ކުޅިވަރު / އަބްދުﷲ ރާފިއު (ސްޕޯޓްސް މިނިސްޓަރު)

ޝުކުރުވެރިކަމާ އެކު، ރާފިއު ފާހަގަކުރެއްވީ ދީމާގެ މައިންބަފައިންގެ ގުރުބާނީ

މިއަދުގެ ހަފުލާގައި ދީމާގެ މަންމަ އާއިޝަތު ވަހީދާއާއި ބައްޕަ އަބްދުސައްތާރު އަލީ: ދީމާގެ ކާމިޔާބުގައި އެންމެ މުހިންމު ހިއްސާދާރުންނަކީ އެ ދެމަފިރިން --- ފޮޓޯ: ނިޝާން އަލީ | މިހާރު

17 މެއި 2024 - 18:45

4 comments

އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓްގެ ޝަރަފު ހޯދި ދީމާގެ ކާމިޔާބުގައި އޭނާގެ މައިންބަފައިން ވި ގުރުބާނީ ފާހަގަކުރައްވައި، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެ ދެމަފިރިންނަށް ތައުރީފު ކުރައްވައިފި އެވެ.

މިދިޔަ ބުދަ ދުވަހު، ނޭޕާލްގައި ނިމިގެން ދިޔަ ދެކުނު އޭޝިއާގެ ޓޭބަލް ޓެނިސް އޮލިމްޕިކްސް ކޮލިފައިން މުބާރާތް ކާމިޔާބު ކުރުމާ އެކު ދީމާ އަކީ އޮލިމްޕިކްސް އަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ އެތުލީޓެވެ.

ދީމާގެ އެ ކާމިޔާބު ފާހަގަ ކުރަން މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާގައި ރާފިއު ވިދާޅުވީ ދީމާގެ ކާމިޔާބުގައި އެންމެ މުހިންމު ހިއްސާދާރުންނަކީ ދީމާގެ މަންމަ، އާއިޝަތު ވަހީދާ އާއި ބައްޕަ އަބްދުސައްތާރު އަލީ ކަމަށެވެ.

ދީމާގެ ތަމްރީނުތަކާއި މުބާރާތްތަކަށް ގައުމުން ބޭރަށް ދަތުރުކުރުމުގައި އެ ދެމަފިރިން ވީ ގުރުބާނީ އަކީ ރާއްޖެ އަށް ފަހުރެއް ކަމަށް ރާފިއު ސިފަ ކުރެއްވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު ރާފިއު ވާހަކަ ދައްކަނީ: ދީމާގެ މައިންބަފައިންގެ މަސައްކަތް މިނިސްޓަރު ފާހަގަ ކުރެއްވި --- ފޮޓޯ: ނިޝާން އަލީ | މިހާރު

ރާފިއު ވިދާޅުވީ، ދީމާގެ ކިޔެވުމާ ޓްރޭނިންތަކަށް ރާއްޖޭން ބޭރަށް ދިއުމާއި މުބާރާތްތަކަށް ދިއުމުގައި ކަންތައްތައް ހުރި ގޮތް، މީގެ ދެން އަހަރު ކުރިން ދީމާގެ ބެލެނިވެރިންގެ ކިބައިން އޭނާ ސާފު ކުރެއްވި ކަމަށެވެ.

"އަޅުގަނޑު އަހާލިން ކިޔެވުމުގެ ކަންތައްތައް ކިހިނެއްހޭ ކުރިއަށް ގެންދަނީ؟ ޕޭރެންޓުން ވިދާޅުވީ އޮންލައިން ކްލާހުންނޭ ކިޔަވާނީ،" ރާފިއު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ތަމްރީނުތަކަށް ރާއްޖޭން ބޭރަށް ދަތުރުކޮށް، ގާތްތިމާގެ މީހުންނާއި ކޮމިޔުނިޓީއާ ދުރުގައި ވަރަށް ގިނަ ދުވަސްތަކެއް ހޭދަވާކަން ދީމާގެ ބެލެނިވެރިން ކިޔައިދިން ކަމަށެވެ.

"މިހުރިހާ ކަންތައްތަކެއް ކުރުމުގައި މި ސެކްރިފައިޒް ވެގެންދަނީ (ދީމާގެ ބެލެނިވެރިންގެ) ވަރަށް ބައިވަރު ކަންތައްތަކެއް،" ރާފިއު ވިދާޅުވި އެވެ.

