ރޭގެ އިވެންޓްގައި ރައީސް ވާހަކަ ދައްކަވަނީ: މުސާރައާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހައްލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު
18 ނޮވެމްބަރ 2025 - 10:49
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް މި މަހު ގެނައި ބަދަލާ ގުޅިގެން ހުރި ބައެއް ކަންބޮޑުވުންތައް ހައްލުކުރެވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ހުރިހާ ސިވިލް ސާވަންޓުންނާއި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނާއި ޝަރުއީ ދާއިރާ ހިމެނޭހެން 20،000 އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވަނީ ބަދަލު ގެނެސް، މުސާރަ ބޮޑުކޮށް ދީފަ އެވެ.
ނަމަވެސް، އެ ބަދަލާ ގުޅިގެން ބައެެއް މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބައެއް ގިންތީގެ މުވައްޒަފުންނަށް ލިބޭ މުސާރައިގެ ކުރިއެރުން ކުޑަކަމަށާއި ލިބޭ ވަރު މަދުވި ކަމުގެ ޝަކުވާ އޮތެވެ. މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް އަޑުއަހައި، މުސާރައަށް ބަދަލު ގެނައި އުސޫލަށް ރިއާޔަތްކޮށް، ޕޭ ކޮމިޝަނުން އެ ކަންބޮޑުވުންތަކަށް ޖަވާބު ދޭނެ ކަމަށް ރައީސް މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން ބޭއްވި އިވެންޓްގައި ރޭ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ޕޭ ކޮމިޝަނުން ހުރިހާ އޮފީސްތަކަށް ޒިޔާރަތްކޮށް ކަންބޮޑުވުންތައް ބަލާފައިވާ ކަމަށާއި މިހާރު ވާނީ އެ ކަންބޮޑުވުންތައް ހައްލުކުރަން ނިޒާމްގެ ތެރެއިން ގެނެވެން ހުރި ބަދަލުތައް ގެނެސްފައި ކަމަށެވެ.
އެހެންކަމުން ދެން މުސާރަ ލިބޭއިރު އޮންނާނީ މުސާރަ ބޮޑުވެ، ކަންބޮޑުވުންތައް ހައްލުވެފައި ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި ބަދަލާ އެކު ހުރިހާ މުވައްޒަފުންގެ އަސާސީ މުސާރައަށް ބޮޑު ކުރިއެރުމެއް އަންނާނެ އެވެ. އަދި އެންމެ ކުޑަކޮށް އަސާސީ މުސާރަ ކަނޑައެޅިފައިވާ މުވައްޒަފުންނަށް ވެސް 7،000ރ. އަށް ވުރެ ބޮޑު އަދަދެއް ލިބޭނެ އެވެ.
ރައީސް ވިދާޅުވީ އިތުރު ގަޑިއާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ވެސް ހައްލުކޮށްފައިވާ ކަމަށެވެ. ހުކުރު ދުވަސްތަކާއި ރަސްމީ ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އެއްވެސް ކެޕެއް ނެތި އިތުރުގަޑީގެ ފައިސާ ހިނގާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހުމަދު 6
19 November 2025
ތީ ހަމަ ތެދުފުޅެއް މުސާރަ ހައްލުކޮށްދެއްވައިފި. އެކަމަކު ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް ލިވިން އެލަވަންސެއް ނުދެއްވީމާ މި ޖެހެނީ ބޮޑުކުރި މުސާރައިން ހަމަ ކުރިއެކޭވެސް އެއްވަރު އެއީ 22 ހާސް. އަނެއްބައި ހަަމަ ކުއްޔަށް. ރަށްރަށުގެވެސް އެޕާރޓްމެންޓަތައް ހަމަ ވަރަށް އަގޮބޮޑު. ލޯކަލް ޓޫރިޒަމް ކުރިއަރާވަރުން އަދިވެސް ވާނީވެސްއަގުބޮޑު. ޕްލީސް ކޮންމެސް ގޮތެއް ހައްދަވައިދެއްވުން އެދެން. ވަރަށް އުންމީދުކުރަން މިކަމަށް. 5000 ވިޔަސް އޯކޭ.
