ޚަބަރު / މެމްބަރު ރޮޒައިނާ އާދަމް (އައްޑޫ މީދޫ)

15 އަހަރަށްފަހު ރޮޒައިނާ މަޖިލީހަށް އަލްވަދާއު: "ގޮނޑި ނީލަމުގައި އިން ދުވަހެއް ނީންނާނެ"

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ރޮޒައިނާ އާދަމް: ތިން ދައުރަށް ފަހު އޭނާ މަޖިލީހުން ނުކުންނަނީ ހިތްހަމަޖެހިގެން ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި ތިން ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު މިއަދު ތަޅުމުން ނިކުންނަނީ ހިތްހަމަޖެހުމާއެކު ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގައި މެންބަރުން ވާހަކަދެއްކެވުމަށް ދެއްވި ފުރުސަތުގައި ރޮޒައިނާ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި މަޖިލީހަށް ކުރިމަތިލުމުގެ ވިސްނުމެއް ނެތް ކަމަށާއި މިއަދަކީ މެންބަރެއްގެ ހައިސިއްޔަތުން ތަޅުމުގައި ވާހަކަދައްކަވާނެ ފަހު ދުވަސް ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ، މިދިޔަ ތިން ދައުރުގައި ތުލުސްދޫ ދާއިރާގެ ރައްޔިތުންނާއި އައްޑޫ މީދޫ ދާއިރާގެ ރައްޔިތުން އޭނާއާ ހަވާލުކުރި ޒިންމާ އާއި އަމާނާތް އެންމެ ހެޔޮ ގޮތުގައި އަދާކުރެވިއްޖެ ކަމަށާއި އެކަމުގެ ހިތްހަމަޖެހުން އެބައޮތް ކަމަށެވެ.

"ހަމަގައިމު ވެސް އަޅުގަނޑުގެ ގޮނޑި ނީލަމުގައި އިން އެންމެ ދުވަހެއް ވެސް ނާންނާނެ. ފަނަރަ އަހަރު ނިންމާފައި އަޅުގަނޑު މިތަނުން މިދަނީ ވަރަށް ބޮޑު ހިތްހަމަޖެހުމަކާ އެކީގައި،" ރޮޒައިނާ ވިދާޅުވި އެވެ.

18 ވަނަ މަޖިލީހުގެ ޖަލްސާއެއްގައި ރޮޒައިނާ ވާހަކަ ދައްކަވަނީ: އޭނާ ވަނީ މަޖިލީހަށް ދެން ކުރިމަތިނުލާނެ ކަމަށް ވިދާޅުވެފައި -- ފޮޓޯ: ފައިލް

އޭނާ ވިދާޅުވީ ޕާޓީތެރޭގައި ލީ ވޯޓެއް ވެސް އަދި މަޖިލީހުގައި ލީ ވޯޓެއް ވެސް އަދި ގައުމީ ފެންވަރުގައި ލީ ވޯޓެއް ވެސް ފައިސާ އަށް ދޫކޮށްލާފައި ނޯންނާނެ ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ތަޅުމުގައި ކުރިމަތިވާ ދަތިތަކުގެ އިތުރުން ސޯޝަލް މީޑިއާގައި ފުރައްސާރަ ކުރިމަތިލާން ޖެހުނު ކަމަށެވެ.

އޭނާއަށް މި ހިސާބަށް ވަރުބަލި ކަމެއް ނެތި އާދެވުނީ ގިނަ ބައެއް އެހީތެރިކަމާ އެއްބާރުލުމާ އެކު ކަން ފާހަގަކުރައްވައި ރޮޒައިނާ ވިދާޅުވީ، ނިކުމެގެން ދަނީ "ހިތްވަރާ ޖޯޝާ ފޯރިއާއެކީ"ގައި ކަމަށެވެ.

ރޮޒައިނާ ވަނީ ކުރިއަށް އޮތް ދައުރަށް މަޖިލީހުގައި އެންމެ ތިން މެންބަރުން ތިއްބަވާއިރު، އެ ބޭފުޅުންނަށް ފިރިހެން މެންބަރުންގެ ފަރާތުން ރަނގަޅު މަސައްކަތްތަކެއް ކުރުމުގެ އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފަ އެވެ.

"ކުރީގެ މަޖިލީހުގައި ފާހަގަކުރެވުނު ޕާޓީއެއްގެ އެންމެ އަންހެން ބޭފުޅެއް އިންނެވިއިރު ޕާޓީގެ މެންބަރުންގެ ފަރާތުން ލިބުނު ފުރައްސާރަ ވެސް. އަންހެނުން މަދުވެފައި އެހާ އުނދަގޫ އިރު އަޅުގަނޑު އެދެން އަންހެނުންނަށް އިތުރު އެހީތެރިކަން ދެއްވަން،" ރޮޒައިނާ ވިދާޅުވި އެވެ.

ކުރިން ތުލުސްދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ރޮޒައިނާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ކަމަށް ހޮވުނީ 2014 ގަ އެވެ. އޭގެ ފަހުން އޮތް މަޖިލިސް އިންތިހާބުގައި 2019 ވަނަ އަހަރު ވެސް ރޮޒައިނާ ވަނީ އެ ދާއިރާގެ ގޮނޑި ދިފާއު ކުރައްވައިފަ އެވެ. ރޮޒައިނާއަކީ އައްޑޫގެ ފުރަތަމަ އަންހެން މަޖިލިސް މެމްބަރެވެ.

