ޚަބަރު / ރަސްމާލެ

މާލެ ސަރަހައްދުން ކޮންޓްރެކްޓަރަށް ބިންތަކެއް ނުދީ، ރަސްމާލެ ހިއްކަން ފަށަނީ

ފުށިދިއްގަރުފަޅު ހިއްކުމުގެ ތެރެއިން: އެ މަޝްރޫއު ހަވާލުކުރި ސީއެމްސީއާއެކު ސަރުކާރުން ހެދި އެއްބަސްވުން ވަނީ ބާތިލްކޮށްފައި - ފޮޓޯ: މިހާރު

30 މެއި 2024 - 16:43

31 comments

ރަސްމާލެ މަޝްރޫއު ހިއްކަން ހަވާލުކުރި ކުންފުންޏަށް، ސަރުކާރަށް ދިން ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވުމުން، އެ މީހުންނަށް އިތުރު ފުރުސަތެއް ނުދޭން ނިންމި މައިގަނޑު ސަބަބަކީ މާލެ ސަރަހައްދުން ކޮންޓްރެކްޓަރަކަށް ބިންތަކެއް ނުދީ، ކޮންޓްރެކްޓަރުން މެދުވެރިވެގެން ފައިސާ ހަމަޖައްސައިގެން ޕްރޮޖެކްޓް ކުރިއަށް ގެންދަން ސަރުކާރުން ބޭނުންވާތީ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

"އިރާދަކުރެއްވިއްޔާ ރަސްމާލެ ހިއްކުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ އެވެ،" މިއަދު މެންދުރު ބޭއްވި މީޑިއާ ބްރީފިން އަށް ފަހު ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވި އެވެ.

ރަސްމާލެ ތަރައްގީ ކުރަން ފުށިދިއްގަރުފަޅު ހިއްކަން ސަރުކާރުން މިދިޔަ އަހަރުގެ ޑިސެމްބަރު 18 ގައި ހަވާލުކުރީ ކެޕިޓަލް މެރިން އެންޑް އިންވެސްޓްމަންޓް (ސީއެމްސީ)އާ އެވެ.

އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ ބިން ހިއްކުމުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި މާލެ ސަރަހައްދުން 70 ހެކްޓަރުގެ ބިން 99 އަހަރަށް ދޭ ގޮތަށެވެ. ފުށިދިއްގަރުން 60 ހެކްޓަރުގެ ބިމާއި ހުޅުމާލެ އިން 10 ހެކްޓަރުގެ ބިން ދިނުމަށް އޮތީ ނިންމައިފަ އެވެ.

ސަރުކާރުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި ރަސްމާލެ ހިއްކަން އެއްބަސްވީ ގޮތަށް ސީއެމްސީއަށް މަސައްކަތް ކުރިއަށް ނުގެންދެވުމުން އެ ކުންފުންޏާ އެކު ދެން ކުރިއަށް ނުދާން ނިންމާފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި މިހާރު ބޭނުންވަނީ މާ ބޮޑަށް ސަރުކާރަށް ފައިދާވާނެ މޮޑެލްއަކަށް ރަސްމާލެ މަޝްރޫއު ހިންގާށެވެ.

އިރާދަކުރެއްވިއްޔާ ރަސްމާލެ ހިއްކުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ އެވެ،"--- މިނިސްޓަރު

"ކުރިން ރާވާފައި އޮތް ގޮތަށް ކުރިއަށް ނުދިޔައީމާ މިނިސްޓްރީން ނަގާފައި މިނިސްޓްރީ އަށް ކުރިއަށް ގެންދެވޭ ގޮތަކަށް ނޫން އޮތީ ބަޖެޓްގައި ނެތް މަޝްރޫއުއަކަށް ވާތީ. އެހެންވެ ދެން އަޅުގަނޑުމެން މި ޖެހެނީ އެހެން ކަހަލަ ފައިނޭންސިން މޮޑެލްއެއްގެ ތެރެއިން ކުރިއަށް ދާން، އޭގެ މަސައްކަތް އެބަ ކުރިއަށްދޭ. އޭގެ ތަފުސީލް މާލަސްތަކެއް ނުވެ ހާމަ ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަމާޒަކީ ރަސްމާލެ އަށް ބޭނުންވާ ހުރިހާ ބިމެއް މި އަހަރު ނިމުމުގެ ކުރިން ހިއްކައި ނިންމުމެވެ.

