މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މަޖިލީހުގެ އިދާރާ
13 މެއި 2024 - 17:50
ރައްޔިތުންގެ މަޖިލީހުގައި 19 ވަނަ ދައުރުގެ ޖަލްސާތައް ނިންމާލައިފި އެވެ.
މި ދައުރުގެ ފަހު ޖަލްސާ ނިންމައިލައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، 19 ވަނަ މަޖިލިސް ވެގެން ދާނީ ތާރީހުގައި ވެސް ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ މަސައްކަތް ކުރެވުނު މަޖިލީހުގެ ގޮތުގައި ކަމަށެވެ.
"ވަރަށް އުފަލާއި ފަހުރުވެރިކަމާއެކު ފާހަގަކޮށްލަން ބޭނުންވޭ 1932 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހެއް އުފެދި، މި ވޭތުވެދިޔަ 90 އަހަރުތެރޭގައި މި 19 ވަނަ މަޖިލިސް ވެގެން މިދަނީ ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ މަސައްކަތްތައް ކުރެވުނު މަޖިލިސް ކަމުގައި،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ މެއި 28، 2019 ގައި މި ދައުރުގެ ޖަލްސާތައް ފެށި ފަހުން މިހާތަނަށް 530 ޖަލްސާ ބޭއްވި ޖަލްސާތަކުގައި ޖުމްލަ 1،461 ގަޑިއިރު ހޭދަކުރެވިފައިވާ ކަމަށެވެ. އަދި، މަޖިލީހުގެ ކޮމިޓީތަކުގެ 3،784 ބައްދަލުވުން ބޭއްވިފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މުހައްމަދު އަސްލަމް މަޖިލީހުގެ ޖަލްސާއެއްގައި -- ފޮޓޯ: މަޖިލިސް
މިވަގުތުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުނު 178 ބިލާއި 73 ގަރާރަކާއި ސަރުކާރުން ހުށަހެޅި 152 މައްސަލައަކާއި ރިޔާސަތުން ހުށަހެޅި 104 މައްސަލައަކާއި 108 ކުއްލި މައްސަލައަކާއި މެންބަރުން ހުށަހެޅި އެކިއެކި 48 މައްސަލައެއްގެ އިތުރުން 45 ރިޕޯޓެއްގެ މަސައްކަތް ނިމިފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ، މި ދައުރުގެ ތެރޭގައި ވަޒީރުންނާ 384 ސުވާލު ކުރެވި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ވެސް މުހިންމު މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ދިމާވި ގޮންޖެހުންތަކާ އެކުގައި ވެސް މަޖިލީހުގެ ޖަލްސާތައް ނުހުއްޓި ކުރިއަށް ގެންގޮސް، ގައުމުގެ އިގްތިސޯދީ އަދި އިޖުތިމާއީ ގިނަ ކަންކަމަށް ހައްލު މަޖިލީހުން ހޯދައިދިން ކަން އަސްލަމް ފާހަގަކުރެއްވި އެވެ.
ކޮވިޑު ދުވަސްވަރު ބޭއްވި މަޖިލިސް ޖަލްސާއެއްގެ ތެރެއިން؛ މެމްބަރުން ތިއްބެވީ ހާއްސަ އިންތިޒާމެއްގެ ތެރެއިން ދުރުދުރުގައި-- ފޮޓޯ: މަޖިލިސް
މި ދައުރުގެ ކާމިޔާބީ ފާހަގަކުރައްވައި އަސްލަމް ވަނީ މަޖިލީހުގެ މެންބަރުންނާއި އަމީންއާންމު ފާތިމަތު ނިއުޝާއާއި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާގެ އިތުރުން ހުރިހާ މުވައްޒަފުންނަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.
އަސްލަމް އިތުރަށް ވިދާޅުވީ، މަޖިލިސް މެންބަރުންނަށް ދެވުނު ނުރައްކާތެރި ހަމަލާތަކާއި އިންޒާރުތަކާމެދު ކަންބޮޑުވާ ކަމަށާއި އެދެނީ ރައްކާތެރިކަމާއެކު ބިރެއް ނެތި އަންނަ ދައުރުގައި މަސައްކަތް ކުރެވޭނެ މާހައުލެއް އުފެދުން ކަަމަށެވެ. އަދި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދެވުނު ހަމަލާ ކުށްވެރި ކުރައްވައި އިންސާފު ހޯދައިދިނުމަށް ވެސް އަސްލަމް ގޮވާލެއްވި އެވެ.
