ބުޅާ
04 ޖޫން 2024 - 05:42
ގޭގައި ގެންގުޅޭ ޕެޓުން ކުދިންނަށް އުފާވެރިކަން ގެނެސްދޭނެ އެވެ. އަދި އެއީ އެ ކުދިންނަށް ފައިދާހުރި ތަޖުރިބާއެއް ކުރެވޭނެ ފަދަ ކަމެކެވެ.
އަދި ގޭގައި ގެންގުޅޭ އެފަދަ ޖަނަވާރުން ކުދިންނަށް އުފާވެރިކަން ގެނެސްދެ އެވެ.
މަސް
ފުރަތަމަ ޕެޓެއް ގެންގުޅުމަށް މަހަކީ ރަނގަޅު ޗޮއިސް އެކެވެ. އެގޮތުން ގޯލްޑްފިޝް އަކީ އެންމެ ރަނގަޅު ޗޮއިސް ކަމަށް ހީވިއަސް ބެޓާ ފިޝް އަށްވުރެ ގޯލްޑް ފިޝް ގެންގުޅެން އުނދަގޫ ވާނެ އެވެ.
ވެލާ
ޖަނަވާރަކަށް ވުރެ ވެލާ ކަހަނބު ފަދަ އެއްޗެއް ކުދިންނަށް ޕެޓެއްގެ ގޮތުގައި ދިނުން ރަނގަޅު ވާނެ އެވެ. އަދި މީގެ ފައިދާ އަކީ މިއީ އެލާޖިކް ނޫން އެއްޗަކަށް ވުމެވެ.
ދޫނި
ދޫންޏަކީ ވެސް ވަރަށް ރަނގަޅު ޗޮއިސްއެކެވެ. މަހެއް ނުވަތަ ވެލައެއް ބެލުމަށް ވުރެ ޑިމާންޑު ބޮޑީ ދޫންޏަށެވެ. އަދި ބައެއް ދޫންޏަކީ ވަރަށް ބުއްދިވެރި ދޫންޏަށް ވާއިރު އަނެއްބައި ދޫނި ވަރަށް ސޯޝަލައިޒް އެވެ. އަދި ހުރިހާ ދޫންޏަކަށް ކޮންމެ ދުވަހަކުވެސް ސަމާލުކަން ދޭން ޖެހެ އެވެ.
ބުޅާ
ބުޅަލަކީ ކުޑަކުދިން އެންމެ ގަޔާވާ އެއް ޖަނަވާރެވެ. ހާއްސަކޮށް ފްލަފީކޮށް ހުންނަ ބުޅަލެވެ. ނަމަވެސް ބުޅަލެއް ޗޫޒް ކުރާއިރު ކުދިންނާ ގުޅޭ ކަހަލަ ބުޅަލެއްތޯ ބެލުން ވަރަށް މުހިއްމު ވާނެ އެވެ.
ކުދިންނަށް ޕެޓެއް ގަންނަން ބަލާނަމަ، މިތަނުން ކޮންމެވެސް އެއްޗެއް ޗޫޒް ކުރުން ރަނގަޅު ވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޭޕަލް (މޭޕީ)
04 June 2024
ކުޑަ ކުދިންނަށް 'ޕެޓް' އެއް ގަތުމުގެ ކުރިން ދިރޭ އެއްޗެހީގެ އަގުވަޒަން ކުރަން ދަސްކުރުން ވަރަށް މުހިންމު. އަދި އެ އެއްޗެއްސަށް އަޅައިލާނީ ކިހިނެެއްކަން ދަސްކޮށްދޭންޖެހޭ. މިކަންކަން ދަސްނުކޮށް 'ޕެޓް' އެއް ގެނައުމުން އެވެވެނީ އިހުމާލެއް. މާލޭގެ މަގުތަކުގައި ގިނައިން ތިބެނީ މީހުން ބަލަން ބޭނުން ނުވެގެން ދޫކޮށްލާފައި ހުންނަ ބުޅާތައް