"މި ހުރިހާ ކަމެއް ތަހައްމަލުކޮށްގެން އަޅުގަނޑުމެންގެ ގައުމު ފަހުރުވެރިވާ ދަރަޖައަކަށް ގެނެސްދެއްވީތީ ދީމާގެ ޕޭރެންޓުންނަށް ވަރަށް ހާއްސަ ޝުކުރެއް އަޅުގަނޑު ރައްދުކުރަން."

ދިމާ އަށް މަރުހަބާ ކިޔުމަށް ބޭއްވި ހަފުލާގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެތުލީޓުންގެ ފަހަތުގައި ތިބެންޖެހޭ އެހެން ޓެކްނިކަލް މީހުންނާއި އަދި ސަޕޯޓް ދޭ ބޭސްގައި ތިބޭ އެކި ދާއިރާތަކުގެ މީހުން ތަމްރީނު ކުރުމަށް ސްކޮލާޝިޕްތައް ހަމަޖެހިގެންދާނެ ކަމަށެވެ.

ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދެވޭނީ އެތުލީޓުންގެ ފަހަތުގައި ތިބޭ ސަޕޯޓްބޭސްގައި ހިމެނޭ ބައިވަރު މީހުން ތަމްރީނުކޮށްގެން ކަމަށް، ކުރީގެ ސްޕޯޓްސް ފިޒީޝަން ވިދާޅުވި އެވެ.

"އެތުލީޓުންގެ ފަހަތުގައި ތިބޭ ޓީމު ބިލްޑްކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިދަނީ. ބިހައިންޑް ދަ ޓީމު،" ރާފިއު ވިދާޅުވި އެވެ.

"ކޯޗުން ތަމްރީނުކުރުން ވިޔަސް ޓީމަށް ބޭނުންވާ ހުރިހާ އެހީތަކެއް ކަމުގައިވިޔަސް. މިއަށްވުރެ އާ އުސްމިނަކަށް އަޅުގަނޑުމެންނަށް (ކުޅިވަރު) ގެންދެވެން އޮތީ ވަރަށް ބައިވަރު މީހުން ތަމްރީނުކޮށްގެން."

4 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 8%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 77%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ާކިޔުން

18 May 2024

ކުޅުންތެރިން އާ އުސްމިންތަކަށް ގެންގޮސް ދިނުމުގައި ރައީސް ސޯލިހް އާއި ކުރީގެ ކުޅިވަރު މިނިސްޓަރ މަހްލޫފް ގެ ނަން ފާހަގަ ކުރަންޖެހޭ. ޥަރަށް ގިން ކުޅިވަރުތަކުން ގިނަ އެތްލީޓުން ތަކެއް ރާއްޖެއިން ބޭރަށް ފޮނުވައިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ މި ފެންނަނީ. އަލްހަމްދުލިލްލާހި.

The name is already taken The name is available. Register?

raajje

19 May 2024

ކުރީގެ ރައީސް އިބޫ އަދި މަހުލޫފު ކުރި ރަނގަޅުކަންކަމަށްވުރެން ކުރި ކަމުނުދާކަންކަން ގިނަވީމާ އެމީހުންގެ ރަނގަޅުވާހަކަދެއްކޭނެ ފުރުސަތެއް މެތަމެޓިކަލީނެތް!

The name is already taken The name is available. Register?

ރޯޒަސް

18 May 2024

ދުނިޔޭގެ ފެންވަރުގެ އޮލިމްޕިކްސް އަށް ކޮލިފައިވުމަކީ އާދައިގެ ކަމެއް ނޫން. އެތައް ބައެއްގެ ޤުރުބާނީތަކެއް އޭގައި ހިމެނޭކަމެއް. އެތައް ދުވަހެއްގެ ބުރަމަސައްކަތް. ގައުމަށް އެކި މީހުން ޚިދުމަތްކޮށްދޭނީ އެކިގޮތްގޮތަށް. މަރުހަބާ އަދި ޝުކުރިއްޔާ

The name is already taken The name is available. Register?

ދިވެހިރާއޖެ

18 May 2024

މަރުހަބާ. ކާމިޔާބަށް އެދެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454