ދުނިޔެ / އިޒްރޭލް

ޣައްޒާގެ ސުލްހައިގެ އާ ޕްލޭނަށް އެއްބަސްވެއްޖެ ނަމަ އިޒްރޭލުގެ ސަރުކާރު ރޫޅާލާނެ ކަމުގެ އިންޒާރު

އެމެރިކާ ފަހަތުގައި އޮވެގެން ހުށަހަޅާފައިވާ ޣައްޒާގެ ސުލްހައިގެ އާ ޕްލޭނަށް އެއްބަސްވާން ގޮވާލައި އިޒްރޭލުގެ ގިނަ ބަޔަކު ނުކުމެ މުޒާހަރާ ކުރަނީ. --ފޮޓޯ: އޭއެފްޕީ

02 ޖޫން 2024 - 09:53

5 comments

ފަލަސްތީނުގެ ޣައްޒާގައި ދާއިމީ ސުލްހަ ގާއިމުކުރުމަށް އެމެރިކާ އިން ފަހަތުގައި އޮވެގެން ހުށަހަޅާފައިވާ އާ ޕްލޭން ގަބޫލު ކޮށްފި ނަމަ އިޒްރޭލުގެ ސަރުކާރު ވައްޓާލާނެ ކަމުގެ އިންޒާރު އިޒްރޭލުގެ އިސް ދެ ވަޒީރަކު ދީފި އެވެ.

އިޒްރޭލުގެ ފަރާތުން ހުށަހެޅި އާ ޕްލޭންގެ ތަފުސީލް ދެއްވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑަން މިދިޔަ ހުކުރު ދުވަހު ވިދާޅުވި ގޮތުގައި އަލަށް ހުށަހަޅާފައިވާ ޕްލޭން ވަނީ ތިން ފިޔަވަސަކަށް ބަހާލައިފަ އެވެ. ޕްލޭންގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ހަ ހަފުތާ އަށް ހަމަލާތައް ބަދަލުކުރުން ހުއްޓާލުމާ އެކު، ޣައްޒާގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުން އިޒްރޭލުގެ ސިފައިން ފައިބާނެ އެވެ. ރަހީނުން މިނިވަން ކުރުމާއި ގައިދީން ބަދަލުކުރުން ވެސް އެ ފިޔަވަހީގައި ވަނީ ހިމަނައިފަ އެވެ.

އެކަމަކު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ނެޝަނަލް ސެކިޔުރިޓީ މިނިސްޓަރު އިތަމާ ބެން ގަވިއާ އާއި ފިނޭންސް މިނިސްޓަރު ބެޒަލިލް ސްމޮޓްރިކް ވަނީ އެ ޕްލޭނާ ދެކޮޅަށް ތެދުވެ، އިސްތިއުފާ ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.

ބެން ގަވިއާ ބުނީ އޭނާގެ ޕާޓީން ކޯލިޝަނުން ވަކިވެ "ސަރުކާރު ރޫޅާލާނެ" ކަމަށާއި މި ޕްލޭނަކީ ޓެރަރިޒަމަށް ދެވޭ ކާމިޔާބީއެއް ކަމަށެވެ.

"މި ޕްލޭނަށް އެއްބަސްވުމަކީ ފުރިހަމަ ކާމިޔާބީއެއް ނޫން. ފުރިހަމައަށް ބަލި ގަބޫލުކުރުން،" އޭނާ ބުންޏެވެ.

ސްމޮޓްރިކް ވެސް ބުނީ ހަމާސް އެކީގައި ނައްތާލުމުގެ ކުރިން، ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް ޕްލޭނަކަށް އެއްބަސް ނުވާނެ ކަމަށެވެ.

އެކަމުގެ ދިފާއުގައި ނަތަންޔާހޫ ބުނީ މި އާ ޕްލޭންގެ ދަށުން ވެސް ހަމާސްގެ އަސްކަރީ ބާރު އެކީގައި ކަނޑުވައިލެވޭނެ ކަމަށެވެ.

