އެސްޓީއޯ ސްމާޓް ފިހާރައިގައި މީހަކު ވިޔަފާރި ކުރަން ވަދެ. އެ ފިހާރައަށް އެއް ފަހަރާ ވަދެވޭނީ އަށް މީހުންނަށް-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
10 މެއި 2024 - 08:37
ހުޅުމާލެ 1 ގައި ހުންނަ އެސްޓީއޯ ސްމާޓް ސްޓޯރުން 24 ގަޑިއިރު ހިދުމަތް ދޭން ފަށައިފި އެވެ.
މި ފިހާރައިން މީގެ ކުރިން ހިދުމަތް ދެމުން އައީ ރޭގަނޑު 10 ޖެހުމާ ހަމައަށެވެ.
ނަމަވެސް އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ ސްމާޓް ސްޓޯރު ހުޅުވިއިރު ވެސް 24 ގަޑިއިރަށް ހިދުމަތް ދިނުމުގެ ވިސްނުން ގެންގުޅުނު ކަމަށެވެ. އެކަން ލަސްވީ އޭނާ ވިދާޅުވި ގޮތުގައި ކަސްޓަމަރުންނަށް ހިދުމަތް ދެނީ ރާއްޖެ އަށް މުޅިން އާ ޓެކްނޮލަޖީގެ ނިޒާމަކުން ކަމަށް ވާތީ ކަންކަން ހިނގާ ގޮތް ރަނގަޅަށް ބެލުމަށެވެ.
އޮފިޝަލް ވިދާޅުވީ 24 ގަޑިއިރަށް މިހާރު ހިދުމަތް ބަދަލުކުރީ ގިނަ ކަސްޓަމަރުންތަކެއްގެ އެދުމުގެ މަތިން ކަމަށެވެ.
އެސްޓީއޯ ސްމާޓް ސްޓޯރަކީ އާޓިފިޝަން އިންޓެލިޖެންސާއި އައިއޯޓީ ސެންސާސް އާއި ޑޭޓާ ސައިންސް ބޭނުންކޮށް ފުލީ އޮޓޮނޮމަސް ކޮށް އޮޕަރޭޓު ކުރާ ގޮތަށް ރާއްޖޭގައި ހުޅުވި ފުރަތަމަ ފިހާރަ އެވެ. އެސްޓީއޯ ސްމާޓް ފިހާރަ އަށް ވަދެވޭނީ އެކަމަށް ހާއްސަ އެޕްލިކޭޝަން "އެސްޓީއޯ ސްމާޓް ޝޮޕް" އެޕްލިކޭޝަން ޑައުންލޯޑްކޮށް، އެ އެޕްލިކޭޝަނުގައި ރަޖިސްޓަރީ ވުމަށް ފަހު އެވެ. މި އެޕަށް ރަޖިސްޓަރީ ވާއިރު ކޭޝް ކާޑުގެ މައުލޫމާތު ވެސް ހިމަނަން ޖެހޭނެ އެވެ.
Shop at your convenience. Our STO Smart Store is now open 24 hours!
— STO (@stoplc) May 8, 2024
The first-ever fully autonomous store in the Maldives. Just #grabandgo 🥳 pic.twitter.com/gfZYKeYYxd
އެސްޓީއޯ ސްމާޓް ސްޓޯރު 24 ހުޅުވުމަށް ނިންމުމަށް ފަހު ކުރި ޕޯސްޓު.
އެ އެޕްލިކޭޝަން މެދުވެރިކޮށް، އެޕްލިކޭޝަންގެ ހޯމް ސްކްރީނުގެ ކިއުއާރު ކޯޑު ސްކޭން ކޮށްގެން ފިހާރަ އަށް ވަދެވޭނެ އެވެ. އަދި ފޭސް ރިކޮގްނިޝަން ބޭނުން ކޮށްގެން ވެސް ފިހާރަ އަށް ވަދެވޭނެ އެވެ. ފިހާރައިގެ ހަަރުގަނޑުތަކުގައި ހުންނަ ތަކެތި ނަގާ ވަރަކުން، އެޕްލިކޭޝަންގައި އިންނަ ކާޓަށް ތަކެތި އެޅޭނެ އެވެ.
ވިޔަފާރި ކުރަން އެއް ފަހަރާ ވަދެވޭނީ އަށް މީހުންނަށެވެ. ފިހާރަ އަށް ވަނުމަށް ސްކޭން ކުރަން ޖެހުނު ނަމަވެސް، އެކީގައި ވިޔަފާރި ކުރަން ވަންނަ މީހުންނަށް ސެކިއުރިޓީގެ އެހީގައި ފިހާރަ އަށް ވަދެވޭނެ އެވެ.
މި ފިހާރައިން އާއްމުކޮށް ބޭނުން ކުރާ ޒަރޫރީ ތަކެއްޗާއި ކާބޯތަކެތި ލިބެން ހުރެ އވެެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާބޫޖީ
11 May 2024
ތިތަން މާލެ އަށް ބަދަލުކޮއްބަލަ އޭރުން މީހުން ވަންނާނެ. ދެން އެޕަށް ބެލެންސް ނާޅާ ވަގުތުން ކާޑުން ކެނޑޭގޮތް ހަދާބަލަ.
ރަދީފްއޮފިޝަލް
11 May 2024
ފިހާރަ ވަރަށް ރީތި. އިފް ޔޫ ނޯ ޔޫ ނޯ.
ޙަމި
10 May 2024
48 ހިދުމަތް ދިނަސް ތިތަނަށް ވަންނާނެ މީހަކު ނުވާނެ. ތިތަންވީ ބަންދު ކުރަން. މިހާރުވެސް ދުވާލަކު 10 މީހުން ވަންނަހެންވެސް ހީނުވޭ.
ޗައި×
11 May 2024
އެހެންވާނެއެއް ނޫން ހިސާބަށް ވުރެން ގަމާރުން ގިނަވީމަ
ބާބަކިއު
10 May 2024
24 ގަޑިއިރު ކޮންމެހެން ވިޔަފާރިކުރަންޖެހޭތޯ؟