ވިޔަފާރި

މެގަޗިޕް އިން މައިކްރޯސޮފްޓް ކޯޕައިލެޓް ރާއްޖެ އަށް!

23 މެއި 2024 - 10:50

4 comments

މެގަޗިޕް އިން މައިކްރޯސޮފްޓްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޕްރޮޑަކްޓް، "ކޯޕައިލެޓް" ރާއްޖެއަށް ތައާރަފްކޮށް ވިއްކަން ފަށައިފިއެވެ.

ކޯޕައިލެޓް އަކީ މައިކްރޯސޮފްޓްގެ ގިނަ ސޮފްޓްވެއާތަކުން ކުރެވޭ މަސައްކަތްތައް އަވަސްކޮށް ފަސޭހަކޮށްކުރެވޭނެ އެޑް އޮން ޕްރޮޑަކްޓެކެވެ.

ކޯޕައިލެޓް ބޭނުންކޮށްގެން ފަސޭހަކަމާ އެކު މައިކްރޯސޮފްޓްގެ ސޮފްޓްވެއަތަކުން ގިނަގުނަ މަސައްކަތްތައް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ކޮށްލެވޭތީ އެ އޭއައި އަންނަނީ މުޅި ދުނިޔޭގައި ވެސް މަގުބޫލުކަން ހޯދަމުންނެވެ.

"މިސާލަކަށް އޮފީސް ޓީމްސް މީޓިންއަކަށް ލަހުން ވަދެވުނީ. ކޯޕައިލެޓް އިން އަހާލަންވީ މިހާތަނަށް ދެކެވުނު ވާހަކަތަކުގެ ހުލާސާއަކަށް. ހަމަ ވަގުތުން ކޯޕައިލެޓް ޖަވާބު ދޭ. އަދި މީޓިން ނިމުމުން ދެކެވުނު ވާހަކަތަކުގެ މިނިޓްސް އަދި އެކި މީހުނަށް ހަވާލުކުރެވޭ މަަސައްކަތްތައް ކަހަލަ ޓާސްކްތައް އެސައިންކުރުން ފަދަ ކަންކަން ހިމެނޭ." މެގަޗިޕްގެ އޮފިޝަލް ބުންޏެވެ.

އޮފީސް މާހައުލުގައި ބޭނުންކުރެވޭ ޑިޖިޓަލް މައުލޫމާތުތަކުގެ ރައްކާތެރިކަން ހިމެނޭ ގޮތަށް ފަރުމާކުރެވިފައިވާ ކޯޕައިލެޓް ބޭނުންކޮށްގެން މައިކްރޯ ސޮފްޓް އޮފީސް ވޯޑު، އެކްސެލް އަދި ޕަވަޕޮއިންޓް ފަދަ އެތައް ސޮފްޓްވެއަ އަކުން ކުރެވޭ މަަސައްކަތްތަކާ އެކު ޖުމްލަ އުފެއްދުންތެރިކަން އިތުރުކުރެވެ އެވެ.

ވޯޑުން ބިޒްނަސް ޕްރޮޕޯޒަލް ފަދަ ޑޮކިއުމެންޓެއް ޑްރާފްޓްކުރުމާއި ނުވަތަ ޕަވަޕޮއިންޓް އިން ބޭނުންވާ ޕްރެޒެންޓޭޝަނެއް ޑްރާފްޓްކޮށްލަން ކޯޕައިލެޓް ނަގަނީ މަދު ސިކުންތުކޮޅެކެވެ.

ކޯޕައިލެޓް އަކީ އޭގެ އަމިއްލަ ޒާތުގައި ކަންކަން އުނގެނި ދަސްކުރާ އޭއައި ޕްރޮޑަކްޓެކެވެ. އެ އޭއައި ބޭނުންކޮށްގެެން އީމެއިލްއެެއް ލިޔާއިރު ކޯޕައިލެޓް ލިޔާނީ އާންމުކޮށް އެ މީހަކު ލިޔާގޮތާއި ވައްތަރުކޮށެވެ. މެގަޗިޕްއިން ބުނީ، މައިކްރޯސޮފްޓުން ކޯޕައިލެޓް ފަރުމާކޮށްފައި ވަނީ މަސައްކަތުގެ މާހައުލުގައި ބޭނުންކުރެވޭ ސޮފްޓްވެއަތަކުން އޭއައިގެ އެހީގައި އުފެއްދުންތެރިކަން އިތުރުކުރުމާ އެކު ހައިކޮލިޓީ ކޮންޓެންޓް އުފެއްދުމަށް އެހީތެރިވާން ކަމަށެވެ.