ސަމީރާ ފާތުމަ ހާތިމު
19 November 2025
"ހުކުރު ދުވަސްތަކާއި ރަސްމީ ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އެއްވެސް ކެޕެއް ނެތި އިތުރުގަޑީގެ ފައިސާ ހިނގާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ." ރައީސޫ މީތި އަންގަބަލަ ޕޭ ކޮމިޝަނަށް. އެމީހުން އަދި ވެސް އޭތި އޮންނަނީ ކެޕް ކޮށްފަ އޭ. މި ހެން އޮވެގެން ނުވެޔޭ މުސާރަ ބޮޑެއް
ސަބާނާ ޑާން
19 November 2025
ތެދެއް. މި ވަރަށް ގޮވާ އިރު ރައިސް މީހާ އަށް ނެގޭ ތަނެއް ހިރުވާހެން ވެސް
ސަމްވަންއެލްސް
19 November 2025
މުސާރަވީ ބޮޑުތަނުން ކުޑަ. ވޯޓް ހޯދަން ނާންނާތި މަގޭ ކައިރިއަށް.
37 އަހަރު
18 November 2025
37 އަހަރު ސަރުކާރުގައި އުޅެފަ އެންމެ ކުޑަމުސާރަ، ހިދުމަތުގެ އަގު ވަޒަންކުރެވޭނީ މިހާވަރަށް، ދިގު މުއްދަތަށް ހިދުމަތްކުރުމުގެ އިނާމު ވަރަށް ފުރިހަމަ.
އެޗް އެމް
18 November 2025
ބައެއް މީހުންގެ ބޭސިކް އިން ތިންބައިކުޅަ އެއްބައި މަދުވި. ވަރަށް ބޮޑަށް ބޭ އިންސާފުވެފަ. މުޅިންވެސް އޮޅުވާލުން މިދައުރުގަ ފެނިގެން މިދަނީ.
ދޫހިމެރި
18 November 2025
އަޅުގަނޑުމެންނަކީވެސް ދައުލަތުގެ މުވައްސަސާއެއް. އަދި ތިފަދަ އުޖާލާ ކުރިމަގެއް ނުފެނޭ.
އަބާރަނަ
18 November 2025
ރައީސަށް މިހާރު އެވޯޑް ހައްޤުވެއްޖެ އެކަމަކު "އަނގައިން ހުރިހާކަމެއް ނިންމި ބޭފުޅެއްގެ އެވޯޑް"
އަފްރާސިޔާބު
18 November 2025
ހައްގު ނުހައްގު ކޮންމެހެން ކިއުމުގެ ބޭނުމެއް އޮތްކަމަކަށް ނުފެނޭ. އަހަރެމެން ބޭނުންވެގެން ގެނައި އިއްޒަތްތެރި ވެރިވެރިއެއް. ފޮނިވިޔަސް ނުވަތަ ހިތިވިޔަސް އެމަނިކުފާނު ގައުމަށް ބޯންދިން ބޭހެއް ބޯންޖެހޭނީ.
ހެޔޮނުވާނެ
18 November 2025
ހެޔޮނުވާނެ ރައީސްމުއީޒު މުސާރަޔަށް މި އައި ބަދަލު މަނިކުފާނު ބެއްލެވިންތޯ؟ މީގެން ގެއަށް ގެންދާން ލިބުނީ ކޮންއެއްޗެއް.
އާދަނު33
18 November 2025
ދެން ޑޮލަރުރޭޓް ހައްތާވާނީ މަތި.
ފިލް
18 November 2025
ހައްލެއްނުވޭ ޖުޑިސަރީގެ މުއައްޒިފުން ގެއަށް ގެންދަން ލިބޭއެއްޗެއް ވީ ބޮޑުތަނުން ކުޑަ.