އިތުރު ދައުރަކަށް ޕާޓީގެ ޕްރައިމަރީގައި ފޭދޫ އުތުރު ދާއިރާ އަށް ވާދަކުރެއްވި ނަމަވެސް ރޮޒައިނާ އަށް ޓިކެޓް ކާމިޔާބު ވެފައެއް ނުވެ އެވެ.

41 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 5%
icon angry icon angry 78%
icon wow icon wow 0%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަހުދު.

14 May 2024

15 އަހަރު ތެރޭގައި ބޮޑު މުއްސަންޖަކަށް ވީގޮތް އޭސީސީ އިން ބަލާނެ ކަމަށް އުންމީދު ކުރަން

The name is already taken The name is available. Register?

ފޮޑި

14 May 2024

ލަދުގެ ކޮޅެއްވެސް ނެތީމަ ދެރައީ ނިކަމެތި ރޮޒޭނާ ހޮވުނު މޮޔަ ހީވެގެން އައްޑޫއިން ވެސް ނޫނެކޭ ބުނީ ދަމަފިރިން ރައްޔިތުންނަށް އޮޅުވާލައިގެން އަމިއްލަ އަންބޮނޑި ބޮޑުކުރުމަށް ފޫގަޅާފަ ހުރީ .. ރޮޒެއިނާމެން ދެން ރަނގަޅުވާނީ އިންޑިއާއަށް ދިރިއުޅުން ބަދަލުކުރިއްޔާ އިބޫ ގޮވައިގެން ދާތި

The name is already taken The name is available. Register?

ފަތަރާސީ ރޯޒް

14 May 2024

ދަނީ ކީ ނޫން އަމިއްލައަށް. ރައްޔިތުން ކައެއަށް ނޯ ޖެހީ އިގިއްޖޭ؟؟؟؟

The name is already taken The name is available. Register?

12345

14 May 2024

ސަޅިފޮޓޯއެއް

The name is already taken The name is available. Register?

ހާމަ333

13 May 2024

ބިންމަތީ ހިތްތިރިކަމާއިއެކު އުޅޭށެވެ. ނިމުން އަންނާނީ ކޮންއިރަކުން ކަމެއްނޭގެއެވެ.

The name is already taken The name is available. Register?

ރިއެކްޝަންސް

13 May 2024

15 އަހަރުތެރޭ ރައްޔިތުންގެ ބައިތުލްމާލުން ވައްކަންކޮށްފަ އަމިއްލަ މުއްސަދިކަން ހޯދީ...

The name is already taken The name is available. Register?

ހުދަން

13 May 2024

ފެއިލްވެފަ ހުރި މީހެއް، އެއް އިރެއްގަވެސް ރަނގަޅެއް ނޫން. ޕާޓީން ބުނީމަ ވޯޓު ދެނީ. ނުހޮވުނީމަ އަންހެނުން ތިބެންޖެހޭނޭ ކިޔަނީ މަޖްލީހުގަ، ބަލަގަ ފަސް އަހަރު ވެރިކަމާއި މެޖޯރިޓީގަ އެހައްޤު ހޯދައެއް ނުދެވުނު.

The name is already taken The name is available. Register?

ހަސަންރަހާ

14 May 2024

މި ރާއްޖޭގަ ނިޒާމު ހަމަޖެހިފާ އޮތީ ޕާޓީ އިން 3 ލައިން ވިޕު ނެރުނީމާ ވޯޓު ލާ ގޮތަކަށް ނޫންތޯ؟ އަދި ފަހުން މި ގެނެވުނު އެންޓިޑިފެކްޝަން ޤާނޫނުގެ ދަށުން ޕާޓީ ގެ ވިޕްލައިނާ ޚިލާފަށް ވޯޓު ލައިފިނަމަ، ޕާޓީ އިން އެ މެންބަރަކު ވަކި ކުރެވޭ ވާހަކަ ވެސް އަޑުއިވޭ. އަދި މިގޮތައް ވަކިކޮށްފިނަމަ ރމ ގެ ގޮނޑި ގެއްލެނީޔޭ / އިސްތިއުފާ ދޭން މަޖުބޫރުވިއްޔޭވެސް ކިޔާ އަޑު އިވޭ!

The name is already taken The name is available. Register?

ގޮފި

13 May 2024

ކޮޔާ ހަމަ ކޮމެންޓެއް ކޮއްލާހިއްވީ. ގޮނޑި އާ މީހާ އޮތީ ތިބުނާ 15 އަހަރު ތެރޭގަ ނީލަމުގަ ބާޒާރުގަ ފައިސާ މަތީ އުދުހުނީ ފުލެޓްތަކާ ދެމަފިރިންގެ ވިޔަފާރި ކުރިއަރު

The name is already taken The name is available. Register?

ދާދު.

13 May 2024

އަސްލަމް އަށް ވުރެން ރޮޒޭވެސް ރަނގަޅު. ގަނޑިއަށް މަޖިލީހަށްދޭ ވީއްޔާ.

The name is already taken The name is available. Register?

ގެދާނޯމޮސް

13 May 2024

އަލާލުއްދީން ވޮށްގަނޑުން ލިބިގެން ދިޔަ ފްލެޓާއި ބިމާއި ގޯތިން މީހަކު އުފާވާނެ ވަރުވާނީ މިހާވަރަކަށެވެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454