ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް.
01 ޖުލައި 2025 - 11:12
އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހަދަމުން އަންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އަންނަ ސެޕްޓެމްބަރަށް އެއްކޮށް ނިމޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ކްރެޑިޓްލައިނުގެ ދަށުން ތަރައްގީ ކުރަމުން އަންނަ އެ އެއާޕޯޓުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސެޕްޓެމްބަރުގެ ނިޔަލަށް އެއްކޮށް ނިމެނޭ އެ ޕްރޮޖެކްޓްގެ 88.7 ޕަސެންޓް މިހާރު ވަނީ ނިމިފައި ކަމަށެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެއާޕޯޓުގެ ރަންވޭގެ މަސައްކަތް އެއްކޮށް މިހާރު ނިމިއްޖެ އެވެ. އަދި ޕަސެންޖާ ޓާމިނަލުގެ 83 ޕަސެންޓް ނިމިފައިވާ ކަމަށާއި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި އެއާކްރާފްޓް މެއިންޓެއިނަންސް އަށް ހާއްސަ ސަރަހައްދާއި ކާގޯ ބިލްޑިންގެ 96 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެތަނުގެ މަސައްކަތް އެއްކޮށް ނިމޭނީ ސެޕްޓެމްބަރުގައި ކަމަށް މިނިސްޓަރު ވިދާޅުވިއިރު ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް މި މަހުގެ 26 ގައި ހަނިމާދޫ އެއާޕޯޓު ހުޅުވާ ކަމުގެ އަޑުތަކެއް ވެސް އެރި އެވެ. އެތަން ހުޅުވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގަންނަވާނެ ކަމަށް ވާހަކަ ދެއްކެވުނަސް ރަސްމީކޮށް އެކަމާ ގުޅިގެން ސަރުކާރުން ވަކި އެއްޗެއް ބުނެފައި ނުވެ އެވެ.
The development of Hanimaadhoo International Airport, financed through the India Exim Bank Line of Credit, remains on track for completion by September 2025. The overall progress stands at 88.7%, with runway construction fully completed. The passenger terminal has reached 83%… pic.twitter.com/vLbXd5NnDs
— Abdulla Muththalib (@muththo) July 1, 2025
މިދިޔަ މެއި މަހު އޮތް ޕްރެސް ކޮންފަރެންސްއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޖުލައި 31 ވަނަ ދުވަހުގެ ނިޔަލަަށް އެއާޕޯޓު ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހަނިމާދޫ އެއާޕޯޓަކީ މިވަގުތު ރާއްޖޭގައި ހިންގާ އެއާޕޯޓު ތަރައްގީ ކުރުމުގެ އެންމެ ބިޔަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫއެވެ.
ކަލްޕަތަރު ޕްރޮޖެކްޓްސް އަށް މިހާރު ނަން ބަދަލުކޮށްފައިވާ އިންޑިއާގެ ކުރީގެ ޖީއެމްސީ ކުންފުންޏާ އެ އެއާޕޯޓްގެ މަސައްކަތް ހަވާލުކުރީ ސެޕްޓެމްބަރު 2022 ގަ އެވެ. އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތެއްގެ އިތުރުން ފިއުލް ފާމެއް ހެދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
އެ އެއާޕޯޓު ތަރައްގީ ކުރަނީ އެންމެ ބޮޑެތި ބޯޓު ވެސް ޖެއްސޭ ގޮތަށެވެ. އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ މަޝްރޫއަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީސަ
01 July 2025
ސެޕްޓެންބަރ އަށް ހާދަ ކަންތައް ތަކެއް އެބަ ނިމިޔޭދޯ!
ހަޑި ޑިޒައިން
01 July 2025
އައްޗީޑި ތިޔޮއް ހަޑި ޑިޒައިނެއް. ހެޔޮނުވާނެ އިންޑިޔާއަށް ޕްރޮޖެކްޓެއް ޑިޒައިން ކުރަންދޭން. ނިމޭ އިރު ހުންނާނީ ޗަކަ ގަނޑެއްހެން.
