ބިދޭސީންގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމް އިފުތިތާހު ކުރުމަށް ދާދި ފަހުން ހިންމަފުށީގައި ބޭއްވި ރަސްމިއްުޔާތުގައި ހޯމް މިނިސްޓަރު އިހުސާން ބައިވެރިވެވަޑައިގަންނަވަނީ.
04 ޖޫން 2024 - 23:52
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ އެކި ކަހަލަ ފީތަކާއި ޖޫރިމަނާތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު އެއް ބިލިއަން ރުފިޔާ އަށް ވުރެ މަތި ކަމަށާއި އެ ފައިސާ އަންނަ މަހުގެ 18 ގެ ކުރިން ނުދައްކައިފި ނަމަ ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށް ހޯމް މިނިސްޓްރީން މިރޭ ބުނެފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، ބިދޭސީންނާ ގުޅިގެން ވަޒީފާ ދޭ ފަރާތްތަކަށް ގާނޫނާއި ގަވާއިދުތަކުން ލާޒިމުކުރާ ހުރިހާ ފީތަކާއި ޖޫރިމަނާތައް އަންނަ މަހުގެ 18 ގެ ކުރިން ދައްކަން އަންގައިފަ އެވެ.
އެ ފީތަކާއި ޖޫރިމަނާތައް ނުދައްކާ މީހުންގެ ނަންތައް އާންމުކޮށް އިއުލާންކޮށް، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެ މީހުން ސަސްޕެންޑް ކުރުމުގެ އިތުރުން ބިދޭސީންނާ ގުޅޭ އާ ހުއްދަތައް އެ މީހުންނަށް ދޫކުރުން މެދުކަނޑާލާނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި، ބިދޭސީންނާ ގުޅޭ އެކިއެކި ފީތަކާއި ޖޫރިމަނާތައް ދައްކަންޖެހޭ ފަރާތްތަކުގެ އަދަދަކީ 10،619 އެވެ. އެ އެންމެންގެ ނަންމަތީގައި 102،807 ބިދޭސީން ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ވެސް ހޯމް މިނިސްޓްރީގެ އިއުލާނުގައި ވެ އެވެ.
ބިދޭސީންގެ ފައިސާ އާއި ޖޫރިމަނާ ނުދައްކާ ތިބި ފަރާތްތަކުން އެ ކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުން ނަމަ 1500 އަށް ގުޅުމަށް ވެސް ހޯމް މިނިސްޓްރީން އެދުނެވެ. އަދި [email protected] އަށް އީމެއިލް ކުރުމުން ވެސް މައުލޫމާތު ސާފުވާނެ ކަމަށް ބުންޏެވެ.
ރާއްޖޭގައި ތިބި ބިދޭސީންނާ ގުޅޭ ކަންކަން ހަމަޔަކަށް އަޅުވަން މި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށައިފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފޮޓޯ އާއި އިނގިލީގެ ނިޝާން ނަގަން ފެށުމާއި އެ މީހުން ގަވާއިދުތަކަށް ފެއްތުން ހިމެނެ އެވެ. ގަވާއިދާ ހިލާފުވެފައި ތިބީ ކޮން ބައެއްތޯ އާއި އެ މީހުން ތިބީ ކޮން ބައެއް ނުވަތަ މީހެއްގެ ބެލުމުގެ ދަށުގައިތޯ ބެލުމުގެ މަސައްކަތް ވެސް އެ ޕްރޮގްރާމްގެ ތެރެއިން ސަރުކާރުން ކުރިއަށް ގެންދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިންމުން
06 June 2024
މި ނިންމުމަކީ ރަނގަޅު ނިންމުމެއް. އެކަމް ދީފަ އިން ވަގުތު ކުޑަކަމަށް ލަފާކުރެވޭ. 3 މަސް ވަރު ދިނުން ރަނގަޅު.
ފެންބަޑި
05 June 2024
"ބިދޭސީންގެ ފައިސާ އާއި ޖޫރިމަނާ ނުދައްކާ ތިބި ފަރާތްތަކުން އެ ކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުން ނަމަ 1500 އަށް ގުޅުމަށް ވެސް ހޯމް މިނިސްޓްރީން އެދުނެވެ." އޮހޮހޯ؟!؟ ބީރުބޮލުތޯ. ފައިސާ ނުދައްކާތިބި މީހުން އަމިއްލައަށް ތިނަމްބަރަށް ނުގުޅާނެ. ފިލައިގެން ތިބިބަޔަކު އަމިއަލައަށް ނުނިކުންނާނެ. ތިޔަޖަހާލީ ދުން ބަޑިއެއް. ބާރު އަޑަކާއެކު ޖައްވުގެ ތެރެއަށް ގެއްލިދާނެ.