"އަޅުގަނޑުމެންގެ މަގްސަދަކީ މުޅި ދުނިޔެއަށް މިއަންނަ ޒަމާނީ އޭއައި ވަސީލަތްތައް ފަސޭހަކަމާ އެކު ހެޔޮއަގުގައި ރާއްޖެއަށް ފޯރުކޮށްދިނުން. މިގޮތުން މިހާރު މި ލޯންޗްކުރެވުނީ މައިކްރޯސޮފްޓް ކޯޕައިލެޓް. އަދި ހަމައެހެންމެ އޭއައި ރެޑީ ޑެލް ބްރޭންޑްގެ ކޮމްޕިއުޓަރު، ލެޕްޓޮޕް، ސާވާ އަދި ނެޓްވޯކިން ސޮލިއުޝަންސް ފަދަ ހާޑްވެއާތައް ވެސް މިހާރު ލިބެން ހުންނާނެ." މެގަޗިޕުން ބުންޏެވެ.

ޑެލް ބްރޭންޑްގެ ލެޕްޓޮޕްތަކުގެ ކީބޯޑަށް މުޅިންއަލަށް ކޯޕައިލެޓް ބަޓަނެއް ތައާރަފްކޮށްފައިވާއިރު ޑެލް ބްރޭންޑްގެ ސީޕީޔޫތަކަށް "ނިއުރަލް ޕްރޮސެސިން ޔުނިޓް - އެންޕީޔޫ" ވަނީ އިތުރުކުރެވިފަ އެވެ. އެންޕީޔޫގެ ބޭނުމަކީ ފަހުގެ ސޮފްޓްވެއަތަކަށް ބޭނުންވާ އޭއައި ޕްރޮސެސިން މަސައްކަތްތައް ސީޕީޔޫގެ ލޯޑަށް ބުރޫނާރުވާ ޕްރޮސެސް ކުރުން ކަމަށް މެގަޗިޕުން ބުންޏެވެ.

މެގަޗިޕުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި މައިކްރޯސޮފްޓްގެ ކްލައުޑް ކޮމްޕިއުޓިން ހިދުމަތްތައް ތައާރަފްކޮށް ފުޅާކުރަމުންދާއިރު، އެ ހިދުމަތްތަކުން ފުރިހަމަ ސެކިއުރިޓީއާއި އިތުބާރާއެކު ޑޭޓާ ސްޓޯރޭޖް، ވޯކްފްލޯ މެނޭޖްމަންޓް އަދި ޖުމްލަކޮށް އޮފީސްތަކަށާއި ވިޔަފާރިތަކަށް އެތައް ލުއި ފަސޭހަތަކެއް ލިބި ހަރަދު ކުޑަކުރެވޭ ކަމަށްވެސް މެގަޗިޕުން ބުންޏެވެ.

އެ ކުންފުނިން ވަނީ 2022 އަދި 2023 ވަނަ އަހަރު ވެސް މައިކްރޯސޮފްޓް ޕާޓްނާ އޮފް ދަ އިޔާ އެވޯޑް އިން ކްލައުޑް ސޮލިއުޝަންސް ހޯދައިފަ އެވެ. މީގެ ކުރީ އަހަރުތަކުގައި މައިކްރޯސޮފްޓާއި ޑެލް އަދި އެހެނިހެން ތަފާތު ގިނަ އެވޯޑުތައް މި ދާއިރާތަކުން މެގަޗިޕުން ހޯދައިފައިވެ އެވެ.

