ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޕީއެސްއެމުން މިއަދު ކުރިއަށް ގެންދާ ޓެލެތޯންގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެން ފައިސާގެ އެހީއެއް ވެދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
12 ޖޫން 2024 - 09:54
ފަލަސްޠީނުގެ ހައްގުގައި ދިވެހިން ކުރާ މަސައްކަތް އިތުރު ކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
"ފަލަސްތީނާ އެކު ދިވެހީން" ނަމުގައި ރައީސް މުއިއްޒުގެ އިސްނެންގެވުމަކަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން އިންތިޒާމު ކޮށްގެން މިއަދު ކުރިއަށް ގެންދާ ޓެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ފަލަސްތީނުގައި ހިންގަމުންދަނީ ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ މައްސަލައެއް ނޫން ކަމަށެވެ.
މިއީ މުޅި އިސްލާމީ އުއްމަތަށް ދިމާވެފައިވާ މައްސަލައެއް ކަމަށާއި މުސްލިމުންނަށް ދިމާވާ މިފަދަ ކަންކަމުގައި މުޅި އުއްމަތް ޝާމިލް ވާންޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް މިއަދު ކުރިއަށްގެންދާ "ފަލަސްޠީނާއެކު ދިވެހިން" ޚާއްސަ ޓެލެތޯން ފެށުން. @presidencymv @tvmaldives pic.twitter.com/e2edgO0TeQ
— PSM News (@psmnewsmv) June 12, 2024
"މިއީ ފަލަސްތީނާއި އިޒްރޭލާ ދެމެދުގެ މައްސަލައެއް ކަމުގައި ބަލައިގެން އަޅުގަނޑުމެންނަށް ލޯމަރާލައިގެން ތިބެގެން ނުވާނެ. މިއީ އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެ ވެސް ހައްގެއް، ޒިންމާއެއް، މަސްއޫލިއްޔަތެއް ކަމުގައި ބަލަން ޖެހޭ،" މިއަދުގެ ހެނދުނު 8 އިން މިރޭ ދަންވަރު 12 އާ ހަމައަށް ކުރިއަށް ގެންދާ ޓެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.
"ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދިނުން. ދީލަތިކަމުގެ އިންތިހާއަށް ދާންޖެހޭ ކަމެއް މިއީ. އަޅުގަނޑުމެންނަށް ﷲ ނިއުމަތް ދެއްވަނީ އެ ނިއުމަތް ޒިންމާދާރުކަމާ އެކު ބޭނުންކުރުމަށްޓަކައި."
ފަލަސްތީނަށް އެހީވުމަށް މިއަދު ފެށި ތެލެތޯންގައި ރައީސް، މުއިއްޒު ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ: ރައީސް އޮފީސް
ފަލަސްތީނުގެ މައްސަލައަކީ މުސްލިމުން ކުރިމަތީގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ކަންކަން ދިމާވާ ވަގުތު އެ މީހެއްގެ ހުރި ސިފައެއް ފެންނާނީ. މިއޮތީ އަޅުގަނޑުމެން މުސްލިމުން ކުރިމަތީގައި އެންމެ ބޮޑު މައްސަލަ. މީގެ ކުރިން މި މައްސަލަ ބޮޑު ނުވާ ވަރަށް ބޮޑުވެފައި. ފަލަސްތީނުގެ ރައްޔިތުންނަށް މިވަގުތު އަޅުގަނޑުމެންގެ އެހީތެރިކަން ނުދީފި ނަމަ ދެން އަޅުގަނޑުމެން ދައްކާނެ އެހެން ވާހަކައެއް [ނެތް]،" ރައީސް ވިދާޅުވި އެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޕީއެސްއެމުން މިއަދު ކުރިއަށް ގެންދާ ޓެލެތޯންގައި ފަސްޓް ލޭޑީ ސާޖިދާ ބައިވެރިވެވަޑައިގެން ފައިސާގެ އެހީއެއް ވެދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
ހުރިހާ ވިސްނުމެއް އަދި ފިކުރެއްގެ މީހުން ވެސް ޓެލެތޯންގައި ބައިވެރިވެ ފަލަސްތީނަށް އެހީވުމަށް އެ މަނިކުފާނު އެދިވަޑައިގަތެވެ.
