ޖެނިފާ ލޮޕޭޒް އާއި ބެން އެފްލެކްސް
26 މެއި 2024 - 07:32
ހޮލީވުޑް މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ޖެނިފާ ލޮޕޭޒް އާއި ބެން އެފްލެކްގެ ކައިވެނި ނިމުމަކަށް އައިސްފައިވޭތޯ އެހުމުން އޭނާ ހިތްހަމަނުޖެހިއްޖެ އެވެ.
ޖެނިފާ ލޮޕޭޒް، 54، އާއި ބެން އެފްލެކް، 51، ކައިވެނީގެ ގުޅުމުގެ ވާހަކަ ސޯޝަލް މީޑިއާގައި އަންނަނީ އެކި ގޮތްތޮތަށް ދައްކަމުންނެވެ. ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި އެ ދެތަރިންގެ ކައިވެނި މިހަރު ވަނީ ނިމިފަ އެވެ.
ޖެނިފާގެ ކުރިއަށް އޮތް ފިލްމް "އެޓްލަސް"ގެ ޕްރޮމޯޝަން އިވެންޓެއްގައި މެކްސިކޯގައި ހުރި އިރު، ނޫސްވެރިޔަކު އޭނާ ކައިރީގައި ވަރިވިތޯ ސުވާލު ކުރުމުން، އޭނާ ބުނީ ނޫސްވެރިންނަށް މާބޮޑަށް އެކަން އެނގެން ޖެހޭނެ ކަމަށެވެ.
މި ސުވާލު ކުރި ނޫސްވެރިޔާ ވަނީ އޭނާގެ އިންސްޓަގްރާމް އަށް މި އިންޓަވިއުކޮޅު ޕޯސްޓު ވެސް ކޮށްފަ އެވެ.
ޕޭޖް ސިކްސް މެގަޒިން އަށް އެފްލެކްސް ވަނީ ޖެނިފާ އާއި އޭނާގެ ގުޅުން އެއްކޮށް ނިމިއްޖެ ކަން ކަށަވަރު ކޮށްދީފަ އެވެ. އަދި އެ މީހުންގެ ކައިވެނި އޭނާ ސިފަކޮށްދިނީ ވެސް ބިރުވެރި ހުވަފެނެއްގެ ގޮތަށެވެ.
މި ދެ ތަރިންގެ ވަރީގެ ވާހަކަ އިވެން ފެށީ އެފްލެކްސް އާއި ޖެނިފާ ދިރިއުޅެމުން އައި ގެއިން ނުކުތް ހިސާބުންނެވެ. އަދި ރިޕޯޓުތަކުން ބުނާ ގޮތުގައި އޭނާ އަންނަނީ ދިރިއުޅޭ ތަނެއް ވެސް ހޯދަމުންނެވެ.
ޖެނިފާ އާއި އެފްލެކްސް ކައިވެނީގެ ގޮތުން ގުޅުނީ 2022 ވަނަ އަހަރު ޖުލައި މަހު އެވެ.
ނަމަވެސް މިހާރުގެ ހުރިހާ އިވެންޓަކަށް ވެސް އެ މީހުން ދަނީ އެއްކޮށެވެ. މި ސަބަބާ ހެދި މީޑިއާތަކަށް ވަނީ އެ މީހުންގެ ގުޅުމުގެ ހަގީގަތަކީ ކޮބައިކަން ސާފުވާގޮތް ނުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy