ހަތަރުވަނަ ސިވިލް ސާވިސް ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވާހަކަދައްކަވަނީ.
09 ޖޫން 2024 - 11:42
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުގެ ހިދުމަތުގެ އެންމެ މުހިންމު މޮޓޯއަކީ ރައްޔިތުންނަށް ދޭ ހިދުމަތްތައް ހަލުވިކުރުން ކަމަށް ވާތީ، އެކަން ހާސިލް ކުރުމުގައި ސިވިލް ސާވިސްގެ ދައުރު ވަރަށް ބޮޑު ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މިއަދު ވިދާޅުވެއްޖެ އެވެ.
ހަތަރުވަނަ ސިވިލް ސާވިސް ކޮންފަރެންސް ފެށުމުގެ ގޮތުން މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްއީ) އުފެއްދި ފަހުން 17 އަހަރުވީ އިރު، މިނިވަން މުއައްސަސާއެއްގެ ގޮތުގައި ދެމިއޮވެ، އެ ކޮމިޝަނުން ވަރަށް ގިނަ ކާމިޔާބީތައް ހޯދާފައިވާ ކަމަށެވެ.
"މިދިޔަ 17 ވަރަކަށް އަހަރުގެ ރާސްތާއިން އަޅުގަނޑަށް ފެންނަނީ ހިދުމަތްތެރިން ބިނާކުރުމާއި ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގައި ވަރަށް ކާމިޔާބު، ވަރަށް އީޖާދީ މަސައްކަތްތަކެއް ދިވެހި ސިވިލް ސާވިސް އިން ކުރައްވާފައި ވާތީވެ،" ނައިބު ރައީސް ވިދާޅުވި އެވެ.
ހުސައިން ވިދާޅުވީ މިއަދު ފެށި ހަތަރުވަނަ ސިވިލް ސާވިސް ކޮންފަރެންސް އިން ގައުމާއި ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.
ހަތަރުވަނަ ސިވިލް ސާވިސް ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތު.
އެއިރަކު އޮންނަ ސަރުކާރަކުން ކަނޑައަޅާ އަމާޒަކަށް ގައުމު ގެންގޮސްދީ، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދޭން އެންމެ ބުރަ މަސައްކަތެއް ކުރާ އެއް ބަޔަކީ ސިވިލް ސާވިސް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
"ކޮންމެ ސަރުކާރެއްގެ ވެސް އަމާޒުތައް ހާސިލްކޮށްދިނުމުގައި ގައުމީ ލޯބީގައި، ވަރަށް މުރާލި ކަމާއި ޖޯޝާ އެކީގައި އައްސަރިބަހާއި ސާބަސް ތަކުރާރު ކުރަން ޖެހޭނެ ބޮޑެތި ހިދުމަތްތަކެއް ދިވެހި ސިވިލް ސާވިސް އިން އަންނަނީ ކޮށްދެމުން. އެ ކަމަށްޓަކައި ދިވެހި ސިވިލް ސާވިސްގެ އެންމެހާ މެމްބަރުންނަށާއި މުވައްޒަފުންނަށް ވަރަށް އިހުލާސްތެރިކަމާ އެކީގައި އަޅުގަނޑު ޝުކުރު ދަންނަވަން،" ހުސައިން ވިދާޅުވި އެވެ.
ސަރުކާރެއް ހިންގުމުގައި ސިވިލް ސާވިސްގެ ދައުރު ވަރަށް މުހިންމު ކަމަށާއި ސިވިލް ސާވިސްގެ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހިދުމަތުގެ އެންމެ މުހިންމު މޮޓޯއަކީ ރައްޔިތުންނަށް ދެއްވާ ހިދުމަތްތައް ހަލުއިކުރެއްވުން، ޒަމާނީ ކުރެއްވުން. ރައްޔިތުން އެދޭ އަމާޒަށް ގައުމު ގެންގޮސްދޭން ހުއްޓުމެއް ނެތި ރެއާއި ދުވާލު މަސައްކަތް ކުރެއްވުން. އަދި ރައީސް ފައްޓަވާފައިވާ މި ވާ ގައުމީ މަސައްކަތްފުޅު ކާމިޔާބުކުރުމުގައި ދިވެހި ސިވިލް ސާވިސް އިން ފުރިހަމަ އަށް ވާގިވެރިވެދެއްވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،" ނައިބު ރައީސް ވިދާޅުވި އެވެ.
ދިވެހި ސިވިލް ސާވިސް ޑިޖިޓަލައިޒްކޮށް، ކުރިއެރުވުމަށް ބޭނުންވާ އިލްމީ އަދި ފަންނުވެރި ހިޔާލާއި މައުލޫމާތު ހޯދުމާއި ދިވެހި ސިވިލް ސާވިސްގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް، ހިދުމަތްދިނުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ހައްލު ހޯދައި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި ބާއްވާ މި ކޮންފަރެންސްގެ އިވެންޓުތައް ބާއްވަނީ މިއަދާއި މާދަމާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާބިދު ސައީދު
10 June 2024
މުއިއްޒް ދުވެލީގައި ގޮސް މުގައުމު ތަރައްގީކޮށްލާނެ ރައީސް މުއިއްޒް.