ޕީއެސްއެމުން ވަނީ ފަލަސްތީނަށް އެހީވުމަށްޓަކައި މާލެ ސަރަހައްދުގައި 13 ފަންޑުފޮށި ބަހައްޓައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހުޅުމާލެ 2 ގެ ހިޔާ ޓަވަރު ސަރަހައްދާއި ހުޅުމާލެ ހޮސްޕިޓަލާއި ވެލާނާގެ ބިލްޑިންގް ސަރަހައްދާއި އެސްޓީއޯ އިމާރާތް ހިމެނޭ ސަރަހައްދާއި އެމްޕީއެލް އާއި ސްޓެލްކޯ އާއި ފެރީ ޓާމިނަލްތަކާއި އެސްޓީއޯ ސުޕަމާކެޓު ސަރަހައްދެވެ. މީގެ އިތުރުން ޓީވީއެމްގެ ގޯތި ތެރޭގައި ވެސް ފޮއްޓެއް ބަހައްޓާފައިވާ ކަމަށް ޕީއެސްއެމުން ބުންޏެވެ.
ފަލަސްތީނަށް އެހީވާން ފަންޑުފޮށި ބަހައްޓާ ސަރަހައްދުތައް.
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތް މި ސަރުކާރުން އިތުރު ކޮށްފައިވާއިރު، އިޒްރޭލުގެ ޕާސްޕޯޓު ރާއްޖޭގައި މަނާކުރަން މިހާރު ވަނީ ގާނޫނު އިސްލާހު ކުރުމުގެ އަމަލީ މަސައްކަތް ރައްޔިތުންގެ މަޖިލިިހުގައި ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފާފް ސައީދު
12 June 2024
މާޝާﷲ. މިހުރީ ފިސާރި ވެރިޔެއް އަހަރުމެންގެ ގައުމަށް ލިބިފައި. ސެލިއުޓް ޔޫ ސާރ
ބަލައްޗޭ
13 June 2024
ފަސާރި ވެރިޔެއް ވީމަ އެ އުޅެނީ ރައީސް ގެ ގަރާރަކުން އިޒްރޭލު ޓޫރިސްޓުން މިގައުމަށް ވަނުން މަނާކޮށް ނުލެވިގެން. މަޖިލީހަށް މައްސަލައެއް ގޮތަށް ވައްދައިގެން އެކަން ނުކުރާންވެގެން އެބައިގަނޑު އެތިބެނީ.
އިއުޒާން
12 June 2024
އިސްރާއިލް ޕާސްޕޯޓް ބޭން ކުރަނީ ވެސް ރައީސް މުއިއްްޒް. ހާސް ނުވޭ
މާންބެ
13 June 2024
ކުރަން ހުރިމީހަކު ވީޔާ ކުރާހާ ދުވަސް ވެއްޖެ.
މުހައްމަދު ޝާން އައްބާސް
12 June 2024
ފަލަސްތީނުގެ ހައްގުގައި ތިކުރާ މަސައްކަތަށް އެކަނިވެސް މަނިކުފާނަށް ދެވަނަ ދައުރެއް ހަމަ ހައްގު. އެކަން ކުރަން ކުރެވުނު މަސައްކަތެއް ކުރާނަން.
އަދުހަމް ސަޢީދު
12 June 2024
ފެނިގެން މިދަނީ މި ކުޑަ ގައުމުގެ ރައީސް އިސްލާމީ ދުނިޔެއަށް ނަމޫނާ ދައްކާ ތަން.
އަހްމަދު އާޒިފް
12 June 2024
މި ރައީސް އަށް ވޯޓް ދެވުނީތީ ވަރަށް ފަހުރުވެރިވަން.
އަހަންމަދާ
12 June 2024
އިޒްރޭލް ޕާސްޕޯޓް ބޭން ކުރާނެކަމަށް އުންމީދު ކުރިން އެކަން ނުވެ މިދަނީ މި ރައީހައް އޮތް އިތުބާރު މިދަނީ ގެއްލެމުން
އާބިދާ އަލީ
12 June 2024
އަހަންނަކީ މިސަރުކާރަށް ތާއީދުކުރާ މީހެއް ނޫން. އެކަމަކު މުއިއްްޒް ފަލަސްތީނުގެ ހައްގުގައި ކުރާ މަސައްކަތް ބަލައިގަންނަން.
މިސްބާހް
12 June 2024
ފަހުރުވެރިވޭ ފަލަސްތީނުގެ ހައްގުގައި ތިކުރާ މަސައްކަތަށް.
އިފާދުﷲ
12 June 2024
ފަލަސްތީނުގެ ހައްގުގައި މިހާވަރަށް މަސައްކަތް ކުރާ ވެރިޔެއް އަދި ނާދޭ.
ރިހުލާ މުހައްމަދު
12 June 2024
އަސްލުވެސް ޖެހޭ. ރައީސް ތި ވިދާޅުވީ ހަމަ ރަނގަޅަށް.
ހިދާޔާ މިސް
12 June 2024
ފައިސާގެ އެހީވެސް ބޭނުން