މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް -- ފޮޓޯ: މަޖިލިސް
30 މެއި 2024 - 21:09
ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
މި ހަފްތާގައި ފެށި މަޖިލީހުގެ 20 ވަނަ ދައުރަށް ހުށަހެޅި ފުރަތަމަ ބިލުގެ ގޮތުގައި އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
ބިލުގައިވަނީ އިޒްރޭލު ޕާސްޕޯޓާއި އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތް ނަމަވެސް އިޒްރޭލު ޕާސްޕޯޓެއް އޮތް ނަމަ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅައިފަ އެވެ.
މި ބިލު ހުށަހަޅަނީ އިޒްރޭލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންގެންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް ބިލުގައި ބުނެފައިވެ އެވެ.
ބިލުގެ މަގްސަދަކަށް އިތުރަށް ބުނެފައިވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ނިމިދިޔަ 19 ވަނަ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވީނަމަވެސް، މިހާތަނަށް ވަކި ގޮތަކަށް އަމަލުކޮށްފައިނުވާތީ ގާނޫނަށް އިސްލާހު ގެންނަން ބޭނުންވާތީ ކަމަށެވެ.
އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ގޮވާލާ ކުރި އިހުތިޖާޖުގެ ބައިވެރިއެއް -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އިޒްރޭލު ޕާސްޕޯޓާއި ޓޫރިސްޓުން ރާއްޖެ އިން ބޮއިކޮޓް ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ކޮމިޓީން ބަލައިދިނުމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު ހައިތަމް އަހުމަދު އެދިވަޑައިގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.
އެ މައްސަލަ ހާރިޖީ ކޮމިޓީން ބަލަނިކޮށް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަޖިލިސް ދޮށަށް ގިނަ ބަޔަކު އެއްވެ މުޒާހަރާ ކުރުމުން، އިޒްރޭލު މީހުން ރާއްޖެ އަށް އައުން ހުއްޓުވުމުގެ ނިންމުން ނިންމަވައި ދެއްވަން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއަކުން ވަނީ ހުށަހަޅައިފަ އެވެ.
އެކަމަކު، އޭގެ ފަހުން މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަން ބަދަލުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެޑައިގެންނެވުމަށް ފަހު ވެސް މަޖިލީހުގެ އެ އެދުމަށް މިހާތަނަށް އަމަލީ ސިފައެއް އައިސްފައެއް ނުވެ އެވެ.
ނަމަވެސް މި ސަރުކާރުން ވަނީ ފަލަސްތީނާއެކު އޮތް ކަން ހާމަކޮށް ވަރުގަދަ ސްޓޭންޑެއް ނަގައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުންޖިޗޭ
31 May 2024
ކޮންބަޔަކަށް ދައްކަން ކުރާ ކަމެއް! ތިމާމެންގެ ފުލް މެޖޯރިޓީ އޮތްއިރު އެކަން ނުކޮށް މިއަދު މާރަނގަޅު ބަޔަކަށް ހެދެންވެގެން ކޮން ދަޅައެއް ދައްކާކަށް! ޤައުމަށް އެއްވެސް ހެވެއް އެދޭ ބައެއްނޫން ތިއީކީ. ތިމާމެންގެ މަޞްލަޙަތު އެކަނި ފެންނަ ޖާހިލު ބައެއްތީ. ރައްޔިތުންނަށް ގެއްލުންވާގޮތަށް ނޫނީ އެއްވެސް ކަމެއް ކޮއްފަކާނެތް ތިމީހުންނެއް. މިއަދު ބާރު ކެނޑުނީމަ ދެބޯގެރި ދުއްވާ ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން އުޅުނަސް އެކަމެއްނުވާނެ.
އުއްތަމަ އުސްތާޛް
01 June 2024
ބަސްބުނާ މީހާއަށް ނުބަލާ ބަހަނާ ނުދައްކާ ސުޕަމެޖޯރެޓީން ތިޔަކަން ފާސްކޮށްލަ ދެއްވާ... މިހާރު ކުރީ ސަރުކާރުން ނުކުރިއްޔޭ! އެމްޑީޕީ ހުރަސް އެޅީއޭ! ކިޔާނެ ޖާގައެއް ނެތް!
ފިތުނަ ނުކުރޭ
01 June 2024
ބަލައުއްތަމަ މޑޕ ގެ ސުޕަ މެޖޯރިޓީގަ ފަލަސްތީނާ ބެހޭގޮތުން ހުށަހެޅި ގަރާރު ބޭރުކޮށްލީ ހަމަ ތިޔަ މެމްބަރުވެސް ވޯޓުދީގެން ނޭ.
ރެއްކާ
31 May 2024
މަހުވާ! ކުރާނެ ނުކުރާނެ ކަމެއްނޭގިގެން އެމްޑީޕީ މޮޔަވަނީ
ކަނބިލި
31 May 2024
އެއްވެސް އިޚްލާްސްތެރިކަމެއް އޮވެގެން ކުރަންއުޅޭ ކަމެއްނޫން. ޣައްޒާގެ ގަތުލުއާންމަށް 8 މަސްވީއިރު، ސުޕަމެޖޯރިޓީ އޮތްއިރު ތިޔަނުކުރީ ކީތްވެ. އެމްޑީޕީގެ ފުރަތަމަވެރިކަމުގައި އިޒުރޭލާ ގުޅުން ބަދަހިކޮށް އެއްބަސްވުންތައް ހަދއި، ޔަހޫދީ ޑޮކްޓަރުން ރާއްޖެ ގެނެސް ޔުނެސްކޯގެ ބައްދަލުވުމެއްގައި ފަލަސްތީނާ އެއްކޮޅަށް ވޯޓުނުލާން ވެގެން ރާއްޖޭގެ މަންދޫބު ފިލީ. މިއަދު ފަލަސްތީނޭ ކިޔައިގެން ތިޔަ އުޅެނީވެސް ރާއްޖެއަށް ގެއްލުން ދޭންވެގެން.
