ރަސްމީ ފާލަން، އިއްޒުއްދީން ފާލަން މަރާމާތުކުރުމަށް އެ ސަރަހައްދު ފިލާ ޖަހައިގެން ބަންދުކޮށްފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
09 މެއި 2024 - 16:12
މާލޭގެ ރަސްމީ ފާލަން، އިއްޒުއްދީން ފާލަން މަރާމާތުކުރާއިރު، އެ ފާލަމުގެ ޑިޒައިނަށް ބޮޑު ބަދަލެއް ގެންނަން ނިންމައިފި އެވެ.
އިއްޒުއްދީން ފާލަން މަރާމާތުކުރުމަށްޓަކައި އެ ފާލަން ހެދި އެމްޓީސީސީން ވަނީ މީގެ ދެތިން ދުވަސްކުރިން އެ ސަރަހައްދުގެ ވަށައިގެން ފިލާ ޖަހައި ބަންދުކޮށްފަ އެވެ.
އެ ސަރަހައްދުގައި ވަށައިގެން ޖަހައިފައި ހުރި ފިލާގައި އިން ޕޯސްޓަރެއްގައިވާ ގޮތުގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހަވާލުކޮށްގެން އެމްޓީސީސީން އެ މަސައްކަތް ކުރަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. އަދި ޕްރޮޖެކްޓުގެ އަގަކީ 11.7 މިލިއަން ރުފިޔާ އެވެ.
އިއްޒުއްދީން ފާލަމަށް ބަދަލު ގެންނަ ޕްރޮޖެކްޓުގެ ތަފުސީލު ހިމެނޭ ޕޯސްޓަރު.
އެ ޕޯސްޓަރުގައި ވަނީ ފާލަމަށް ގެންނަ ބަދަލު ފެންނަ ކުރެހުމެއް ވެސް ހިމަނައިފަ އެވެ. އެ ކުރެހުމުން ފެންނަ ގޮތުގައި، ފާލަމުގެ މަތީގައި މިހާރު ރިޔަލެއް ގޮތަށް ހުންނަ ހުދު ކުލައިގެ ސަތަރިތައް ނަގައި ފުރާޅެއް ލާނެ އެވެ. އެ ޑިޒައިން ބޮޑަށް ވައްތަރީ ރަސްމީ ފާލަން އެންމެ ކުރީގައި ހުރި ގޮތާ އެވެ.
އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު "މިހާރު" އަށް ވިދާޅުވީ، އިއްޒުއްދީން ފާލަމަށް ބޮޑު މަރާމާތެއް ބޭނުންވީ، ރަނގަޅަށް މެއިންޓެއިން ނުކުރުމުން ވަރަށް ބޮޑަށް ހަލާކުވެފައިވާތީ ކަމަށެވެ. އެ ކަމަކު ބަދަލު ގެނެސް މަރާމާތު ކުރަނީ ފާލަމުގެ މަތީބައި އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.
"ފައުންޑޭޝަން ހުރި ގޮތަށް ބަހައްޓާފައި މަތީ ސްޓްރަކްޗާ އަޅުގަނޑުމެން މަރާމާތުކޮށް، ބަދަލުތަކެއް ގެންނާނީ. ފާލަމުގެ އަޑިއަށް ޖަހާފައިވާ ތަނބުތައް ވެސް ހަމަ އެ ގޮތުގައި ބަހައްޓާނެ. މިހާރު ވާ ގޮތަކީ ފާލަން ހަދާފައި ހުރި ގޮތުން މެއިންޓެއިން ކުރަން ވެސް އުނދަގުލީ. ހާއްސަކޮށް މިދިޔަ ފަސް އަހަރު ރަނގަޅަށް ނުބެލެހެއްޓުމުން ދަގަނޑުތަކުގައި ދަބަރު ޖަހާފައި ހުރީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ފާލަން މިހާރު ހުރީ ބޮލަށް ވެއްޓޭ ހިސާބުގަ އެވެ.
"އެހެންވެ، މިހާ ބޮޑު މަރާމާތަކަށް ބޭނުންވީ،" މިނިސްޓަރު ވިދާޅުވި އެވެ.
އެމްޓީސީސީގެ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި މަރާމާތުނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން އެ ފާލަމުގެ އެއް ބައި ހުރީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އެ ބަޔާއި ފާލަމުގެ އިތުރު ބައިތައް ވެސް މަރާމާތުކުރަން ޖެހެ އެވެ.
