ޚަބަރު / އެޑްވަޓޯރިއަލް

ކެންގަރޫ ކިޑްސް: ސްކޫލަށް ބެލެނިވެރިންގެ ތައުރީފު

ކެންގަރޫ ކިޑްސްގެ ދަރިވަރުންތަކަކާއި އެކު ޓީޗަރެއް.

15 މެއި 2024 - 13:50

ތުއްތުކުދިންގެ ތައުލީމީ ހަޔާތުގެ ފެށުމާއި ސްކޫލް ދައުރުގެ ބިންގާގެ ފެށުމަކީ ޕްރީ ސްކޫލެވެ. މިއީ ތުއްތު އިރު ކުއްޖާގެ ހެދިބޮޑުވުމާއި ސިކުނޑީގެ ތަރައްގީ އަށް ވެސް މުހިންމު އެކި ހުނަރުތަކާއި ކަންތައްތައް ދަސްކޮށް, އެ އުމުރުގައި ކިޔެވުމަށް ލޯބި އުފެއްދުމަށް އެޅޭ ފާލަމެވެ. ތުއްތު ކުއްޔާގެ ތައުލީމީ ހަޔާތުގެ ފުރަތަމަ ފިޔަވަޅު މުހިންމު ވަނީ މިކަހަލަ އެތައް ސަބަބުތަކަކާއި ހުރެ އެވެ. ސްކޫލެއް ހިޔާރުކުރުމުގައި މައިންބަފައިންގެ ފިކުރު ބޮޑުވެ, އެތައް ކަންތައްތަކަށް ބަލަނީ މިހެންވެ އެވެ.

ތުއްތު ދަރިފުޅުގެ ތައުލީމީ ފުރަތަމަ ތަޖުރިބާއަކަށް ކެންގަރޫ ކިޑްސްވެފައި ވަނީ ވެސް މިހެންވެ އެވެ. އެ ސްކޫލްގެ ބެލެނިވެރިންގެ ޝުއޫރުތައް ހިމަނާ ސްކޫލްގެ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ހިއްސާކުރި ވީޑިއޯގައި އިވޭ ވާހަކަތަކަކީ މި ކަމުގެ ހެއްކެކެވެ.

ކެންގަރޫ ކިޑްސްގެ ބެލެނިވެރިންގެ ިއންޓަވިއު ހިމެނޭ ވީޑިއޯއެއް.

މި ވީޑިއޯގައި އެއް ބެލެނިވެރިޔަކު ބުނެފައިވެ އެވެ.

"އެކި ދަރިވަރުންގެ ދަސްކުރުމުގެ ގާބިލްކަމަށް ބިނާކޮށް، ދަރިވަރު ގެ ނީޑަށް ބަލާފަ ކަރިކިއުލަމްގެ ތެރެއިން ކުރިއަށް ގެންދާ ގޮތް ވަރަށް އިމްޕްރެސިވް. ޓީޗަރުން ދަރިފުޅުގެ އިންޓްރެސްޓުތަކަށް ވެސް ވަރަށް ބަލާ. ޝައުގުވެރިކަން ހުންނަ ކަންތައްތައް ފާހަގަކޮށް އެކަންކަމަށް ހިތްވަރުދޭ." އޭނާ ބުންޏެވެ.

ބެލެނިވެރިޔާ ބުނީ އިންޓަނޭޝަނަލް ސްކޫލަކަށްވުމުން އެ ތަނުން ދިވެއްސާއި ގުރުއާން ކިޔަވާ ނުދޭ ކަމަށް ހީކުރާ ކަމަށެވެ. އެކަމަކު މި ސްކޫލަކީ ޕްރީސްކޫލް އުމުރުގައި މި މާއްދާތައް ކިޔެވޭނެ އެންމެ ފުރިހަމައަށް ކިޔަވައިދޭ ތަނެއްކަމަށް އޭނާ ބުންޏެވެ.

