ރައީސް ޑރ. މުހައްމަދު މުއިއްޒު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ މިއަދު ސަލާމްކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
03 ޖޫން 2024 - 12:50
ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ އާ ދައުރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާއި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި މިވަގުތު ދިވެހިރާއްޖޭގެ ކަންކަން ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން ރައީސް މަޝްވަރާ ކުރެއްވި ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ މިއަދު ބައްދަލުކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
ސަރުކާރުން ދިވެހިރައްޔިތުންގެ ކުރިއެރުމަށް ކުރަން ރާވާފައިވާ ކަންކަމުގައި، މަޖިލީހުގެ ފަރާތުން ބޭނުންވާނެ އެއްބާރުލުން ފުރިހަމައަށް ދެއްވާނެކަމުގެ ޔަގީންކަން އަބްދުއްރަހީމް، ރައީސަށް މިއަދު ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ވެސް ދެ ބޭފުޅުން ރާއްޖޭގެ އިގްތިސާދާއި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ތިމާވެށި ހިމާޔަތް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ނައިބު ރައީސް ނާޒިމާއި މެޖޯރިޓީ ލީޑަރު ފަލާހު ބައިވެރިވެވަޑައިގަތް. -- ފޮޓޯ: ރައީސް އޮފީސް
މި ސަރުކާރުގައި ރައީސްގެ ސްޕެޝަލް އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި އަބްދުއްރަހީމަކީ ސިޔާސީ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒާ އެންމެ ގާތް ބޭފުޅާ އެވެ. މަޖިލިސް އިންތިހާބުގައި ފޮނަދޫ ދާއިރާގެ މެމްބަރުކަމަށް ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވުމުން، މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމްގެ ނަންފުޅު ހުށަހަޅުއްވީ ވެސް ރައީސް މުއިއްޒު އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ރާއްޖެ އަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެންނެވުމަށް ކަމަށާއި ރައްޔިތުންގެ މަޖިލިސް ވެސް ހިނގާނީ އެ ފިޔަވަޅު މަތީގައި އެ ސިޔާސަތުތައް ތަންފީޒުކޮށް، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަންކަން ނިންމަން ކަމަށް މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު މަޖިލީހުގައި ފުރަތަމަ ދެެއްކެވި ވާހަކަފުޅުގައި ވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދްނާންް
04 June 2024
މަޖިލިސް ރައީސް އަދުރޭ އަބަދުވެސް މަސައްކަތް ކުރައްވާނީ ރައީސް މުއިއްޒުގެ ލަފަޔާއި އިރުޝާދުގެ މަތިން.
ވާސިފާާ
04 June 2024
އަދުރޭ އަކީ ރައީސް މުއިއްޒު ފުރިހަމަޔަށް އިތުބާރުކުރައްވާ ބޭފުޅެއް. ގައުމުގެ ކުރިމަގު ބިނާކުރަން މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ކަށަވަރު.
ރާއިމާާ
04 June 2024
މި މަންޒަރު ފެނިފަ ވަރަށް އުފާވި. އިހްސާސްވީ ތެދުވެރިކަމާއެކު މަސައްކަތް ކޮށްފިނަމަ ކާމިޔާބު ލިބޭނެކަން.
މުހައްމަދު އިކްރާމް
04 June 2024
މިއީ ގައުމަށް ހެޔޮ އެދޭ ދެ މީހުން. މަރުހަބާ
ނައުޝޫދް
04 June 2024
ބަޔަކަށް ހަޖަމް ވިޔަސް ނުވިޔަސް މިއަދުގެ ސިޔާސީ ހަގީގަތް. ރައްޔިތުންގެ ތާއީދާ އެއްކޮށް މިތިބީ ހޮވިފަ
ކިނާން
04 June 2024
އުފާވެރި ދުވަހެއް. މަރުހަބާ މަޖިލިސް ރައީސް
ގުދުގުދާބެއްޔާ
04 June 2024
ހެހެހެ!މައުމޫނުގެ ދައުރު ހަމަ ސިފަމިވީ! ރާޢްޖޭގެ ރަޢީސް މައުމޫނު އެޓޮލްސް އެޑްމިނިސްޓްރޭސަންގެ މިނިސްޓަރ އަބުދުﷲ ހަމީދުއާއި ވަރަށް ގިނައިން މިގޮތައް ސަލާމްކުރޭ! ބޭބެ ކޮއްކޮޔާސަލާމް ކޮއްފާ ބޭގެ ކޮއްކޮއަށް ސުކުރު އަދާކުރޭ!
ގުޑް
03 June 2024
ސާބަހޭ އަދުރޭ. ތިޔައީ ދިރިތިބީންނަށް ނަމޫނާއެއް.
ޗަބީނާ
03 June 2024
މަނިކުފާނުގެ ރިޔާސީ ވައުދެއް
ނޫޅެން
03 June 2024
ވެންމަސް ވެނައް ކާންދީފި