ބެން ގަވިއާ އާއި ސްމޮޓްރިކްގެ ޕާޓީ ސަރުކާރުން ވަކިވެއްޖެ ނަމަ ނަތަންޔާހޫ އަށް މެޖޯރިޓީ ގެއްލޭނެ އެވެ.

މި އާ ޕްލޭންގެ ދެ ވަނަ ފިޔަވަހީގައި ހިމެނެނީ ހުރިހާ ރަހީނުންނާއި ދެ ފަރާތުން ވެސް ހައްޔަރުކޮށްފައިވާ އަސްކަރީ މީހުން މިނިވަން ކުރުމެވެ. އެ މުއްދަތުގައި ސުލްހަ ގާއިމުކޮށްފައި ބާއްވައިފި ނަމަ ދާއިމީކޮށް ހަމަލާތައް ހުއްޓައިލުން ދެ ވަނަ ފިޔަވަހީގައި ހިމެނެ އެވެ.

ތިން ވަނަ ފިޔަވަހީގައި ބައިނަލްއަގުވާމީ ބައިވެރިވުމާ އެކު، ޣައްޒާގައި ގެދޮރާއި ސްކޫލްތަކާއި ހޮސްޕިޓަލުތައް އަލުން ބިނާކުރުން ވަނީ ހިމަނައިފަ އެވެ.

މި ޕްލޭން ގަބޫލުކޮށް، އަވަހަށް ތަންފީޒު ކުރަން ފަށަން، އިޒްރޭލުގެ އެތަކެއް ހާސް މީހުން ވެސް ދަނީ މަގުތަކަށް ނުކުމެ ސަރުކާރަށް ގޮވައިލަމުންނެވެ.

އަލަށް ހުށަހަޅާފައިވާ ޕްލޭނު "ޕޮޒިޓިވް" ކަމަށް ހަމާސް އިން ވެސް ވަނީ ބުނެފަ އެވެ. އެކަމަކު އެ ޕްލޭން ގަބޫލުކުރުމާ މެދު ނިންމުމެއް ހަމާސް އިން އަދި ހާމަކޮށްފައެއް ނުވެ އެވެ.

އެކަމަކު، އިޒްރޭލުގެ ފަރާތުން ބައިޑަން ހުށަހަޅައިދެއްވި މި ޕްލޭނުގައި ޣައްޒާގެ ދެކުނުން އޮންނަ ރަފަހް ސިޓީގައި އިޒްރޭލުން މިހާރު ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަންގެ ސީދާ ވާހަކައެއް ނެތެވެ.

ކުއްލި ގޮތަކަށް އާ ޕްލޭނެއް ހާމަކޮށްފައި މި ވަނީ، ހަނގުރާ ނިންމުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހު ބުނަމުންދަނިކޮށެވެ. އެހެންކަމުން، މިއީ އެމެރިކާގެ ޕްރެޝަރު ބޮޑުވެގެން، އިޒްރޭލުން އެއްބަސްވާން މަޖުބޫރުވި ހާލަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ލަފާކުރަމުންނެވެ.

ދޮޅު މިލިނަހެއްހާ ފަލަސްތީނު ރައްޔިތުން ހިމާޔަތް ހޯދަމުން އަންނަ ރަފަހް އަށް އިޒްރޭލު ސިފައިން އަރައިގަތުމުން، އިޒްރޭލަށް ދޭ ހަތިޔާރާއި އަސްކަރީ އެހީ ދިނުން ހުއްޓައިލަންޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާއިން ދެމުން އަންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ.