ކެންގަރޫ ކިޑްސްގެ ކަރިކިއުލަމް އަކީ ދަރިވަރުގެ ކިއުމުގެ ހުނަރާއި ޝައުގުވެރިކަން އަށަގެންނެވުމަށް ސަމާލުކަންދީ, ފަރުމާކޮށްފައިވާ ކަރިކިއުލަމް އެކެވެ. މި ކަރިކިއުލަމްގައި ގްރޭޑް ސްކޫލް ފެށުމުގެ ކުރިން, ޕްރީސްކޫލު ދުވަސްވަރު ފޮތްކިއުމުގެ ޝައުގުވެރިކަން އުފައްދާ, ފޮތް ކިއުމުގެ ހުނަރު ތަރައްގީކުރުމަށް ގިނަ އިންޓަރެކްޓިވް ހަރަކާތަކެއް ވަނީ ހިމަނާފަ އެވެ. އަދި އެކި ލައިފް ސްކިލްތައް ދަސްކޮށްދިނުމަށް އެ ސްކޫލްގެ އާ ކަރިކިއުލަމް އެކުލަވާލާފައި ވަނީ ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމާއި، އިޖްތިމާއީ ހުނަރުތައް ދަސްކޮށްދިނުމަށް "ރޮޓޭޝަން މެތަޑް" ވަނީ ހިމަނައިފަ އެވެ. މި މެތަޑުގައި ކިޔަވައިދިނުމުގެ ނަތީޖާއެއްގެ ގޮތުން ކުދިންނާއި ގުޅިގެން މަސައްކަތްތައް ކުރުމަށް ދަރިވަރުންނަށް ދަނީ ދަސްވަމުންނެވެ.

ކެންގަރޫ ކިޑްސްގެ ދަރިވަރެއް.

އެ ސްކޫލްގެ ބެލެނިވެރިޔަކު ބުނި ގޮތުގައި ސްކޫލުން އޭނާގެ ދަރިފުޅަށް މިހާރު ވަނީ ކުދިންނާއި ގުޅިގެން މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް ދަސްވެފަ އެވެ.

"އަޅުގަނޑުގެ ދަރިފުޅު އެހެން ކުދިންނާ ގުޅި ސޯޝަލްވެ އުޅުމުގައި ވަރަށް ބޮޑު ކުރިއެރުމެއް އަތުވެއްޖެ ކަމަށް ގަބޫލު ކުރެވޭ. އެއީ ދަރިފުޅުގެ ފުށުން ކުރިން މީގެ ކުރިން ނުފެންނަ މަންޒަރެއް،" އޭނާ ބުންޏެވެ.

ކެންގަރޫ ކިޑްސް އަކީ ކުޑަކުދިންނާއި ގުޅޭ ތަފާތު ގިނަ ހަރަކާތްތަކެއް ހިމަނައިގެން ކުރިއަށް ގެންދާ ސްކޫލެކެވެ. މި ހަރަކާތްތަކަށް ބެލެނިވެރިންނާއި ދަރިވަރުންގެ ހޫނު ތަރުހީބެއް ލިބެ އެވެ. ފިލާވަޅުތަކާއި ގުޅުވާ, ދަރިވަރުންނަށް މަޖާ މާހައުލެއްގައި އާ ކަންތައްތަކެއް ދަސްކޮށްދިނުމަށް ކޮންމެ މަހަކު ވެސް ކެންގަރޫގައި ފޯރިގަދަ ހަރަކާތްތަކެއް އޮވެ އެވެ.

ކެންގަރޫކިޑްސްގެ ބެލެނިވެރިޔަކު ބުނި ގޮތުގައި މި ހަރަކާތްތަކަކީ ކިޔެވުމަށް އޭނާގެ ދަރިފުޅުގެ ހުންނަ ފޯރި ވެސް އިތުރުކޮށްދޭ ކަމަށެވެ. އަދި މި ކަންތައްތަކަކީ ރަނގަޅު ވެލިއުސް ދަސްކޮށްދޭ ކަންތައްތަކެއްކަން ފާހަގަކޮށް މިފަދަ އެކި ދުވަސްތަކުގައި އާއިލާއާ އެކު ވެސް މަޖާ ވަގުތުކޮޅޭއް ހޭދަކުރަން ލިބޭކަން ފާހަގަކުރި އެވެ.