މަރާމާތަށް ފަހު އަލުން ފާލަން ހުޅުވާނެ ދުވަހެއް އެމްޓީސީސީން އަދި ނުބުނެ އެވެ.
އިއްޒުއްދީން ފާލަމަށް ގެންނަ ބަދަލު ފެންނަ ޑިޒައިން.
އެ ފާލަން ހުޅުވުމަށް ފަހު ދެ ފަހަރެއްގެ މަތިން އެތަން މަރާމާތުކޮށްފައިވެ އެވެ. އެންމެ ފަހުން އެ ފާލަން މަރާމާތުކުރީ 2017 ވަނަ އަހަރު އެވެ.
ރަސްމީ ފާލަމަށް ބޮޑު ބަދަލެއް ގެނެސް "އިއްޒުއްދީން ފާލަން"ގެ ނަމުގައި އެތަން ރަސްމީކޮށް ހުޅުވީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުނު ދުވަހު އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖުލައި 26، 2015 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލަދަންމި
11 May 2024
މިއީ ބަޖެޓު ކޮށްފައިވާ މަޝްރޫޢެއްތޯ؟ ބަޖެޓު ނުކުރިޔަސް. ބޭނުންކަމެއް ފަށަނީތޯ؟
ބަލާތި
10 May 2024
ހުޅުލޭގައި ހުންނަ އެއް ނަމްބަރު ފާލަމަށް ވެސް ކޮންމެ ކޮންމެ ދޯންނެއް ގާތް ނުކުރެވެއޭ އެކަމަކު އެއް ނަމްބަރު ފާލަމަށް ރާއްޖެތެރޭން އަންނަ ލޯންޗް ތައް ގާތްކޮށް އެމެން ފާލަމަށް އެއްޗެހި ބާލާ ދަމަމުން ގެންދާއިރު ފާލަމަށް ލިބޭނެ އެއްވެސް ގެއްލުމެއް އެމެން ނުބަލައޭ އެއް ނަމްބަރު ފާލަން އެއީ ބޮޑުގުޅަ އަށް ވެގެން ނުވާނެއޭ އެތަން ހުންނަން ޖެހޭނީ ގެސްޓުންނަށް ޚާއްސަ ކުރެވިފައޭ އަދި ފާލަންބޭނުންކުރާ ގެސްޓުން އަތުން ޗާރޖެއް ޑޮލަރުން ނެގެން ޖެހޭނެއޭ ވިސްނާށޭ
ތަމަންނާ
10 May 2024
މާލޭ ތަނެއް ހަދަންތަ؟ ބޯކޮށް ލާރި އޮންނާނެ. އެކަމަކު މިއުޅެނީ އަތޮޅުތެރޭ ސްކޫލެއްގައި ސައިންސް ލެބެއްވެސް ހަދާނުލެވިގެން ލާރި ނެތިގެން
ހުންނަންޖެހޭނެއޭ
10 May 2024
އިއްޒުއްދީން ފާލަން މިހާރު ހުރި ޑިޒަައިން އަދި އެފާލަމުގެ ފްލޯރ ޕްލޭން ވެސް އެއްގޮތަކަށް ވެސް އެޕްލިކޭޝަނަށް ވެސް ނުފެތޭ އަދި އެއީ ގައުމުގެ ރަސްމީ ފާލަން ކަމަށްވާއިރު އެތަން ރޭގަނޑު ދިއްލާފައި ހުންނައިރު ލައިޓްސް ތަކުގެ އިލުމިނޭޝަން މޫޑް އެއީ ހިތަށް ފިނިކަން ލިއްބައިދޭ މޫޑް އަށް ވާން ޖެހޭނެއޭ އަދި ބޯފެން ހިލޭ ލިބޭނެ ކިއޮސްކެއް ވެސް ހުންނަން ޖެހޭނެއޭ މާލެ އާއި ގުޅޭ މައުލޫމާތު ފެންނާނެ ކިއޮސްކެއް ވެސް ހުންނަން ޖެހޭނެއޭ ބެކްއޮފް ޖެޓީ އެއްވެސް
ސަމްތިންގ
10 May 2024
ހެޔޮނުވާނެ ގެނެސްފަ ބަހައްޓާ.