އަދިހުރީ
05 June 2024
ހަމަ ގައިކުވެސް މަގޭ ރަށުގައި ތީގެ އެއްކަމެއްވެސް ނުހިނގާ. މަށަކީ ތިކަމުގައި ކަންކުރަމުންދާގޮތް ކަންހިނގާގޮތް ބަލާ ސަރުކާރުގެ ވެރިން ދައްކާ ވާހަކަ މަގޭ ރަށަށް ފޯރާތޯ ވެރިންގެ ބަހާ އަމަލާ ދިމާވޭތޯ ވަރަށް ބަލަމުން އަންނަ މީހެއް. ކަންބޮޑުވާމީހެއް. ދަމަކުން ބަޑިއެއް ޖަހާހެން ސުރުޚީއަކުން މޮޅު ޚަބަރެއް ޖަހާނީ. މަގޭ ރަށުގައި މަށާ މަގޭ އަނބި ދަރިން ރަޖިސްޓަރީ ކޮށްފައިވޭ. ހޯދާ އިރު ވާތަންވެސް ބުނެދޭނެ މީހުން އެބަހޯދޭ. އެކަމަކު ބިދޭސީއަކުގެ ވާކަށް ނުޖެހޭ
ހޮޓްކިންގ
05 June 2024
އެލީޝަން ކުންފުނީގެ ވެރިޔާ ކުރެން އަހާބަލަ ފީތައް ދައްކާނަންތޯ؟
ސައިޚް
05 June 2024
ކޮން ސަސްޕެންސަނެއް، ހުރިހާ ވަގުބަންގާލިން ހޯދާފަ ޖަލައްއަޅާލާ، ދެން ބޭރު ކޮއްލާ، މުޅި ގައުމު ހަލާކުކޮއްފި، ގިނަ ދިވެހިން މަސައްކަތެއް ނުކޮއް ވަގުބަންގާލީން ފެލައިގެން ކާން އާދަކޮއްފި،
ގޮއްޔެ.
05 June 2024
ތިޔައީ ކިތަންމެ ރަނގަޅު ނިންމުމަކަށް ވިއަސް ސަސްޕެންޑްކޮށްގެން ކޮންކަމެއްތޯ ވަނީ؟؟ ހަމައެކަނި ނަންތައް އިޢުލާނުކުރުމުން ފުދުނީތޯ؟ ނަންތައް އިޢުލާންކޮށްލާއިރަށް އަންނާނެ ޝަކުވާއަކީ ތިމަންނަ ގެނައި މީހެއްނުހުންނާނެކަމަށް. ނުވަތަ ތިމަންނަ ގެނައިމީހާ ފިލީއޭ މިނިސްޓްރީއަށްވެސް އަންގާފައޭ އޮންނާނީ. މިހެންގޮސް މިކަހަލަ ކިތަންމެ ބަހަނާތަކެއް އޮންނާނެ. ސަރުކާރުން އެއްވެސް ވަރަކަށް އަޅާނުލުމުގެ ސަބަބުން މިއަދު މިހިސާބަށް އަންނަންޖެހުނީ.
ސުލްތާންް
05 June 2024
އެއްވެސް ވެރިކަމެއްގައި ނުކުރެވުނު ކަންތަށް ކުރައްވާނީ މިވެރިކަމުގަ. މިއީ ރައްޔިތުންގެ އިހްސާސްތަށް ދަންނަ ހެޔޮ ވެރިޔެއް.
މުސާރަވެރިޔާ
05 June 2024
މުސާރަވެރިން ކޮމެންޓްތައްކުރަންފެށީ.
ސައިޚް
05 June 2024
މިވެރިކަމުގަ ވަނީ ވަގު ބަންގާލިން ގިނަ، އެއްލައްކަ ހމަނުވެގެން
މޫސާވަސީމް
05 June 2024
ކޮންމެ ވެރިކަމެއް ފެށޭ އިރުވެސް މިހެން ބުނެ ފޮނިކަނޑާ ދެތިން ކޮމެންޓޭރަކުވެސް ފެނޭ
މައުރޫފްް
05 June 2024
މަޖިޅިހުންވެސް މިކަމަށް އެޅެންހުރި ފިޔަވަޅުތަށް އަޅާ ގާނޫނަށް ގެންނަންޖެހޭ އިސްލާހްގެނެސް މިކަމުން މި ރާއްޖެ ސަލާމަތް ކުރަން ވެއްޖެ. ނަސީބެއް ރައީސް މުއިއްޒު ފަދަ ރައީސަކަށް މިކަމުގެ ގެއްލުން އިހްސާސްވާކަން.
ސަމަދްް
05 June 2024
ރައީސް މުއިއްޒަކީ ކަންކަމުގައި އިބޫ ހެން ދޫދޭނެ ބޭފުޅެއްނޫން. އެމަނިކުފާނަކީ ކުރާކަމެއް ރަނގަޅަށް ކުރައްވާ ލީޑަރެއް.
ޒަޔާންް
05 June 2024
މި ސަރުކާރުން މިކަމަށް ދައުރުގެ ކުރީކޮޅުގައި މަސައްކަތް ކުރުމަކީ މި ދައުރު ނިމޭއިރު މިކަމަށް ފުރިހަމަ ހައްލެއް ލިބޭނެކަމުގެ އުންމީދު ބޮޑޫ ކަމެއް.