ފުށިދިއްގަރު ފަޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދީގެން ތަރައްގީކުރަން ނިންމާފައިވާ ތަނެކެވެ. ހިއްކާ ބިމުގެ ބަދަލުގައި ބިން ދޭ މޮޑަލަށް މި ސަރުކާރުން އެއްބަސްވީ، އެ ފަޅު ހިއްކަން މި އަހަރުގެ ބަޖެޓުގައި ހިމެނި 400 މިލިއަން ރުފިޔާ، އިދިކޮޅުގެ މެޖޯރިޓީ އޮތް މަޖިލީހުން އެ ބައި އެކީގައި އުނިކުރުމުންނެވެ.

ދައުލަތުން ހަރަދެއް ކުރުމުގެ ބަދަލުގައި ބިންތަކެއް ދޭ ގޮތަށް 8 މަސް ތެރޭ މަސައްކަތް ނިންމަން މިދިޔަ އަހަރުގެ ޑިސެމްބަރު 18 ގައި ހަވާލުކުރި ނަމަވެސް މިހާރު އެ މަސައްކަތް މެދުކެނޑިފައިވާ އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. އޭރުގެ ތާވަލަށް ބަލާ ނަމަ އެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ތެރޭގައި ނިންމަން ޖެހެ އެވެ.

ރަސްމާލެ މަޝްރޫއު އާ މޮޑެލްއަކަށް ހިންގަން ސަރުކާރުން ނިންމިއިރު، އެ މަޝްރޫއު ހަވާލުކުރި ގޮތުން ވެސް އޭރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. ސީއެމްސީ އަށް ބިން ހިއްކުމުގެ ބަދަލަށް ހުޅުމާލެ އަދި ރަސްމާލެ އިން ބޮޑު ބިމެއް ހިލޭ ދޫކޮށްލުމަކީ ބޮޑު ގެއްލުމެއް ދައުލަތަށް ލިބޭނެ ކަމަށް ބުނެ ފާޑުކިޔާފައި ވެ އެވެ. މަޝްރޫއު ހަވާލުކުރި ގޮތް ތަހުގީގު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހަޅާފައިވާއިރު، އެ މައްސަލަ އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ.

ސީއެމްސީ އަކީ ރާއްޖޭގައި އެހެން ބޮޑެތި ބިން ހިއްކުމުގެ މަޝްރޫއުތައް ވެސް ކުރިއަށް ގެންގޮސްފައިވާ ކުންފުންޏެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގައި ހިމެނޭ ހުޅުމާލެ 3 އަދި ތިލަފުށީގެ ހަތަރު ވަނަ ބަޔާއި ދިޔަނެރު ފަޅު ހިއްކައި ރިވެޓްމެންޓް ޖެހުމާއި މަގުތައް ހެދުމާއި ފާލަން ހެދުމާއި ޖެޓީ ހެދުމަށް ސީއެމްސީސީއާ އެޗްޑީސީ އިން ހަވާލުކުރީ އެ ވެރިކަމުގެ ފަހު ދުވަސްކޮޅެވެ.

އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، އެ މަސައްކަތުގެ ބަދަލުގައި ތިލަފުށިން ހިއްކާ 9.6 ހެކްޓަރު އެއްކޮށް އަދި ހުޅުމާލެ ފޭސް 3 އިން 10 ހެކްޓަރު ބިން ސީއެމްސީއަށް ލިބޭ ގޮތަށެވެ. އެއީ އެޗްޑީސީ އަށް ހުށަހަޅާ ކޮމާޝަލް ޕްލޭނެއްގެ ދަށުން، ސީއެމްސީން ހިޔާރުކުރާ ކޮންމެ ޕްލޭނެއްގެ ދަށުން އެ ކުންފުންޏަށް ދޭން އެއްބަސްވެފައިވާ ބިމުގެ ސަރަހައްދެކެވެ.

