ޔޫރޯއަށް ހާއްސަކޮށް ކޮކާ ކޯލާއިން ނެރެފައިވާ ކޯކު ފުޅި. -- ފޮޓޯ: ނިޝާން އަލީ | މިހާރު
09 މެއި 2024 - 12:44
އަންނަ މަހު ފަށާ ޔުއެފާ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ބަލަން ފުރުސަތު ދޭ ޕްރޮމޯޝަނެއް ކޮކާ ކޯލާއިން ފަށައިފި އެވެ.
ކޮކާ ކޯލާއިން ބުނީ އެ ކުންފުނިން ފުޓްބޯޅަ މުބާރާތުގެ ފޯރި ގަދަކޮށް، ރާއްޖޭގައި ތިބި ފުޓްބޯޅަ ފޭނުންނަށް ކަމުދާނެ ކަހަލަ ގިނަ ކަންތައްތަކެއް ގެނެސްދިނުމަށް ޔުއެފާ ޔޫރޯއާއެކު ހަދާފައިވާ ޕާޓްނާޝިޕްގެ ދަށުން އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މިހާރު ފަށާފައިވާ ޕްރޮމޯޝަން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް ކޮކާ ކޯލާއިން ބުންޏެވެ.
ކޮކާ ކޯލާއިން ބުނީ މި ޕްރޮމޯޝަންގެ ދަށުން ފައިނަލް މެޗު ބަލަން ދިއުމުގެ ފުރުސަތު އިތުރު ބައިވެރިއަކާ އެކު ހަ ނަސީބުވެރިއަކަށް ލިބޭނެ ކަމަށެވެ. އަދި މި ޕްރޮމޯޝަނުގައި ފައިނަލް މެޗު ބަލަން ފޮނުވުމުގެ އިތުރުން ކޮންމެ ދެ ދުވަހުން އެއް ދުވަހަކު ސްމާޓްފޯނު ކަހަލަ އަގުހުރި އިނާމުތައް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކޮކާކޯލާއިން ބުނީ މި ޕްރޮމޯޝަނަކީ ފުޓުބޯޅަ ތީމްގެ ޕެކޭޖިންގައި ތައާރަފްކޮށްފައިވާ ކޯކު ފުޅިތަކުގައި ހިމެނޭ ކޯޑު "2626"އަށް މެސެޖުކޮށްގެން ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަނުގައި ގިނައިން އެސްއެމްއެސްކުރުމުން އިނާމު ލިބުމުގެ ފުރުސަތު ބޮޑުވާނެކަން ކޮކާ ކޯލާއިން ފާހަގަކުރެ އެވެ.
މި ޕްރޮމޯޝަނުގެ ފުރަތަމަ ލަކީޑްރޯ ނެގުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހު އެވެ. އެއަށްފަހު، ކޮންމެ ދެދުވަހުން އެއް ދުވަހަކު ނަސީބު ވެރިން ހޮވާނެ އެވެ. މި ޕްރޮމޯޝަންގެ ގުރުއަތު ނެގުން އައިސް ޓީވީން ލައިވްކޮށް ދައްކާނެ އެވެ.
ކޮކާ ކޯލާއިން ރާއްޖެ އަދި ލަންކާއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ޑިރެކްޓަރު ކޯޝަލީ ކުސުމަޕަލާ ވިދާޅުވީ ކުރިއަށް އޮތް ޔޫރޯއާ ދިމާކޮށް އެ ކުންފުނިން 'ޔުއެފާ ޔޫރޯ 2024' އާއެކު ގާއިމްކުރި ޕާޓްނާޝިޕަކީ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް އެ ކުންފުނިން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި މި ޕާޓްނާޝިޕްގެ ދަށުން ކޮކާ ކޯލާއިން މަސައްކަތް ކުރާނީ، ރާއްޖޭގައި ތިބި ފުޓްބޯޅަ ސަޕޯޓަރުންނަށް، ކުރިއަށް އޮތް ޔޫރޯ މުބާރާތުގެ ދުވަސްތަކުގައި ތަފާތު ތަޖުރިބާ އެއް ގެނެސްދިނުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
ޔޫރޯ މުބާރާތް ފެށެން ކައިރިވަމުންދާއިރު ކުރިއަށް އޮތް ތަނުގައި ވެސް އެ މުބާރާތާ ގުޅޭ ތަފާތު ހަރަކާތްތައް ކޮކާ ކޯލާގެ ސޯޝަލް މީޑިއާ ޕޭޖުތަކުން އިއުލާން ކުރަމުންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަންނަ މަހުގެ 14 ވަނަ ދުވަހު ފަށާ މި މުބާރާތް ކުރިއަށް ދާނީ ޖުލައި 14ގެ ނިޔަލަށް ޖަރުމަރުގެ ބާލިންގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޓްކިންގ
09 May 2024
ތިވަރުން އިޒްރާއީލުން ފަލަސްތީނު މީހުން މަރާ ގެދޮރު ސުންނާފަތި ކުރާކުރުން ހަނދާން ނެތުނީއެވެ.
ގާޒާ
09 May 2024
ބޮއިކޮޓް ކުރުން ނިމުނީ؟
މޯޑިސް
09 May 2024
ދިވެހިންގެ ހާލު. ވަރަށް މޮޅު ވާހަކަ ދައްކާނެ. އެހާ ފަސޭހައިން ވާވައްދާލެވޭނެ. އޭގެ މިސާލެއް ކޮންމެ 5 އަހަރަކުން ދެޕާޓީއެއްގެ ކޮޅަށް ކިރިލަ ކިރިލާ ތިބޭބައެއް. ހިހޫތަނުންކައިގެން ދޮގާ މަކަރާ ހީލަތުން އުޅޭ މުނާފިގު ބައެއް ގިނަ މީހުނަކީ.