05 ޖޫން 2024 - 12:26
ޕެރިސް (ޖޫން 5) – ރެއާލް މެޑްރިޑަށް ބަދަލުވިތާ 24 ގަޑިއރު ވެސް ނުވަނީސް، ކުރީގެ ކްލަބް ޕީއެސްޖީއާ ދެކޮޅަށް، ކިލިޔަން އެމްބާޕޭ ޝަކުވާ ފުންޏެއް އޮއްސާލައިފި އެވެ.
މިމަހުގެ 30 ގައި ޕީއެސްޖީއާ އެކު އޮތް ކޮންޓްރެކްޓް ހަމަވުމާ އެކު ފަސް އަހަރުގެ ކޮންތްރެކްޓެއްގައި ރެއާލް މެޑްރިށް ބަދަލުވާން އޭނާ މިހާރު ވަނީ ސޮއި ކޮށްފަ އެވެ.
މިދިޔަ އޮގަސްޓް މަހު ޕީއެސްޖީގެ ކޮންޓްރެކްޓް އާކުރަން އެމްބާޕޭ ދެކޮޅު ހެދުމުން އޭނާއަށް ކްލަބުން އަދަބު ދިނެވެ. އެގޮތުން އޭނާ ޓްރެއިން ކުރަން ޖެހުނީ ސީނިއާ ސްކޮޑާ ވަކިންނެވެ.
"ޕީއެސްޖީގައި ހުރީ އުފަލަކުން ނޫނޭ ބުނުމަކީ އެއްގޮތަކަށް ވެސް އިންސާފުވެރި ގޮތަކަށް ނުވާނެ. އެކަމަކު ބައެއް ކަންތައް ލޯމައްޗަށް ނުފެންނާނެ." ޔޫރޯގެ ކުރިން ގައުމީ ޓީމާއެކު ކުޅޭ އެކުވެރިކަމުގެ މެޗުގެ ކުރިން އޮތް ޕްރެސްގައި ބައިވެރިވި އެމްބާޕޭ ބުންޏެވެ.
އެމްބާޕޭ ބުނީ ޕީއެސްޖީގައި އޭނާ "ސަލާމަތް ކުރީ" ކޯޗު ލުއިސް އެންރީކޭ އާއި އެޑްވައިޒަރު ލުއިސް ކެމްޕޯސް ކަމަށެވެ. އަދި އެ ދެމީހުންގެ އެހީއާ ނުލައި އަލުން ކުޅުމުގެ ތެރެއަށް ނާދެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
"އެއީ އަހަރެން ފަހުރުވެރި ވާފަދަ ސީޒަނެކޭ ބުނެވޭނެ. އެއީ އަހަރެން ކުޅުމަށް ވާން ޖެހުނު ގުރުބާނީތައް ވަރަށް ރަނގަޅަށް އިހުސާސް ކުރެވުނު،" އެމްބާޕޭ ބުންޏެވެ.
"މެޗަކަށް ފަހު މެޗެއް ކުޅެގެން ތަށި ހޯދުމަކީ އަހަރެންނަށް އަބަދުވެސް ލިބޭ ޝަރަފެއް. އެކަމަކު ކުރިއަށް އޮތް ސީޒަނަކީ އެފަދަ ސީޒަނަކަށް ވާކަށް އަހަރެން ނޭދެން."
ޕީއެސްޖީ އަށް ހަ ފަހަރު ލީގު ކާމިޔާބު ކޮށްދިން އެމްބާޕޭ އަށް ކުރިއަށް އޮތީ ޔޫރަޕްގެ ރަސްގެފާނުން ކަމަށްވާ ސްޕެއިންގެ ރެއާލް މެޑްރިޑާ އެކު މުޅިން އާ މިސްރާބަކަށް ދަތުރު ފެށުމެވެ.
"މިއީ ވަރަށް ބޮޑު އުފަލެއް. ހުވަފެނެއް ހަގީގަތަކަށް މި ވީ،" އެމްބާޕޭ ރެއާލް މެޑްރިޑަށް ބަދަލުވެވުމުން ކުރެވޭ އިހުސާސް ކިޔައިދިނެވެ.
"މިއީ އަހަރެން އަބަދުވެސް އެ ކްލަބަކަށް ކުޅެން ބޭނުންވެގެން ހުވަފެންތަކެއް ދެކެމުން އައި ކްލަބް. އަހަރެން އެ ކްލަބަށް މި ދަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެން ހުރެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙައްމަދު އިލްހާމް
06 June 2024
ޕީއެސްޖީ އަކީ ތަފާތު ކުރުން ގެންގުޅޭ މެނޭޖްމަންޓެއް އޮތް ކުލަބެއް އެމީހުންނަކަށް ނޭނގޭ ކާމިޔާބީ ބިނާ ވެފައި އޮންނަނީ ޓީމް ކުރާ މަސައްތުންކަމެއް ، އަދި އެއްޓީމެއްގެ ގޮތުގައި އޮތުމަށް ކުޅުންތެރިންގެ މުހިންމުކަމެއް ، މެނޭޖްމަންޓްވެފަ ތިބީމަ ނިމުނީ
ބާލައާދަނު
06 June 2024
ޕީއެސްޖީ ހަލާކުވީ މިކަލޭގެ ހިފަހައްޓަން އުޅެގެން. މިހާރު ޕީއެސްޖީ އަށް މިޖެހުނީ ދެ މީދާ ފެހި ބުޅަލަށް ޖެހުނު ހާލު. އެކެއްޗެއްވެސް ނުލިބުނު.
ެދެންދެންދެންބްރޯ
06 June 2024
ދެންބޮޑުވަރު. އެމްބާޕޭ މެންނަށް އަނގައިން އެއްޗެއް ބުނެވޭ ވަރެއްނޫން. ދެތިން ޖުމްލަ ބުނެލީމަ އެވީ ޝަކުވާ ފުންޏަކަށް. އެއްވެސް ޝަކުވާއެއް ނެތް އޭނަކޮށްފަ. ހަމަ އާދައިގެން އިންސާނެއް އޭނަގަ ގައުމީޓީމާ އެކު ކުޅުމުގެ ކުރިން އެތަނަށް ދިޔަ ނޫސްވެރިން ސުވާލުކުރާ ވަަރުން ބަހެއް ބުނީވެސް. އެއްޗެކޭ ނުބެނެފިޔާ ޚަބަރަށް އަރާނެ އެމްބާޕޭ ޕީއެސްޖީ ދެކެ ފޫހީވެެގެން ތުންފިއްތައިގެނޭހުރީ. ދެތިން ބަސް ބުނެލީމަ އެވީ ޝަކުވާ ފުންޏަކަށް. ރަނގަޅު އެއްވެސް ގޮތެއް ނެތްދޯ.
އަހްމދު
05 June 2024
ޝަކިވާ ފުނީގެ ވާހަކަ ސުރުހީގަ އޮތީ، ހަބަރުގަ ޝަކުވާތަކެއް ނެތް.