ޖޮނީ ވެކްޓަރާ
27 މެއި 2024 - 12:28
މީހަކު ދިން ބަޑީގެ ހަމަލާއެއްގައި ހޮލީވުޑް އެކްޓަރު ޖޮނީ ވެކްޓާ މަރުވެއްޖެ އެވެ.
އެކްޓަރު ޖޮނީ ވެކްޓާ، 37، އަކީ ފިލްމް "ޖެނެރަލް ހޮސްޕިޓަލް" އަދި "ކްރިމިނަލް މައިންޑް" ފަދަ ފިލްމުތަކުގައި ފާހަގަކޮށްލެވޭ އެކްޓަރެކެވެ.
މި ހާދިސާ ހިނގީ ލޮސްއެންޖެލިސްގެ ޑައުންޓައުންގައި ތިން މީހަކު ވެގެން ޖޮނީގެ ކާރުގެ ކެޓަލިކް ކޮންވާޓަރު ވަގަށް ނަގަން އުޅެނިކޮށެވެ. އެ ތަނުން މީހަކު ޖެހި ބަޑީގެ ވަޒަން އެރީ ޖޮނީގެ ގަޔަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ދަންވަރު 3 ޖެހިއިރު ހިނގި މި ހާދިސާގައި، ވައްކަން ކުރަން އުޅުނު ތިން މީހުން ވެސް ވަނީ އެތަނުން ފިލައިގެން ގޮސްފަ އެވެ.
މި ހާދިސާގައި މިހާތަނަށް ޝައްކު ކުރެވޭ އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޖޮނީ އެކްޓިން ކެރިއަރަށް ނުކުތީ 2007 ވަނަ އަހަރު ޓީވީ ޝޯ "އާމީ ވައިވްސް" އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
2024
28 May 2024
ދަންވަރު 3 ޖަހާއިރު ހޭލާއުޅެންޖެހޭތަ؟ ބޮއިހަލަކި
އަޅި އަލީ
29 May 2024
ހޮސްޕިޓަލް ގހެ ޑޮކްޓަކަރު އުޅެދާނެ ދެއްތޯ އެމަޖެންސީއެއްގައިވެސް!
ކުޅި މިރުސް
30 May 2024
އެގަޑީގަ ވައްކަންކުރަން އޯކޭ؟ ބަޑިޖަހާ މީހުން މެރުން އޯކޭ؟ މަރުވި މީހާ ދޯ ގޯސްވީ؟