މަނަސް
01 July 2025
ހާދަހަޑި ކުލައެކެވެ. އިންޑިޔާ ޗަކަކުލަތަ ތިތާލާފަ އެހެރީ؟
އައްބެ
01 July 2025
ރައްޔިތުން ވޯޓު ދީގެން ނުވަތަ ވޯޓު ވިއްކައިގެން ވެރިން ހޮވަނީ އެމީހުން އަމިއްލައަށް އާދޭސްކޮށްގެން ޤައުމު ހިންގައި ތަރައްޤީކުރަން އެމީހުންނަށް ބޮޑު މުސާރައާއިއެކު. އެހެންވީމާ އެމީހުންނަށް ޝުކުރުއަދާކޮށް ހުޝާމަދުކުރާކަށް ނުޖެހޭ. އެމީހުން މަޝްރޫއުތައް ހިންގަނީ ރައްޔިތުންގެ ފައިސާއިން ނުވަތަ ރައްޔިތުންގެ ނަމުގައި ނަގާ ބޮޑެތި ލޯނުން.
ކުރީ ސަރުކާރު.
01 July 2025
ތަރައްގީގެ ބާނީން ރައީސް ޔާމީން، ރައީސް އިބޫ. ކުރީ ސަރުކާރުން ދިވެހި ބަހުން ވާހަކަ ދެއްކީތީ، ތުރުކީ ބަހަށް ރަސްމީ ބަސް ހަދަންވާނެ.
ޑެބީ
01 July 2025
މޯލްޑިވިއަން ނޫނީ ތިތަނަަށް ޖައްސާނެ އެއަލައިނެއްވާނެބާ. ކިތަންމެ ރީތިކޮށް މޮޅުކޮށް ތަންތަން ހެދިޔަސް ޑިމާންޑެއް އޮވެގެންދޯ ފައިދާވާނީ
ހުއްތުބޭ.
01 July 2025
މިމީހުންނަށް ހީވަނީ ކ.އަތޮޅު މާލޭ އެއަރޕޯޓް ނޫން އެހެން އެއާޕޯޓަކަށް ޖައްސާނެ ބޯޓެއް ނެތް ކަމަށް. މިގޮތަށް މިމީހުން އަޑު ފަތުރާ މީހުންގެ ބޮލަށް ވައްދަނީ މިމީހުންގެ ރަށް ނޫން އެހެން ތަނެއްގައި އާމްދަނީ ލިބޭނެ ކަމެއް ކޮށްފާނެތީ އެކަން ހުއްޓުވަން.
އަޖައީބު
01 July 2025
ބަލަ ގަމަށްވެސް ޑިމާންޑް ނެތީމަތަ ސްރީލަންކަން ހުއްޓުވީ. ތިޔަ އުޅެނީ މާލެއަށް ދާ މީހުންތަކުން އެކަކުވެސް މަދުވެދާނީތީ ބިރުން.
ރައްޔިތެއްް
01 July 2025
ޝުކުރިއްޔާ އިބޫ
ޒަރީރު
01 July 2025
މުއްތަލިބޫ މިހާރު ދައުރު 2ބައިވިީ އަދިވެސް ތި އުޅެނީ ތަރައްގީގެ ގާބުރިޔެއްވެސް ބާއްވާނުލެވިގެން . ދައުލަތުގެ ހުރިހާ ފައިސާޔެއް ހަރަދުއެކުރަނީ ބޭރު ގައުމުތަކައް ދަތުރުކުރުމުގާ
އުަމރޭ
01 July 2025
ހުރިހާ ސުކުރެއް ހައްދުވަނީ ކުރީގެ ރައީސް އިބޫއަށް .....ހަޖަމް ކުރަން ދަސްކުރާތި
އައްބެ
01 July 2025
ރައްޔިތުން ވޯޓު ދީގެން ނުވަތަ ވޯޓު ވިއްކައިގެން ވެރިން ހޮވަނީ އެމީހުން އަމިއްލައަށް އާދޭސްކޮށްގެން ޤައުމު ހިންގައި ތަރައްޤީކުރަން އެމީހުންނަށް ބޮޑު މުސާރައާއިއެކު. އެހެންވީމާ އެމީހުންނަށް ޝުކުރުއަދާކޮށް ހުޝާމަދުކުރާކަށް ނުޖެހޭ. އެމީހުން މަޝްރޫއުތައް ހިންގަނީ ރައްޔިތުންގެ ފައިސާއިން ނުވަތަ ރައްޔިތުންގެ ނަމުގައި ނަގާ ބޮޑެތި ލޯނުން.
ޣާޟަޜެ
01 July 2025
ކުރީ ސަރުކާރު ، ކުރީ ސަރުކާރު ، ކުރީ ސަރުކާރު ، ކުރީ ސަރުކާރު، ކުރީ ސަރުކާރު ، ކުރީ ސަރުކާރު،ކުރީ ސަރުކާރު ، ކުރީ ސަރުކާރު ،ކުރީ ސަރުކާރު ، ކުރީ ސަރުކާރު