ވިޔަފާރި / ރާއްޖެ-އިންޑިއާ

އިންޑިއާއިން ރާއްޖޭގައި ހިންގާ މަޝްރޫއުތައް ބަރާބަރަށް ކުރިއަށްދޭ: ޖައިޝަންކަރު

ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރާ ބައްދަލުކުރައްވަނީ

އިންޑިއާއިން ރާއްޖޭގައި ހިންގާ މަޝްރޫއުތައް ބަރާބަަރަށް ކުރިއަށްދާ ކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.

ނިއުދިއްލީގައި ބޭއްވި ވިޔަފާރިއާ ގުޅޭ "ސީއައިއައި ބިޒްނަސް ސަމިޓު" ގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޖައިޝަންކަރު ވިދާޅުވީ، މިފަހުން ދެ ގައުމުގެ ދެމެދުގައި ސިޔާސީ ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް، އެ މައްސަލަ ހައްލުވާނެ ކަމުގެ އުންމީދު ބޮޑުވެފައިވާ ކަމަށެވެ.

ޖައިޝަންކަރު މިހެން ވިދާޅުވި އިރު މި މަހުގެ ކުރީކޮޅު ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ އިންޑިއާއަށް ރަސްމީ ދަތުރެއް ވެސް ކުރައްވައިފަ އެވެ. އެ ދަތުރުގައި ދެއްވި އިންޓަވިއުއެއްގައި ޒަމީރު ވިދާޅުވީ، ރާއްޖެ އާއި އިންޑިއާގެ ސަރުކާރާ ދެމެދުގައި މިހާރު ހިޔާލު ތަފާތުވުންތަކެއް ނެތް ކަމަށާއި އެކަމުން އަރައިގަނެވިއްޖެ ކަމަށެވެ.

މިދިޔަ ފަސް އަހަރު އިންޑިއާ އިން ރާއްޖެ އަށް ވަނީ ހަ ޕްރޮޖެކްޓެއް ހިންގުމަށް 22 ބިލިއަން ރުފިޔާ ދީފަ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑު އަދަދެއް ނަގާފައިވަނީ ވިލިމާލެ އާއި ގުޅިފަޅާ ދެމެދު ގުޅައިލުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ. އެ މަޝްރޫއަށް 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ލޯނެއް ނެގި އެވެ. އެ މަޝްރޫއު އަދިވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

3 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 33%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަކްރަމް ސައީދު

23 May 2024

މުއިއްޒްމެންގެ ސަރުކާރު ދާނީ އިންޑިޔާއާވެސް ގުޅިގެން ބާރަށް ކުރިޔަށް.

The name is already taken The name is available. Register?

ގެރިކުޑޭ

23 May 2024

ކުރިޔަށްދޭ! ފިނިހަކަ ދުވެލީގަ!

The name is already taken The name is available. Register?

000000

22 May 2024

ދެކޮޅުން ކާން މިމީހުން އެބަހުރި ރަނގަޅަށް އެދުރުވެެރިވެފާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454