"ކޮންމެ މަހަކު ވެސް އޮވޭ ތަފާތު ހަރަކާތެއް. އެކި ސަގާފީ ދުވަސްތައް، ސްޕޯޓްސް ޑޭ، ކާ ވޮޝް ޑޭ، ގްރޭންޑް ޕޭރަންޓްސް ޑޭ، މިހެން ހުރޭ އެކި ދުވަސްތަކާ ގުޅުވާ ބާއްވާ ހަރަކާތްތައް ވެސް. މިއީ ކުދިންނަށް ހަމައެކަނި މަޖާ އެކްޕީރިއެންސް އެއް ދޭން ރާވާ ކަންތައްތަކެއް ނޫން. މި ކަންތައްތަކަކީ ވަރަށް އެޑިއުކޭޝަނަލް ހަރަކާތްތަކެއް." އޭނާ ބުންޏެވެ.

ކެންގަރޫ ކިޑްސްގެ ކާމިޔާބީ އަކީ އެ ސްކޫލްގެ ހަރުދަނާ އުސޫލްތަކާއި ކިޔަވައިދިނުމުގެ ވައްޓަފާޅި އާއި ތަފާތު ކަރިކިއުލަމް އެކަންޏެއް ނޫނެވެ. އެ ސްކޫލުން ބެލެނިވެރިންނާއި ބާއްވަމުންދާ ގުޅުމަކީ އެ ސްކޫލްގެ ކާމިޔާބީ ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ.

"ބެލެނިވެރިންނަށް ސްކޫލު މެނޭޖްމަންޓްގެ ޓީމަށް އަބަދު ވެސް ރީޗްވެވޭނެ. ހުރިހާ ޓީޗަރުން ވެސް ވަރަށް ރަނގަޅު. ކަމަކު އެދިއްޖެނަމަ އަބަދުވެސް ވަރަށް ހެލްޕް ވުމުގެ ރޫހެއްގައި ވަރަށް ޕޮޒިޓިވްކޮށް ތިބެނީ. އަޅުގަނޑުމެންގެ ކިޑްސްއަށް އެ މީހުން އަސްލު ވަރަށް ޖެނުއިންކޮށް ކެއާކުރޭ. ކުއްޖަކަށް ކަމެއް ހާސިލްވީމަ ވެސް ޕޭރެންޓަކު އުފާވީމަ އެފެންނަ އުފާވެރިކަން ޓީޗަރުންގެ ފަރާތުން ވެސް ފެނޭ." އެ ސްކޫލްގެ ބެލެނިވެރިޔަކު ވެސް ފާހަގަކުރި އެވެ.

ކެންގަރޫ ކިޑްސްގެ ކަރިކިއުލަމް އާއި ޓީޗަރުންގެ ކިޔަވައިދިނުމާއި މެނޭޖުމަންޓުގެ ހިންގުންތެރިކަމަށް އެ ސްކޫލްގެ ބެލެނިވެރިންގެ ތައުރީފު އަބަދު ވެސް ލިބެ އެވެ. މި ތައުރީފްތަކާ އެކު ބެލެނިވެރިން ފާޅުކުރާ ހިޔާލުތައް ބަލައިގަނެ, އެ ސްކޫލުން ދަނީ ތުއްތުކުދިންނަށް ބޭނުންވާނެ އެންމެ ފެންވަރު ތައުލީމު ފޯރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުންނެވެ.

ނޯޓު: މިއީ އައިލެންޑާސް އެޑިއުކޭޝަނުގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.

0 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 16%
icon sad icon sad 5%
icon angry icon angry 53%
icon wow icon wow 0%
icon inlove icon inlove 26%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454