- ރިޔާސީ ކޮމިޝަންތަކުގެ ބިލު
- ފުލުހުންގެ ހިދުމަތުގެ ބިލު
- އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް
- ކުންފުނީގެ ބިލު
- ފޮރިން ސާވިސް ބިލު
- މަސައްކަތުގެ މާހައުލުގެ ސަލާމަތާ ގުޅޭ ބިލު
- ކުޑަކުދިންގެ އަދުލުގެ ބިލު
- ގާނޫނީ ފަންނުގެ ބިލު
- ވިސްލް ބްލޯކުރުމާ ބެހޭ ބިލު
- އިންތިގާލީ އިންސާފުގެ ބިލު
- ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ ބިލު
- ފެނާއި ނަރުދަމާގެ ބިލު
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު ޝިޔާމް
14 May 2024
މީގައި ހުރި ކޮމެންޓްތަކުންވެސް އެބަ އިނގޭ ތިޔަ މަޖިލީހުގެ ހާލަތު.
ލިޔާ ސޮރު
14 May 2024
ފައިސާ ޗާޕުކުރަން ދޫކޮށްލައިގެން ގައުމުގެ އިގްތިސާދު މިހާލަތަށް ވައްޓާލި ބައެއް ތިއަކީ. މޮޅު ވާހަކަ ނުދަައްކާ
ބާސިތް
14 May 2024
އަހަރެމެން މިދައުރުގެ މަޖިލީހުގަ ތިބި މީހުން 20 ވަނަ ދައުރުގެ މަޖިލީހަށް އަލުން ނުހޮވީ އަހަރެމެނަށް ކަމެއް ނުކޮށްދިނީމަ. ކޮންހާ މޮޅުވާހަކައެއް ދައްކާކަށް
ކަލާމު
14 May 2024
ސުޕާ މެޖޯރިޓީއެއް ލިބިގެންވެސް ގައުމަށް ކަމެއް ނުކޮށްދެވުން މި ދައުރުގެ މަޖިލީހުގެ ދައުރެއްއަކީ
ބާސިލް
14 May 2024
ގައުމު ދަވާލި އިރު ބަަލަން ހުރި މަޖިލީހުގެ ދައުރެއް މިއަކީ
އަޒްމީންް
14 May 2024
މީ ވަރަށް ބޮޑު ޖޯކެއް. މިމީހުންނަށް މަސައްކަތް ކުރެވުމުމަކީ ކޮބައިކަން އަދި ނޭގުނު. މިދިޔަ ފަސްއަހަރު ރާއްޖެއޮތްހާލަތަށްވުރެ މިހާރުގެ ހާލަތު ގޯސް.
ސަމަދް
14 May 2024
މަޖިލީހުގައި ރަނގަޅު މަސައްކަތެއްކުރެވުނުނަމަ މިފަހަރުގެ މަޖިލީހަށް ހޮވޭނެއެއްނުން.
ފާއިޒް މޫސާާ
14 May 2024
އެމްޑީޕީ މަޖިލިސް ވީ ބޮޑު ޖޯކަކަށް. ސުޕަރ މެޖޯރިޓީ އޮވެމެ ރައްޔިތުންނަށް އޭގެ އެއްވެސް މަންފާއެއް ނުކުރެވޭ. ހެޔޮ ބަދަލު ދެން ގެންނާނީ ޕީއެންސީގެ މަޖިލީހުން
ޒާހިދްް
14 May 2024
މަސައްކަތްކުރެވުނު ތަނެއް ނުފެނޭ. ރަނގަޅު މަސައްކަތެއް ކުރެވުނުނަމަ ރައްޔިތުން އުޅެންޖެހޭނީ މިހާލަތެއްގައެއްނޫން.
ޖާސިމްް
14 May 2024
މި މަޖިލީހަކީ ރައްޔިތުން އިތުރަށް ނިކަމެތިކަން ގެނުވި މަޖިލީހެއް.