ވޭތުވެދިޔަ 24 އަހަރު ތެރޭގައި މެގަޗިޕް އަކީ ރާއްޖޭގައި އައިސީޓީ ދާއިރާގެ އެކިއެކި ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ ފުޅާކޮށް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ. މިހާރު މެގަޗިޕަކީ ރާއްޖޭގެ މައިކްރޮސޮފްޓް ސިލްވަ ޕާޓްނަރެއްގެ އިތުރުން ޑެލް ޕްލެޓިނަމް ޕާޓްނަ އަދި ވީއެމްވެއާ އެޑްވާންސްޑް ޕާޓްނަރެކެވެ.

މާލޭ މަޖީދީމަގުގައި މެގަޗިޕްގެ ޝޯރޫމެއް ހިންގަމުންދާއިރު، ކޮމްޕިއުޓަރު ލެޕްޓޮޕް އަދި އައިސީޓީ ސާމާނު ވިއްކުމާއި ސާވިސްކުރުމަށް ހުޅުމާލެ ނިރޮޅުމަގުގައި ވެސް މެގަޗިޕްގެ ޝޯރޫމެއް ހުޅުވައި، މާލެއިން ލިބޭ ހުރިހާ ހިދުމަތެއް ހުޅުމާލެއިން ލިބޭގޮތަށް މިހާރު ވަނީ ހުޅުވައިފަ އެވެ.

ނޯޓު: މިއީ މެގަޗިޕްގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.

4 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނެނޯ ޗިޕް

25 May 2024

ޥީއެމް ވެއާ ގެ އެޑްވާންސް ޕާރޓްނަރުން މިހާރު ނުތިބޭނެ. ތިބޭނީ ސިލެކްޓް. މިހާރު އިއްލިގެ ގޮނޑިއެއް ނެތީމަ އަޑިން ނުކުޅެވޭ ދޯ؟ 24 އަހަރުން 14 އަހަރު ތަންބަންދު ކޮއްފަ.

The name is already taken The name is available. Register?

މުބާރިކް އަލީ

23 May 2024

އިބާދުﷲ! ވަރައް ރަގަޅު ކަމެކޭ ބުނަން ބޭނުން! އެކަމު ފުރަތަމަ އަހާލަން ބޭނުން، އަހަރުމެންގެ އިލްމް ވެރިންގާތުގަ، ކީކޭތޯ މިކަމައް އަރަބިން ބުނަނީ. އެވެރިން އޯކޭ ކަމައް ވަރައް ސަރީހަ ކޮއް ބުނީމަ މަށައް ރަގަޅައް ނޭވާވެސް ލެވޭނީ!

The name is already taken The name is available. Register?

ކޯޕައިލެޓްގެ އަންމަ

23 May 2024

ކޯޕައިލެޓް އިންޓެގްރޭޓްކޮށްފަ ހުންނަ ލެޕްޓޮޕާއި ކޮމްޕިއުޓަރު ސިސްޓަމް ވިއްކަންޏާ ވިއްކޭނީ، ކޯޕައިލެޓް ވިއްކޭނީ މައިކްރޯސޮފްޓަށް، މެގަޗިޕަކަށް ނޫން، މެގަޗިޕުން ނޫނަސް މެކްސްކޮމް އާއި އެހެނިހެން ފިހާރަތަކުން ވެސް ކޯޕައިލެޓް އޭއައި އިންޓެގްރޭޓްކޮށްފަ ހުންނަ ސިސްޓަމްތައް ގެނެސްގެން ވިއްކަންޏާ ވާނީ ހަމަ ދާދި އެއްވަރެއް. މެގަޗިޕުން ޕްރޮމޯޝަނަލް އާޓިކަލް ދޭއިރު ބުއްދި ހަމަޖެހޭ ވާހަކަ ހިމަނާލާނަމަ ރަނގަޅުވީސް

The name is already taken The name is available. Register?

މޮރިންގާ އޮލިފެރާ މާލިމީ

23 May 2024

ވާނުވާނޭނގި ކޮމެންޓުކުރީމަ ގޮވާނީ އަތަށްދޯ؟ އަނެެއްކާ ތިވެސް "ވެރީ އިމްޕޯޓަންޓް" ވިޔަފާރިވެެރިއެއްބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454