ޕްރޮމޯޝަނަލް ނިއުސް / ލޮލުގެ ފަރުވާ

ލޮލަށް ފުސް އެރުމުގެ ފަރުވާ: ކެޓެރެކްޓް ސާޖަރީއާ އެކު ޕްރިމިއަމް ލެންސް އޮޕްޝަން

އައިކެއާ ގެ އިމާރާތް. ލޮލުގެ ގިނަ ފަރުވާތަކެއް އައިކެއާއިން ލިބޭ -- ފޮޓޯ: އައިކެއާ

31 މެއި 2024 - 08:47

އުމުރު މަތިވުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކުގެ ތެރެއިން އާއްމު ދިރިއުޅުމަށް އަސަރުކޮށް, އުނދަގޫތަކާ ކުރިމަތިލާން ޖެހޭ އެއް މައްސަލަ އަކީ ލޮލަށް ފުސް އެރުމެވެ. ލޯ ފުސްވެ، މަގުމަތީގައި އުޅުމަށް ދަތިވެ, ފޯނާއި ޓީވީ ވެސް ބަލަން އުނދަގޫވާ ހިސާބަށް ދެ އެވެ. ވަށައިގެންވާ މުޅި މާހައުލު ފުސްކަމެއްގެ ތެރެއިން ފެންނަ ފަދަ އިހުސާސެއް ކުރެވި, އާއްމުކޮށް ފެންނަމުން ދިޔަ ކުލަތައް ފަނޑުވެ, އަތްވާއި އަލިން އުނދަގޫ އިހުސާސްކުރެވުމަކީ ބައެއް މީހުންނަށް ނުތަނަވަސްކަމާ ވެސް ކުރިމަތިލާން ޖެހޭ ކަންކަމެވެ.

މި ކަންތައްތަކަކީ އާއްމުކޮށް ލޮލަށް ފުސް އެރުމުން ދިމާވާ މައްސަލަތަކެވެ. ލޮލަކީ ހަށިގަނޑުގެ އެންމެ ނާޒުކު ގުނަވަނަށް ވާއިރު, ލޮލާ ގުޅޭ ކޮންމެ ކަމަކީ ވެސް އަޅާނުލައި ދޫކޮށްލަން ނުވާނެ ކަންތައްތަކެވެ. އަދި ލޮލުގެ ބައްޔަކަށް ފަރުވާ ހޯދުމުގައި ވެސް ފަރުވާކުޑަކުރާކަށް ނުވާނެ އެވެ. ފަރުވާ ހޯދަން ދާން ވާނީ ވެސް, ލޮލުގެ ތަޖުރިބާކާރުން ހިމެނޭ, އިތުބާރުކުރެވޭ, ރަނގަޅު ތަނަކަށެވެ.

ރާއްޖޭގައި ލޮލުގެ ފަރުވާއަށް ހާއްސަ، އައިކެއާ ހޮސްޕިޓަލްއަކީ ލޮލުގެ އެކި މައްސަލަތަކަށް ފަރުވާދޭ, ކަމުގެ ދުވަސްވީ ތަޖުރިބާ ހުރި ޑޮކްޓަރުންގެ ޓީމެއް ހިމެނޭ ތަނެކެވެ. މި ތަނުގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާ އެކު އެކި ފަންތީގެ ލޮލުގެ އޮޕަރޭޝަންތަކާއި ޕްރޮސީޖާތައް ވެސް ހަދަ އެވެ. މި ތަނުން ލޮލަށް ފުސް އެރުމުގެ މައްސަލަ ކުރިމަތިވުމުން ހަދަންޖެހޭ ކެޓެރެކްޓް ސާޖަރީ ވެސް ހެދެ އެވެ.

ކެޓެރެކްޓް ސާޖަރީ އަކީ ލޮލުގެ ފެނުން ސާފުކޮށް ކުރިން ހުރި މިންވަރަށް ފެނުން ރުޖޫއަކޮށްދިނުމަށް އެހީވާ ސާޖަރީއެކެވެ. މި ސާޖަރީގައި ފުސްއަރާފައި އިން ލެންސް ނެގުމަށްފަހު އޭގެ ބަދަލުގައި އާޓިފިޝަލް ލެންސް ނުވަތަ އިންޓްރޮކިއުލާ ލެންސް (އައިއޯއެލްއެސް) ލައްވަ އެވެ. އައިކެއާގައި ކޮންމެ އަހަރަކު ވެސް ގިނަ އަދަދަކަށް މި ސާޖަރީ ކުރެ އެވެ.

މި ސާޖަރީގައި ބޭނުންވާ އެންމެ ޕްރިމިއަމް ލެންސް ވެސް އައިކެއާއިން މިހާރު ލިބެން ހުރެ އެވެ. ސެންސިޓިވިޓީއަށް ހާއްސަ ލެންސާއި ދުރާއި ކައިރިވެސް ސާފުކޮށްދޭ ލެންސް އެ ތަނުގައި ހުރެ އެވެ. ލިބެން ހުންނަ ބްރޭންޑް ތަކުގެ ތެރޭގައި އަލްކަން ޕެނޮޕްޓިކްސް އައިކިއު ޓްރައިފޯކަލް ލެންސް އަދި ބީވީއައި އެޑޮފް ލެންސް ލެއްވެން ހުރެ އެވެ.

އައިކެއާގެ އެކްސްޕާޓު ޓީމުން ކޮންމެ ސާޖަރީ ޕޭޝަންޓަކަށް ވެސް އެ ޕޭޝަންޓަކަށް ބޭނުންވާ މައުލޫމާތާއި ހިދުމަތް އެންމެ ފުރިހަމައަށް ދިނުމަށް މަސައްކަތް ކުރެ އެވެ. އައިކެއާ ހޮސްޕިޓަލުން އެންމެ ފުރަތަމަ ކޮންސަލްޓޭޝަންއިން ފެށިގެން ޕޭޝަންޓަށް ބޭނުންވާ ފަރުވާ ނިމެންދެން އެ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ހިދުމަތް ލިބޭނެ އެވެ.

އައިކެއާއިން ފަރުވާ ހޯދުމަށާއި ލެންސްގެ މައުލޫމާތު ހޯދުމަށް 3321026 އަށް ގުޅައި އެޕޮއިންޓްމަންޓު ހެއްދޭނެ އެވެ.

އެޑިޓާސް ނޯޓް: މިއީ އައިކެއާގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 25%
icon inlove icon inlove 25%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454