ރަފަހް އަށް ވެސް ހުއްޓުމެއް ނެތި ވައިގެ ހަމަލާތައް ދެމުންދާއިރު، މިދިޔަ ހަފުތާގައި ދިން ވައިގެ ހަމަލާއެއްގައި، އެތައް ސަތޭކަ މީހުން ވަގުތީ ހިޔާވަހިކަން ހޯދައިގެން ތިބި ޓެންޓު ކޭމްޕެއްގެ ރޯވެ، 45 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 200 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

އެ ހާދިސާއާ ގުޅިގެން ގިނަ ގައުމުތަކުން ކަންބޮޑުވުންފާޅުކޮށްފައިވާ އިރު، އިޒްރޭލަށް ވާގިވެރިވާ ގިނަ ގައުމުތަކުގެ ފިއްތުންތައް ވެސް އިޒްރޭލަށް ވަނީ ބޮޑުވެފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 35،700 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ.

5 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަތާ-

02 June 2024

މުސްލިމުން ހިފީމަ އެއީ އަމިއްލަ ބިން. މުސްލިމުން އިޒްރޭލް ހިފިޔަސް އެއީ އަމިއްލަ ބިން. މުސްލިމުން މި ބިމަށް އައިއިރު އެ ބަހީ ފަލަސްތީން ފަތަހަ ކުރިއިރު އެއީ 100% ޔަހޫދީ ޤައުމެއް.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

02 June 2024

ކޮންތާކުން ކަލޭ ނެތި ފީކުދާން މައުލޫމާތެއްބާ؟ %100 ޔަހޫދީން ފަލަސްތީނުގައި ތިބީ ކޮން އިރަކުބާ؟ ކަލޭތީ ޔަހޫދީއެއްތަ؟

The name is already taken The name is available. Register?

ހޯސްފޯސް

02 June 2024

ތާރީޚްފޮތްތައް ބުނަނީ އޭރު އެތާ އުޅުނީ އަދި ވެރިކަން ކުރީވެސް ނަޞާރާއިންކަމަށް

The name is already taken The name is available. Register?

ނަތާ-

02 June 2024

ހޯސްފޯސް ކޮންތާކުން ކިޔެވި ތާރީޚް ފޮތެއް. ވެރިކަމުގައި ތިބީ ނަސާރާއިން. އޮތީ ރޯމަން އެންޕަޔަރގެ ދަށުގައި. ނަމަވެސް ރައްޔިތުންނަކީ 100% ޔަހޫދީން. ނަސާރާއިންނަކީ ޔޫރަޕުން އައިސް ތިބި މަތީ ފަންތީގެ ވެރިކަމުގައި ތިބި މީހުނާއި ސިފައިން. ކަލޭގެ އިސްލާމީ ތާރީޚްގެ އެންމެ ފޮތެއް ވެސް ނަގައިގެން ފަލަސްތީން ފަތަހަ ކުރި ވާހަކަ ކިޔާބަލަ ޢަރަބިން ފަލަސްތީންގެ ރަށްތައް ފަތަހަ ކުރިއިރުގައި ސަހަރުތަކުގެ އާބާދީއަކީ 100% ޔަހޫދީން ނޫންތޯ ބަލަން.

The name is already taken The name is available. Register?

މަބުނީ

02 June 2024

ބަލަ ނަތާ މުސްލިމުން މިބިމަށް އައި އިރޭ ތިކިޔަނީ އުމަރުގެފާނުގެ ޚިލާފަތުގެ ވާހަކައެއް ނުން..ބަލަ އިބްރާޙީމްގެފާނާއި އެކަލޭގެފާނުންގެ އަހުލުބައިތުންނަކީ މުސްލިމުންނެއް ނޫންތަ؟؟ އެކަލޭގެފާނަކީ ޔަހޫދީންނަށް ވުރެ ކުރިން ކަންޢާންގެ ބިމުގަ އުޅުއްވި މުސްލިމެއް.އިސްމާއީލްގެފާނާއި އިސްޙާޤުގެފާނާއި ޔައުޤޫބުގެފާނާއި އެކަލޭގެފާނުގެ އަސްބާތުންނަކީ މުސްލިމުން..ވީމާ ޔަހޫދީންނަށް ކޮބާހޭ މުސްލިމުންނަށްވުރެ ކުރިން އެބިމުގަ އުޅެވިފަ؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454