ފަލަސްތީނަށް ޑަބްލިއުއެޗްއޯގެ މެމްބަރުކަން ދިނުމަށްފަހު، ގައުމުތަކުން ފޮޓޯއަކަށް ހުއްޓިލައިގެން.
02 ޖޫން 2024 - 10:50
ރާއްޖޭގެ ވޯޓާ އެކު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މެމްބަރުކަން ފަލަސްތީނަށް ލިބިއްޖެ އެވެ.
އެ ޖަމާއަތުން އިއްޔެ ބޭއްވި އަހަރީ އާއްމު ބައްދަލުވުމުގައި 177 ގައުމުގެ ތެރެއިން، ރާއްޖެ ވެސް ހިމެނޭ ގޮތަށް 101 ގައުމަކުން ވަނީ ޑަބްލިއުއެޗްއޯގެ މެމްބަރުކަން ދިނުމަށް ތާއިދުކޮށްފަ އެވެ. އެކަމަށް ދެކޮޅު ހެދީ ފަސް ގައުމަކުންނެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އެއީ ރާއްޖެ އިން ކޯ ސްޕޮންސަ ކޮށްގެން ހުށަހެޅި ގަރާރެއް ކަމަށެވެ. އޭނާ ވިދާޅުވީ، ޑަބްލިއުއެޗުއޯގެ މެމްބަރުކަން ފަލަސްތީނަށް ދިނުމުން ދައްކައި ދިނީ ގިނަ ގައުމުތަކުން ތިބީ ފަލަސްތީނާ އެކު ކަން ކަމަށެވެ. ރާއްޖެ އަބަދުވެސް ދެމިއޮންނާނީ ފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދުމަށް ވަކާލާތުކުރުން މަތީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޗައިނާ، ނިކަރާގު އަދި ވެނިޒުއޭލާގެ ބައިވެރިވުމާއެކު އަރަބި އަދި މުސްލިމް ގައުމުތަކުން ހުށަހެޅި ގަރާރުގައި ވަނީ ޑަބްލިއުއެޗްއޯގައި މިހާރު ވެސް އޮބްޒާވަރުގެ ދަރަޖަ ދީފައިވާ ފަލަސްތީނަށް ފުރިހަމަ މެމްބަރުންނާ އެއްވަރުގެ ހުރިހާ ހައްގެއް ދިނުމަށް ގޮވާލައިފަ އެވެ.
އެއާއެކު، ވޯޓު ދިނުމުގެ ހައްގު ފިޔަވައި، މެމްބަރު ގައުމުތަކަށް ލިބޭ ހުރިހާ ހައްގެއް ދިނުމަށް ފާސްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގަރާރުތައް ހުށަހެޅުމާއި އިސްލާހުތައް ހުށަހެޅުން އަދި ކޮމިޓީތަކުގައި ބައިވެރިވުން ހިމެނެ އެވެ. ނަމަވެސް، ބޭރުގެ ޚަބަރުތައް ބުނާގޮތުން، ޖެނީވާގައި ބޭއްވި އާއްމު މަޖިލީހުގައި ފަލަސްތީނުގެ އޮފިޝަލުންނާއި އެ މީހުންނަށް ތާއީދުކުރާ ފަރާތްތަކުން ފުރިހަމަ މެމްބަރުކަމަށް އެދުމަށް މަސައްކަތް ކޮށްފައެއް ނުވެ އެވެ.
އޭގެ ސަބަބެއް ކަމަށް ލަފާކޮށްފައިވަނީ ފަލަސްތީނުގެ ފުރިހަމަ މެމްބަރުކަމަށް ނަގާ ވޯޓަކުން ޑަބްލިއުއެޗްއޯ އަށް އެމެރިކާއިން ދޭ ފައިސާ ވަގުތުން މެދުކަނޑާލާނެ ކަމުގެ ބިރު އޮތުމުންނެވެ.
ޑަބްލިއުއެޗްއޯގެ މެމްބަރުކަން ފަލަސްތީނަށް ލިބުނުއިރު، އދ. އިން ވަނީ މި މަހު ބޭއްވި ކުއްލި ބައްދަލުވުމުގައި އެ ޖަމާއަތުގެ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް ވެސް ފާސްކޮށްފަ އެވެ.
ޑަބްލިއުއެޗްއޯގެ ބައްދަލުވުމުގައި ރާއްޖެއިން ވަނީ ފަލަސްތީނުގެ ސިއްހީ މައްސަލައަށް ރިއާޔަތްކުރަން ވޯޓު ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
02 June 2024
އދ ގެ މިނިވަން ދައުލަތެއްގާއިމު ނުވުމާއި އެއާއެކު، ވޯޓު ދިނުމުގެ ހައްގު ފިޔަވައި، ހޭ ހޭ ބަޔަކު މަރަމުންދާއިރު މީ ކުޅޭކުޅިވަރެކެވެ.
އަބްޑޫޅް +
02 June 2024
އޭ ރާއްޖޭން ވޯޓެއް ލައިގެން، ފަލަސްތީނު ކޮމްންވެލްތަށް ވައްދަން ވީނުން؟
ވޯޓަރމެލަން
02 June 2024
ބައިނަލް އަޤުވާމީ ކިތަންމެ ޖަމިއްޔާއެއްގަ ބައިވެރިވިޔަސް، ކިތަންމެ ބަޔާނެއް ނެރުނަސް، ކިތަންމެ މަސައްކަތެއްކުރިޔަސް، ފަލަސްތީނާއި ޤައްޒާ ނައްތާލުމަށް، ވިލާތާއި އިޒްރޭލް ކުރަމުންދާ، އިންތިހާއަށް އަނިޔާވެރި ކަންކަމަށް އެއްވެސް މަޑުޖެހުމެއް ނެތް. އިޒްރޭލުން ހިންގާ ޖެނޮސައިޑް ދަނީ ހަމަ ބާރަށް، ކުރިޔަށް. އިޒްރޭލް ހުއްޓުވުމަށް އޮތީ ހަމަ އެންމެ ގޮތެއް..... !!!
ގުލުމީ
02 June 2024
އިބޫ ސަރުކާރުން ނަމަ މިކަން ނުކުރީސް