31 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 19%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގުލުމީ

31 May 2024

ސާބަހޭ މުއިޒު ތީ މޭންއެއް

The name is already taken The name is available. Register?

ނުލުމީ

01 June 2024

ޑިސެމްބަރުގަ ހުރީ އެހާ ދުރުވިސްނޭ ރައީސެއް ނޫންކަމަށް އެންމެ ފަހުން އެނގުނީ

The name is already taken The name is available. Register?

ހޔޅބ

31 May 2024

ދެން އިވޭނީ ވެލިވެސް ނާޅާ ބިންހިއްކާ ވާހަކަތޯއްޗެ. ލޮލް

The name is already taken The name is available. Register?

ޖައްސާށޭ

31 May 2024

ރާއްޖެ ތަރައްގީ ވާނީ ރަސްމާލެ ހިއްކާ ރަސްމާލެ އާއި މާލެ ތިން ބުރިއަށް ހަދާފައިވާ ރިންގް ބްރިޖް އިން ގުޅުވާލާ އަދި ބްރިޖް އަޅަމުން އަންނައިރު އޯވަރއޯޝަން އައިލެންޑް ތައް ވެސް ކަނޑުހިއްކަމުން ހަދަމުން ދާނީ ބްރިޖްގެ ތަނބުތައް ޖެހުމަށްޓަކައި ކޮންމެ 100 މީޓަރަކުން ކަނޑުން 2 ހެކްޓަރުގެ ރަށެއް ހިއްކާނީއޭ ވަށާ ބޮޑުހިލަ ޖަހައިގެން ދެން ރާއްޖެތެރެއަށް ބަޖެޓުން ކުރާ ކެޕެކްސް ޚަރަދު ހުއްޓާލާ އެފައިސާ ރަސްމާލެ އަށް ބަދަލުކުރާށޭ އެއިރުންނޭ ބަޖެޓް އަރަނިވާނީ

The name is already taken The name is available. Register?

ވިސްނާލުމަށް އެދެމޭ

31 May 2024

ރާޖޫއަށް ބަދަލުދޭން ނުޖެހި ތިކަމުން ސަލާމަތްވާނެހެން ހީވޭތަ...ރާޖޫ ކޯޓަށްދާނެ އެހާތަނުން ސަރުކާރުން ކޯޓުންބޭރުން އެއްބަސްވުމެހަދާ ބަދަލުދީ ނިންމީމަ ރައްޔިތުންގެ ގެދޮރު އާސްމާނަށްއަރާނެ.....މިސިޔާސީ މީހުންގެ ސަބަބުން ރައްޔިތުންނަ ހަމަޖެހުމެނުލިބޭނެ..

The name is already taken The name is available. Register?

އަފްރާސިޔާބު

31 May 2024

ބަދަލު ދޭންޖެހުނަސް އެއީ މައްސަލައެއް ނޫން. ބަދަލެއްގެ ގޮތުގައި 5 ބިލިއަން ރުފިޔާ އާއި 3 ފަޅެއް ހިލޭ ހިނބައިން ދިނީމާ ރައްޔިތުން އަތުން އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހޭނެ ނޫން.

The name is already taken The name is available. Register?

ވިސްނާށޭ

31 May 2024

ރަސްމާލެ ހިއްކުމަކީ އެއީ ކުރަން ޖެހޭނެ ކަމެއް އެކަން ކުރެވޭނީ ހަމައެކަނި ޗައިނާ އަށް އެނޫން ބަޔަކަށް ތިޔާ ކަން ނުކުރެވޭނެއޭ އެއީ ވާނޭ ކަމެއް ނޫނޭ...

