20 މެއި 2024 - 08:51
ޕެރިސް (މެއި 20) - ރެއާލް މެޑްރިޑަކީ އީގޯ ބޮޑު ޓީމެއްކަން، އެ ކްލަބަށް ސޮއި ކުރުމާ ގާތުގައި ހުރި ކިލިޔަން އެމްބާޕޭ އަށް، ފްރާންސްގެ ކުރީގެ ޑިފެންޑަރު އާދިލް ރަމީ ބުނެދީފި އެވެ.
އެމްބާޕޭއާ އެކު، 2018 ގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ފްރާންސް ޓީމުގައި ވެސް ހިމެނުނު، އާދިލް ރަމީ ބުނީ ރެއާލް އަށް ބަދަލުވާ އިރު މާހައުލަށް ވަރަށް ތަފާތު ބަދަލެއް އަންނާނެ ކަމަށެވެ. އަދި ރެއާލަކީ ކުޅުންތެރިން ހޭނެން އުނދަގޫ ޓީމެއްކަން ވެސް، ކުރިން ސެވިއްޔާ އާއި ވެލެންސިއާ އަށް ވެސް ކުޅުނު ޑިފެންޑަރު ބުންޏެވެ.
"އޭނާ ޖެހޭނެ އެ މާހައުލަށް ރަނގަޅަށް ހޭނެން. އޭނާ އެ ބަދަލުވަނީ ވަރަށް ވަރަށް އީގޯ ބޮޑު ކްލަބަކަށް. އަދި ކުޅުންތެރިޔާގެ ފަރާތުން ގިނަ ކަންކަން ޑިމާންޑް ކުރާ ކްލަބަކަށް،" މިދިޔަ އަހަރު ކުޅުން ހުއްޓާލި ރަމީ ބުންޏެވެ.
"އެކަމަކު އަހަންނަށް ހީވަނީ ރެއާލް އަށް ބަދަލުވުމަކީ ކެރިއާ އަށް ލިބޭނެ ބޮޑު ކުރިއެރުމެއް ހެން."
ޕީއެސްޖީއާ އެކު އެމްބާޕޭ ހަދާފައިވާ ކޮންޓްރެކްޓް އަންނަ މަހު ހަމަ ވާނެ އެވެ. ކޮންޓްރެކްޓް އާ ނުކުރާނެކަން އޭނާ ވަނީ އެ ކްލަބަށް އަންގައިފަ އެވެ. ކްލަބްގައި މަޑު ނުކުރަން އެމްބާޕޭ ނިންމުމުން މެނޭޖްމެންޓާ އޭނާ އާ ދެމެދު ވަނީ މައްސަލަ ޖެހިފަ އެވެ.
އުމުރުން 25 އަހަރުގެ ފޯވަޑާ އެކު ރެއާލުން ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްބާޕޭ މަންމަ
20 May 2024
އެއީ ހަވީރު ފިންޏަށް ކުޅެންދާ ތަނެއްކަމަށްތަ ހީކުރީ.... ޔޫރަޕްގެ ޗެމްޕިއަން ކިޔަނީ ވަނަމަކަށް ނޫނޭ. ޑިމާންޑްތަކެއް ހުރީމައޭ އެއްފެންވަރެއްގައި އެހިފަހަށްޓާލަނީ. ކަލޭއަށް ރެއާލް އަށް ނުދެވުނީމާ ކޮންމެހެން އީގޯއޭ ކިޔާނެކަމެއް ނެތް.
ލެއްގިކޮމިޝަނަރ
20 May 2024
ރެއާލްއިން ނަގާފަހުރި ޔޫރަޕްގެ ތަށިތަކަކީ އެމީހުން މާމޮޅުވެގެން ނެގިފަހުރި ތަށިތަކެއްނޫން. ވީއޭއާރުގެ ކުރިން އެތަށިތަށް ލިބުނީ ރެފްރީއާ ޔޫއެފާގެ ދީލަތި އެހީތެރިކަމުގެ ސަބަބުން. މިހާރު ވީއޭއާރުންވެސް ފާޅުގަ އެހީތެރިކަން ދީގެން އެޔޮތީ ފައިނަލާ ހަމައަށް ގެންގޮސްފަ. ސްޕެނިޝް ލީގުވެސްނެގީ ރެފްރީންނާ ވީއޭރުގެ ފުރިހަމަ އެހީތެތިކަމާއެކު. ވަކިފަރާތަކަށް ނުޖެހި ސްޕެނިޝްލީގާ ޗެމްޕިއަންސްލީގު ބަލިމީހުންނަށް މިކަން ވަރަށް ރަނގަޅަށް އިގޭނެ.
ލެއްގި ކޮމިޝަނަރ މާ އިނގޭ ދޯ..
20 May 2024
ލެއްގި ކޮމިޝަނަރ ކާކައް ވާން ތި އުޅެނީ ؟ ރިއަލް މެޑްރިޑް އެއީ ދުނިޔޭގެ 1 ވަނަ ކުލަބ