ޖައްވާ ގުޅޭ ގޮތުން ބޭއްވި ދެ ވަނަ ކޮންފަރެންސްގެ ޕެނަލް ޑިސްކަޝަނެއްގެ ތެރެއިން -- ފޮޓޯ: އެމްއެސްއާރްއޯ
17 މެއި 2024 - 17:00
މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އެމްއެސްއާރްއޯ) އިން ބޭއްވި ރާއްޖޭގެ ދެވަނަ ޖައްވީ ކޮންފަރެންސް، "ސްޕޭސް ފޯ އައިލެންޑް ނޭޝަންސް ކޮންފަރެންސް" މިދިޔަ މަހު ބާއްވައިފި އެވެ.
އެ ކޮންފަރެންސް ބޭއްވީ މިދިޔަ މަހުގެ 23-25 ވަނަ ދުވަހަށެވެ. ކޮންމެ އަހަރަކު ބޭއްވުމަށް ރާވާފައިވާ މި ކޮންފްރެންސް ފުރަތަމަ ބޭއްވީ މިދިޔަ އަހަރު އެވެ. އެ ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ބައިވެރިވެފައިވެ އެވެ.
މި ކޮންފަރެންސްގެ ބޭނުމަކީ ޖައްވީ ދާއިރާއަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރުކޮށް، އެ ދާއިރާގެ ފުރުސަތުތަކާއި މަސައްކަތްތައް ހިއްސާ ކުރުމުގެ އިތުރުން ދާއިރާއާ ގުޅުންހުރި މުހިންމު މަޝްވަރާތައް ބޭއްވުމެވެ.
މި ކޮންފަރެންސްގައި ނެޓްވޯކިން އާއި ޕެނަލް ޑިސްކަޝަންތަކާއި ކީނޯޓް ސްޕީކަރުން ވެސް ބައިވެރިވެވަޑައިގަތެވެ. އެގޮތުން ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމާއި ސްޕެޝަލް އެންވޯއީ ފޯ ކްލައިޓް ޗޭންޖު ޓު ދަ ޕްރެޒިޑެންޓް އަލީ ޝަރީފާއި އެންވަޔަރުމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހައްސާން މުހައްމަދު ވެސް އެ ކޮންފަރެންސްގައި ވާހަކަ ދެއްކެވި އެވެ.
ޖައްވާ ގުޅޭ ގޮތުން ބޭއްވި ދެ ވަނަ ކޮންފަރެންސްގެ ޕެނަލް ޑިސްކަޝަނެއްގެ ތެރެއިން -- ފޮޓޯ: އެމްއެސްއާރްއޯ
މިއަހަރުގެ ކޮންފަރެންސްގެ ތީމަކީ "ސްޕޭސް ފޯ ސްޕޭސް، ސްޕޭސް ފޯ އޯޝަންސް އެންޑް ސްޕޭސް ފޯ ކްލައިމެޓް" އެވެ.
ތިން ދުވަހަށް ދެމިގެން ދިޔަ މި ކޮންފަރެންސް މިއަހަރު ފެށީ އެމްއެސްއާރްއޯ އާއި ސްޕޭސް އެކްސްޕްލޮރޭޝަން އެންޑް ރީސާޗް އޭޖެންސީ (އެސްއީއާރްއޭ) އާ އެކު ހެދި ޕާޓްނާޝިޕް އިއުލާން ކުރަމުންނެވެ.
އެމްއެސްއާރްއޯގެ ރައީސް މާދިން މަސީހު ވިދާޅުވީ އެސްއީއާރްއޭ އާ އެކު ހެދި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖެ ފަދަ ގައުމަކަށް ޖައްވަށް ދިއުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
އެ ކޮންފަރެންސްގައި އެމެރިކާގެ ޖިއޮލިކަލް ސާވޭ (ޔޫއެސްޖީއެސް) އާއި އިންޑިއަން ސްޕޭސް ރީސާޗް އޮގަނައިޒޭޝަން (އައިއެސްއާރްއޯ އާއި ޗައިނީސް ނެޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަން (ސީއެންއެސްއޭ) އިން ބައިވެރިވެފައިވެ އެވެ.
