ހައްޖުގެ އަޅުކަމަށް މައްކާއަށް ގޮސް އުޅޭ ބަޔަކު މި މަހު ހަތަރ ވަނަ ދުވަހު ހަރަމްފުޅުގައި: ރަސްމީކޮށް ހުއްދަތައް ނުހޯދައި ހައްޖުގެ އަޅުކަމަށް ގޮސް އުޅުނު 300،000 މީހަކު ވަނީ މައްކާއިން ނެރެފައި. -- ފޮޓޯ: އޭއެފްޕީ
09 ޖޫން 2024 - 07:59
ހައްޖުގެ އަޅުކަމަށް ރަޖިސްޓްރީނުވެ މައްކާގައި އުޅެމުން ދިޔަ 300،000 އަށް ވުރެ ގިނަ މީހުން ފޮނުވާލާފައިވާ ކަމަށް ސައޫދީ އަރަބިއްޔާއިން އިއްޔެ ބުނެފި އެވެ.
އަންނަ ހަފްތާގައި ހައްޖުގެ އަޅުކަން ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު ކޮންމެ ފަހަރަކު ވެސް ސަލާމަތީ ގޮތުން އެންމެ ބޮޑު މަސައްކަތަކަށް އޮންނަނީ މީހުންގެ ތޮއްޖެހުން ކުޑަކުރުމެވެ. މިދިޔަ އަހަރު ވެސް 1.8 މިލިއަން މީހުން ހައްޖުގެ މަތިވެރި އަޅުކަމަށް މައްކާގެ ހަރަމްފުޅަށް ޖަމާވި އެވެ.
ސައޫދީ ޕްރެސް އެޖެންސީން ބުނި ގޮތުގައި މައްކާއިން ބޭރުކޮށްލި މީހުންގެ ތެރޭގައި ހައްޖު ވިސާ ނުނަގައި ޓޫރިސްޓު ވިސާގައި ގޮސް އުޅުނު 153،998 ބިދޭސީން ހިމެނެ އެވެ.
މީގެ އިތުރުން ސައޫދީގައި ދިރިއުޅޭ އެހެން ގައުމުތަކުގެ 171،587 މީހަކު ވެސް ރަޖިސްޓްރީ ނުވެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާން އުޅުނު ކަމަށް ބެލެވޭތީ ވަނީ މައްކާއިން ނެރެފަ އެވެ.
އޭއެފްޕީއާ ވާހަކަ ދެއްކި އެކި ގައުމުތަކުގެ މީހުން ބުނެފައިވާ ގޮތުގައި ހުއްދަ ނެތަސް ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭތޯ ބަލަނީ ގައުމުތަކުގެ ރަސްމީ އިދާރާތައް މެދުވެރިކޮށް ހައްޖަށް ދާން ބަލާއިރު އަގު ބޮޑުވުމާއި އެގޮތަށް ރަޖިސްޓްރީކޮށްގެން ދާއިރު ފުރުސަތު ނުލިބި ކިއޫގައި އެތައް އަހަރެއް ވަންދެން ތިބެން ޖެހުން ފަދަ ކަންކަމާ ހެދި އެވެ.
ސައޫދީން ބުނެފައިވާ ގޮތުގައި މި އަހަރުގެ ހައްޖުގެ އަޅުކަމަށް ރަޖިސްޓްރީވެގެން ހޮނިހިރު ދުވަހުގެ ނިޔަަލަށް 1.3 މިލިއަނަށް ވުރެ ގިނަ މީހުން މިހާރު ވަނީ ސައޫދީއަށް އައިސްފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޯކު
09 June 2024
ޖޯކު ކަމެއް.
އަބްޑޫޅް +
09 June 2024
އަސްތާ، ހާދަ ރަނގަޅު ހަބަރެކޭ. ދިވެހީންނަށް އިތުރު 3 ލައްކަ ވިސާ ލިބުނީ. އަވަހަށް ފުރާ. އަހުރެން ހައްޖަށްވެސް އުމްރާ އަށްވެސް ނުގޮސް މަޑުކޮށޤލައިގެން މި ހުންނަނީ، އޮލިންޕިކު އަށް ދެވޭނެ ދުވަހެއްގެ އިންތިޒާރުގަ.
ފާމުލަދޭރި ކިލެގެފާނު
09 June 2024
އެއީ ދިވެހިރާއްޖެއެއްނޫން. ހަމައެއް ލަމައެއްނެތި ހިތުހުރި ގޮތަކަށް ބިދޭސީންނަކަށް ނޫޅެވޭނެ. ގާނޫނާއި ގަވާއިދު ތަންފީޒު ކުރެވޭނެ.
ނުކުރެވޭ
11 June 2024
ތިކަން އެނގޭނީ ހައްޖު ތެރޭއާ ހައްޖު ނިމޭއިރު އަރާ ހެޑްލައިންތަކުން. މިދިޔަ އަހަރުވެސް އެތައް ބަޔަކު ގަވައިދާ ޚިލާފަށް އުޅެނިކޮށް ހިފި ހައްޖު ނިމެންދެން
ޙައްޖު ކޯޓާ
09 June 2024
ކޯޓާ ލިބުމުގަ ރަސްގެފާނާ ސާހީ އާއިލާގެ ބޭފުޅުން ދެއްވާ ބަޔާ ސަރުކާރުގަޢާއި ސިފައިންގެ އިސް މަގާމު ތަކުގަ ތިއްބަވާ ބޭފުޅުން ދެއްވާ ބަޔާ ބޭރު ގައުމު ތަކުގަ ތިއްބަވާ ސަފީރުން ދެއްވާ ބަޔާ މިހެންގޮސް "ހޮޔޮފުޅު ކަމުން" ދެއްވާ ބައިގަ ލައްވާ ނުލާ މީހުން އެގޮތް މިގޮތުންވެސް ވަދެވޭތޯ ބަލަނީ...
ދަބަރޭ
09 June 2024
ތިނަކީ ހުރިހާ މުސްލުމުންގެ ބީމޭ ބުނޭ