The name is already taken The name is available. Register?

ވަކަރުގޭ ކުލޫނީ

31 May 2024

މީ ވަރަށް ކަންބޮޑުވާންޖެހޭ މައްސަލައެއް. ދިވެހިރާއްޖޭގައި ބިދޭސީން ގެންގުޅޭ ކުންފުނިތަކާއި ވިޔަފާރިތަކުން އެފަދަ ފަރާތްތަކުގެ ކަންކަން ބަލަހައްޓަމުން ދަނީ ކިހިނެއްތޯ ބަލާ އެއްވެސް އޮތޯރިޓީއެއް ނެތުމުގެ ސަބަބުން، ޤަވާއިދާ ޚިލާފަށް ބިދޭސީން ގެންގުޅޭ ފަރާތްތަކަށް ޤަވާއިދާ އެއްގޮތަށް ބިދޭސީން ގެންގުޅޭ ފަރާތްތަކަށްވުރެ ލިބޭ އެޑްވާންޓޭޖް ވަނީ ބޮޑުވެފައި. ވިސާފީ އެއް އިންޝުއަރެންސެއް، އަދި ދައުލަތަށް ދައްކަންޖެހޭ ކޯޓާފީއެއް ނުދެއްކިއަސް އޯކޭ! ހާލަތު!

The name is already taken The name is available. Register?

އަފްރާސިޔާބު

31 May 2024

ތިހުންނަނީކީ މާ ކަންބޮޑުވާންޖެހޭ މައްސަލައެއް ނޫނެއް ނުން. ކަންބޮޑުވާނީ ދިވެހިރައްޔިތަކަށް ހިލޭ އެއްޗެއް ދެންޏާ. ފައިސާ ނަގާނީ ދިވެހިން އަތުން. ޖުރުމާނާ ފައިސާ އަކީ އެ ދައްކާ މީހުންނަށް އޮންނަ އެއްޗެއް.

The name is already taken The name is available. Register?

ދުންދަނޑި

31 May 2024

މިހާރުވެސް ހިއްކަނީ އެމްޓީސީސީގެ ތަކެތީގަ. ފައިސާ ނަގަންވީމަ ސީއެމްސީ

The name is already taken The name is available. Register?

ރަނގަޅަށްލިޔެބަލަ

31 May 2024

ސީއެމްސީ އަކީ ސީއެމްސީސީއާ އެއްނޫން

The name is already taken The name is available. Register?

އަލީ2778

31 May 2024

ދެން އެވެރިން ހުޅުމާލެ އިން ވިއްކި ބިންތަކުގެ ރުފިޔާ ކިހިނެއްތޯ އަނބުރާ ހޯދާނީ؟

The name is already taken The name is available. Register?

ބަލާތި

31 May 2024

ރަސްމާލެ ހިއްކުމަށް ޓަކައި ހަދަންޖެހޭ ގޮތަކީ މާލެ ސަރަހައްދުން ހުޅުމާލޭން 1 ހެކްޓަރުގެ 1000 ގޯތި ރިސޯރޓް ތަކުގެ މާލެ އޮފީސް ހެދުމަށް ޓަކައި ކޮންމެ ރިސޯރޓަކަށް 10 މިލިއަން ޑޮލަރަށް ބިމެއް ވިއްކަންވީ 1 ރިސޯޓަށް ގަނެވިދާނެ 10 ބިން ވެސް ފައިސާ ދައްކަން ޖެހޭނީ ޑޮލަރުން އެ މޮޑެލް ގެ ދަށުން ހިއްކޭނެ ރަސްމާލެ އަދި މަހާ ޖައްރާފް އަވަހަށް ރިޕެއަރ ކޮށްގެން އޭގެ ފަޅުވެރިންނަށް ކުރިން ދިން މުސާރަދީގެން މަހާ ޖައްރާފް ބޭނުންކޮށްގެން ރަސްމާލެ ހިއްކަންވީއޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454