ، ދިވެހިންދެކެވާލޯބިން.
ޖސވަވ
06 May 2024
ރައްކާވެތިބިއްޔާ ދަތުރު
ފަގީރުކޮައި
06 May 2024
މިލޯނުއަށް ކޮންމެ ދުވަހަކު ބާކީހުންނަ ފައިސާއަށް އިންޓްރެސްޓް އަރާނެ ސަމާލުވާތި !
ގުނަނ
06 May 2024
ތީ ހުސް މަކަރު މީގެ ކުރިންވެސް ތިގޮތަށް ރަހުނަކާ ނުލާ 1މ އޭކިޔަގެން އެޕްލައި ކުރީމަ ބުނީ މުސާރަ ބޮޑަސް އެވަރަކށް ނުދެވޭނޭ، ދެލައްކަ ދީފާނަމޭ.
ކޮރަލް
06 May 2024
މި ލޯނުގެ އިންޓްރެސްޓު ރޭޓަކީ ނުވަ ޕަސެންޓެވެ. ފައިދާ ބޮޑު ވިޔަފާރި އެކެވެ. ބީއެމްއެލް ފައިސާ ނުދައްކައިފި ނަމަ ރާއްޖޭގެ ކޯޓު ތަކުން ސަލާމަތް ވުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެއްފަހަރާ ނަގަން އެދޭނެ އެވެ.