ބަހާރު އަލީ
01 June 2024
އިޚްލާސްތެރިކަން ހުރިއްޔާ ބަހަނާ ނުދައްކާ އެކަން ކޮށްލަދީބަލަ
ބަރަނިބޭ
31 May 2024
މިދެން ކަމެއް ވިސްނިގެން ނުވަތަ ބަޔަކަށް ލަޑެއްދޭން އުޅޭފާޑަކަށް މިއުޅެވެނީ. އިޒުރޭލު ނަގަހައްޓަނީ އެމެރިކާ އަދި ހުޅަގުގެ ބާރުގަދަ އިގިރޭސިން ޖަރުމަން ފުރާންސް ފަދަގައުމުތަކުން. ފުރަތަމަ މިގައުމުތަކުން ރާއްޖެ އެތެރެވާ މިންވަރު މަދުވެގެން މިހާރުވެސް ގައުމުރޮނީ. ކީއްވެކަން އިގޭބާ. މިބުނާމީހުން ރާއްޖެ އެތެރެނުވާނަމަ ތިޔަމަޖިލީހުގެ މެންބަރުންގެ މުސާރަ ކަށަވަރުވެދާނެ ކަމާއިމެދުވެސްސައްކު. ތާވަޅެއް ބޮލަށްފިތާލީމަ އުޅޭހެން އުޅެން މިއުޅެވެނީ
ާނިޔަނެ
31 May 2024
މިމީހުންގެ އިޚްލާޞްތެރިކަން. މިމީހުންގެ ޕަވަރު އޮތްއިރު އެއްވެސްކަމެއް ނުކޮށް ފާޑު ފާޑުގެ ބިލު ހުށަހަޅަނީ
ކަމުޒާ
31 May 2024
ކުރީގެ ޓުވީޓާ ޕޯސްޓު ތަކުން ހިޔެއްނުވޭ ތިހާ އިސްލާމު ދީންދެކެ ލޯބިވާހެނެއް
ނަތަން
31 May 2024
އިޒްރޭލު މީހުން ބިރުން ތުރުތުރު އަޅާނެ އެމްޑީޕީ ގެ މި ހިއްވަރުގަދަ ހަމަލާގެ ސަބަބުން
ގަލޮޅުދެކުނު ބޮލުރޮދިން ވެއްދި ބޮލުރޮދި
31 May 2024
1. 2 ދައުލަތުގެ ހައްލު ގަބޫލުނުކުރަނީތޯ އަހާލަބަލަ؟ 2. އިޒުރޭލު ރަށްވެހިކަންއޮންނަ މުސްލިމުން އުޅޭކަން ނޭގެނީބާ؟ 3. ޢިޒުރޭލު ސަރުކާރުން ކުރާކަމަކަށް ކަލެއްކްޓިވް ޕަނިސްމެންޓް އާމުންނަށް ދޭން މިގޮވަނީ ކީވެބާ؟ ޑިމަކުރަސީގެ ރަސްގެފާނުން ފިތުނަ އުފައްދަން ކިޔޭނުކިޔޭއެއް ނޭގޭދޯ. ހުޅަގާއި އިޒުރާއީލުގެ ފޮތުން ކިޔެވީމާ ތިހެންވާނެ
އަހޫ2
31 May 2024
ރަނގަޅު ވާހައެއް އިޒުރެއިލް ޕާސްޕޯޓު އޮންނަ މުސްލިމުން ވެސް އުޅޭ އަދި ހަމަ އަހަރުން ވިސްނާލަން ޖެހޭ އިޒުރެއިލުން ފަލަސްތީނަށް ކުރާ އަނިޔާ އާ ދެކޮޅަށް ފަލަސްތީނު މީހުންގެ އިންސާނީ ހައްގުތަކަށް މުޒާހަރާ ކުރާ އިޒުރެއިލް މީހުން ވެސް އެބަ އުޅޭ މިމީހުން މިކަން ކުރަނީވެސް އިޒުރެއިލު ސިފައިން މިމީހުން ގައިގައި ތަޅާ ރޯނާ ގަންނަވާއިވެސްމެ ހަމަ އިޒުރެއިލު މަގުތަކުގައި
ޓެސްޓް
31 May 2024
މިއީ މިސަރުކާރުގެ ފުރަތަމަ ޓެސްޓް.......... ޓެސްޓް ޕޭޕަރު މިވަނީ ހަވާލުކޮށްފައި......... ރައްޔިތުން ތިބީ ބަލަން.......
މާގޮށްފާޅަ
01 June 2024
ބޭކާރު ޓެސްޓެއް. ތިކަރުދާސް ފުރަތަ ހަވާލުކުރީ މޑޕ ސުޕަ މެޖޯރިޓީއާ. ޓެސްޓް ޕޭޕަރު ބޭރުކޮށްލީ.
ބޭން
31 May 2024
މިފަހަރު އިގޭނެ މަގެ ދީނޭ ކީ މީހުންގެ އިހުލާސްތެރިކަން ހުރިވަރު. ބޯޅަ އެއޮތީ މަޖުލިހުގައި. ތަމެންގެ ސުޕާ މެޖޯރިޓީ ދީނަށް ޓަކާ އިޒުރާއިލު ޕާސްޕޮޓް ބޭން ކުރޭ.