އެމްއެމްޕީއާރްސީގެ އާއި ވީޗެޓާ ދެމެދު ސޮއި ކުރަނީ -- ފޮޓޯ: އެމްއެމްޕީއާރްސީ
29 މެއި 2024 - 11:54
އެމްއެމްޕީއާރުސީ އާއި ޗައިނާގެ ވެއިޝިން ޕޭ (ވީޗެޓް) އާ އެކު ހާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އައިޓީބީ ޗައިނާ 2024 ގައި ބޭއްވި އެ ރަސްމިއްޔާތުގައި އެމްއެމްޕީއާރްސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޒިހުނީ ރަޝީދެވެ. އަދި ވީޗެޓްގެ ރީޖަނަލް ޑައިރެކްޓާ ފޯ ސައުތުއީސްޓް އޭޝިއާ އޭޓީއެން އެންގް އެވެ.
އެމްއެމްޕީއާރްސީއާ އެކު ވީޗެޓުން މިވީ އެއްބަސްވުމުގެ ދަށުން ޑިއުޓީ ފްރީ އާއި ވެލާ ޕްރައިވެޓް އައިލެންޑާއި ބެނިއަން ޓްރީ ވައްބިންފަރާއި ސަލަ ތައި ރެސްޓޯރެންޓްގައި ބޭނުންކުރެވޭނެ އެވެ.
ޗައިނާގެ މަގުބޫލު މޮބައިލް ވީޗެޓް ޕޭ މެދުވެރިކޮށް ބީއެމްއެލްގެ ޕޮއިންޓް-އޮފް-ސޭލް (ޕީއޯއެސްތަކުން ބޭނުން ކުރެވޭ ގޮތް ވަނީ ހަދައިފަ އެވެ. ބީއެމްއެލް އިން އެ ހިދުމަތް ފަށާފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިއުޓީފްރީގަ އެވެ. އެ ވިޔަފާރިތަކަށް މިހާރު އެ އެޕުން ކިއުއާރު ޕޭމަންޓުތައް ހެދޭނެ އެވެ.
ޒިހުނީ ވިދާޅުވީ، ވީޗެޓު މެދުވެރިކޮށް ރާއްޖެ ޕްރޮމޯޓްކޮށް، ޗާއިނާއިން އަންނަ ޓޫރިސްޓުންނަށް ފަސޭހަކަމާ އެކު ފައިސާދެއްކޭނެ ގޮތް ހެދުމަށް މަސައްކަތް ކުރާ ކަމަށެވެ.
ވީޗެޓް ޕޭ އަކީ ޗައިނާގައި އެންމެ މަޝްހޫރު ޕްލެޓްފޯމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން ނިހާމް
30 May 2024
ވީޗެޓް ފެށުމާއެކު ދެން ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދެވޭނެ. ސަބަބަކީ ވީޗެޓްއަކީ ވަރަށް ގިނަ ގައުމުތަކުން ގިނަ ބަޔަކު ބޭނުން ކުރާ އެއްޗެއް އެމީހުންނަށް ކޮމިއުނިކޭޝަންއަށް މި ބޭނުން ކުރެވެންޔާ ގިނަ ފައިދާ ވާނެ
ރުވޭދާ ރަމީޒް
30 May 2024
މިޔާއެކު ޗައިނާއިން އަންނަ ފަތުރުވެރުންގެ އަދަދު ބޮޑުތަނުން ދެގުނަ ވާނެ ކަމަށް ބެލެވޭ.
އަމްޖަދު ތައުފީގް
30 May 2024
ޗައިނާ ކަހަލަ ރާއްޖެއަށް އެއްމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުގެ އެއްމެ މަގުބޫލް ޕްލެޓް ފޯމް ގެނައުން އެއީ މިގައުމަށް ޗައިނާ މީހުން އިތުރަށް އަންނާނެ ކަމެއް
މުހައްމަދު މަފާޒް
30 May 2024
މިއީ އަހަރުމެން ބޭނުންވާ ތަރައްގީ އަކީ. ގައުމަށް ފަައިދާވާކަލަ ކަންކަން. މިޔާއެކު ޗައިނާ ފަތުރުވެރިން އިތުރުވެ ގައުމަށް ވަންނަ ފައިސާ އިތުރުވެގެން ދާނެ
އަހަމަދު ޝަނޫން
30 May 2024
މިޔާއެކު ޗައިނާ މާކެޓް ރާއްޖެއަށް ބޮޑުތަނުން ލިބިގެން ދާނެ.