އެމްއެސްއާރުއޯ އަކީ 2022 ވަނަ އަހަރު ރާއްޖޭގައި އުފެދުނު އެންޖީއޯއެކެވެ. އެޖަމިއްޔާގެ އަމާޒަކީ ޖައްވީ ދާއިރާއެއް ރާއްޖޭގައި އުފެއްދުމާއި ސައިންސް އާއި ސްޕޭސް ދާއިރާއަށް ދިވެހިންގެ ހޭލުންތެރިކަން އިތުރު ކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
18 May 2024
އެތައް އަހަރެއް ފަހުން، ރާއްޖެއިން އަނެއްކާވެސް، ހަނދަށް ރޮކެޓެއް ފޮނުވާ ދުވަހެއްގެ އިންތިޒާރުގަ ހުރީމު. މިކަންތައް ފުރަތަމަ ކުރީ، "މިޔުޒިކީ ގުލްޝަންގެ ރާނީ ބައި" ނަމަކަށް ކިޔުނު ކުލަބަކުން، 1969 ވަނަ އަހަރުގެ، ޖުލާއި މަހުގެ ފަހުކޮޅު. އެ ފަހަރު، ބުލާޝްޓުކޮށްލި ގޮތުން، ލޯންޗިން މޮޑިޔުލްގަ ޖެހުނު ކުޑަ ޓެކުނިކަލް މައްސަލައަކާ ހެދި، އެކަންތައް ފަސްކޮށްލާފަ އޮތްގޮތަށް އަދިވެސް މިއޮތީ. އިރާދަކުރެއްވިއްޔާ މިފަހަރު ކާމިޔާބު ވާނެ.
ފޮނިޓައްޕު ހަސަނު
17 May 2024
މިޒަމާނުގައި ވަރަށް މޮޅަށް ސްކޭމް ޖައްސާ.
ހެހެހެހެހެހެހެ
17 May 2024
މި އަޅެ ފަހެ ކޮން ކަމެއް؟ ޤައުމުގެ ގިނަ ރައްޔިތުން ތިބީ އަނގަޔާއި އަތާ ދިމާ ނުވާ ވަރަށް ލޯނުގެ އަޅުވެތިވެފަ. މި އިއްޗިހި މިއުޅެނީ ޖައްވަށް ނުދެވިގެން. މީހަކު ހޭހުހެއް ނުވާނެތަ.
ބަރުބާދު
17 May 2024
ތިޔަ ޖައްވީ ކޮންފަރެންސްއަކީ ނާކާމިޔާބު ވާންޖެހޭފަދަ އެއްވެސް ސަބަބެއްނެތް ކޮންފަރެންސްއެއް. ޓޭކް އޮފް ކުރީންސުރެ ލޭންޑްކުރަންދެންވެސް ތިބިތަނުގަ. މަރުހަބާ ތިޔަކާމިޔާބީއައް.
މަޑި ސީލަ
17 May 2024
ބުރު ޖަހަމުން ދިޔަ އިރު ތި މީހުންގެ ކޮންފަރެންސްގެ އުސް އަލިތައް ޖައްްވު ތެރޭގައި އެނބުރޭތަން ފެނުނު
ޖައްވީސައިންސް
17 May 2024
ނައިފަރު ސިޔާމު މޮޅުވާނެ ޖައްވާބެހޭ ވާހަކަ ދައްކަން.
ބަރުސާތު
17 May 2024
ކޮންފަރެންސް ބޭއްވުން ފިޔަވައި އަހަރުމެންނަ ކުރެވޭނެ އިތުރު ކަމެއްނެތް
އިންސްޓިޓިއުޓް ފޯރ ގްލޯބަލް ސަކްސަސް ކޮބައިތަ؟
17 May 2024
ރާއްޖޭގައި، އިންސްޓިޓިއުޓް ފޯރ ގްލޯބަލް ސަކްސަސް ގެ ނަމުގައި ވެސް ސްކޭމް އެއް އެބަ ހިންގައެވެ. ކެނެޑާގެ ސްޕޭސް އެޖެންސީ އަށް ޓްރެއިންނަށް ފޮނުވާނަމޭ ކިޔައިގެން " ޖޫނިއަރ އެސްޓްރޯނަޓް ޕްރޮގްރާމް" އޭ ކިޔައިގެން 2020 ވަނަ އަހަރުގެ ޑިސެމްބަރ މަހުގައި އެތައްކުދިންނެއްގެ އަތުން ބޮލަކަށް -/2،000 ރ ނައިގެން ޣިޔާސުއްދީން ސްކޫލްގައި ޕްރޮގްރާމެއް ހިންގި ގޮތަށް ބަޚަބަރެވެ. މިހާރު ނޫހުން އެމީހުންގެ ސްކޭމްގެ ރިޕޯރޓެއް ނެރެދެއްވަ ބައްލަވާށެވެ!
ތެޔޮގުޅާސާދާ
17 May 2024
އަޑުއަހަން ބުނެއުޅޭއަޑު ތެޔޮގުޅާ ސާދާކުރުމެއްގެ ވާހަކަ.