މަޒް
10 May 2024
ތިޔަ ފާލަމަކާ ބެހި ގަންނާނެ މި ފިކުރުގެ ކޮންމެ ބަޔަކު އަޔަސް.. މި މީހުން ބޮޑު ލޯތްބެއްވާ ފާލަމެއް މީ
ޖައްސާށޭ
10 May 2024
މާލޭ މަސްމާރުކޭޓް ވަޅޯ މަސްމާރުކޭޓް އަދި ލޯކަލް މާރުކޭޓް އެބަޖެހޭ އެތަނުން ނަގާ މާލޭގެ ދެކުނުން އޮތް އިންޑަސްޓްރިއަލް ވިލެޖަށް އެމެން ބަދަލުކޮށްލާ އަދި މާލޭގެ ދެކުނު ފަރާތު ހާބަރ ބޭސިން ގައި އަޅާ ލޯންޗް ތައް ތިލަފުއްޓަށް ބަދަލު ކުރާށޭ ދެން މާލޭގެ އުތުރު ފަރާތު ހާބަރ ބޭސިން މަރާމާތުކޮށް ހަދާ އެއީ ހަމައެކަނި ޕަރސެންޖަރ ލައިނުން އަންނަ ގެސްޓުން ގާތް ކުރާ ތަނަކަށް ހަދާ މާލެ އުތުރު ފަރާތުން އަދި އާ ހާބަރ ބޭސިންގް އެއް ބޮޑުކުރާށޭ 1 ކިލޯމީޓަރު އުތުރަށް
ރީތިކުރާތި
10 May 2024
އިއްޒުއްދީން ފާލަން ހަދަން އެމްޓީސީސީން ހުށައަޅާފައިވާ ކުރެހުމަކީ ދިވެހި ކުރެހުމަކާއި ވައްތަރު ކުރެހުމެކޭ އެކަމަކު ތިޔާ ފާލަމަކީ އާރކިޓެކްޓަރަލް އިންޖިނއަރިންގް އިހްސާސް ކުރެވޭ ގޮތަށް ހުކުރު މިސްކިތް ނަމޫނާ އަކަށް ބަލައިގެން މާއި އަދި ތޮލާލް އަދި ސައްޕޭ މެން ފަދަ މީހުންގެ ގްރޫޕެއް ބޭނުންކޮށްގެން ތިޔާ ފާލަން ތަންކޮޅެއް ބޮޑަށް ދިވެހި ވަންތަ ގޮތެއް ހުރެފައި އައިޑީ ވެސް ރީތިވެފައި މުޅިން ހައިވަކަރު ނުވަތަ ނިއާތޯ ބޭނުންކުރާ ތަނަކަށްވެ ވަރަށް ބޮޑަށް
ވިސްނާށޭ
10 May 2024
ރާއްޖެތެރެ އަށް ފުރާ ފެރީ ތައް ނުޖެހޭނެއޭ އެއް ނަމްބަރު ފާލަން ހުރި ދިމާލަށް ކައިރި ކުރަން އެލޭންޑްސްކޭޕް ވެސް އެބަޖެހޭ ބަދަލުވާން އެމެން ދުފާފައި ރަތްކުޅު ވެސް ޖަހަނީއޭ ތޮށިގަނޑު މައްޗަށް އެމެން ވިލިގި،ި އަށް ގާތް ކުރާ ގޮތަށް ހަދަންވީއޭ އެއިރުން ވިލިގިލި ތަރައްގީވާނީ ދެން ރިސޯރޓް ތަކުގެ ހުރިހާ ސްޓާފް ފެރީސް ތައް ގާތް ކުރަންވީ ހުޅުމާލެ އަށޭ ރާއްޖެތެރޭ ބޯޓް ތަކާއި ދޯނި ތައް ވެސް ހުޅުމާލެ އަށް ބަދަލުކޮށް ހަދާ މާރުކޭޓް ތަޅާލާ 20 ބުރިއަށް ނަގާށޭ
މިހިރަ
10 May 2024
ވިލިގިލި މުއްސަދިކުރަން ލޭބޯނެ އައިޑިއާއެއް
ފަންޖަހާ11
10 May 2024
ތިތަނުގެ މަތީގައި ފަން ޖަހަން ފެންނަނީ. ބޮޑަށް ޤައުމިއްޔަތު އާލާވާނެ. އަހަރަކު އެއްފަހަރަު ފަން ބަދަލުކުރާނީ. މާބޮޑު ޚަރަދެއް ނުދާނެ. ފަންގި ވިންނަ ފަރާތްތަކަށް ލާރި ލިބޭނެ ވަޞީލަތެއް. މާބޮޑު ޚަރަދެއް ނުދާނެ އަހަރަކު ދެފަހަރަކު ފަން އާ ކުރިޔަސް.