އިބާދުﷲ
10 June 2024
މިދިޔަ ސަރުކާރުގެ ސްލޯ ސްޕީޑް ރައީސް މުއިއްޒް އައިސް ހަލުވިކޮށްލައިފި.
ފައްސާން ވަލީދު
10 June 2024
ރައީސް މުއިއްޒްއަކީ ތޯތޯ މީހެއް ނޫން. ހުރިހާ ގޮތަކުންވެސް ކަންކަން ތޯތޯ ނުކޮށް ކުރާ ވެރިޔެއް. ކަންކަން ހަލުވިކޮށް ގެންދާ ވެރިޔެއް.
ަސދފ
10 June 2024
އަސާސީ މުސާރަ ބޮޑުނުކުރާތާ 15 އަހަރު..މީ ހަގީގަތް.
ސާނިމް ހަންނާން
10 June 2024
ރައީސް މުއިއްޒްގެ ސްޕީޑް ވަރަށް ހަލުވި. އެއްމެންވެސް މަސައްކަތް ކުރަން ވާނީ އެ ސްޕީޑުގައި.
އަފާފް ސައީދު
10 June 2024
އަސްލުވެސް. މިކަމަށް ސިވިލް ސާވިންޓުންގެ އެއްބާރަލުން ބޭނުންވޭ.
އިސްމާލި
10 June 2024
ކޮންމެ ސަރުކާރެއް އަޔަސް ގައުމު ނުހުއްޓި ހިނގަނީ ސިވިލް ސަރވިސް ގެ ސަބަބުން. ޓެކްނިކަލް މީހުނާ ޚިދުމަތް ދޭ މީހުން، ޑޮކްޓަރުންނާ ނަރުހުން، ޓީޗަރުން ނާއި އެހެން މީހުން ތިބީ ސިވިލް ސަރވިސް ގަ. މީން އެއްވެސް މީހެއްގެ އަގު ވަޒަން ނުކޮށް 17 އަހަރު ވެގެން ދިޔައީ. މި އޮފީހުގައިވެސް ސިޔާސީ 40 ހަކަށް މީހުން. އިށީންނާނެ ތަނެއް ނެތިގެން ހުސް އިމާރާތެއް ރީތިކޮށް ބައިގަނޑު އެތަނަށް އަޅާފަ. މުވައްޒަފުން މަސައްކަތުގަ މިމީހުން ބޮޑު މުސާރައިގަ ހުދުގަމީހުގައި ކޮފީ.
ބާދޫރާ
10 June 2024
އަވަސްކުރަން.ބޭނުމޭ ކިހިނެއް ކުރާނީ؟ ރައީސް އޮފީހުން 8 މަސް ކުރިން ނެރުނު ރަށުންބޭރު ޕްރިންސިޕަލުންނަށް 7000 ރުފިޔާގެ އެކޮމޮޑޭޝަން އަދިވެސް ހަމަނުޖެހޭ. އެހާ ސަރުކާރު ސްލޯވީމަ.މުވައްޒަފުން ކިހިނެއް އަވަސްވާނީ؟
އެދުރު1
09 June 2024
ސިވިލްސާވިސް ކޮމިޝަން އަދި ސިވިލްސާވިސްގެ ޤާނުނަކީ ސިވިލް ސާވަންޓުން އޮބިއަޅައިގެން މަސައްކަތް ކުރުވުމަށް މޑޕ އިން ހަދާފައި އޮތް ބައެއް. 2008 ގައި ވެރިކަން ލިބުނީމަ ވެެރިކަމަށް އެއްބާރުލުން ނުދީފާނެ ކަމަށް ކުރިކަމެއް. އޭގެ ކުރިން ފަޒީފާގެ ކުރިއެރުމާއި މުސާރާގެ ކުރިއެރުންވެސް ދެމުންދިޔަ . މިހާރު ކިތަންމެ ގިނަދުވަހަކު ވަޒީފާ އަދާކުރިޔަސް ކިތަންމެ މަތީ ސެޓްފިކެޓެއް ހޯދިޔަސް ކުރިއެރުމެއް ނުދޭ ތި ޤާނޫނާއި ހެދި.
ފޫނު
10 June 2024
ދެންވެސް ތިޔަހެން ކިޔާލަ ކިޔާލަ ތިބޭ.... 2008 ގެ ފަހުން ދެން އައި އެއްވެސް ބަޔަކަށްވެސް ބަދަލުކުރާކަށް ނޭނގުނު ދޯ؟
ސިވިލް
09 June 2024
މިހާރު މުސާރަ ލިބެނީ ވެލާ ކަހަބު ސްޕީޑްގަ މަސައްކަތްކުރަން. މުއިއްޒު ސްޕީޑްގަ ވޯކް ކުރަން މުސާރަ ބޮޑުވާންޖެހޭ