12 ޖޫން 2024 - 11:24
މިފްކޯ އަށް ކިރުވި މަހަށް މަސްވެރިންނަށް ދޭން ޖެހިފައި ހުރީ 80 މިލިއަން ރުފިޔާ ކަމަށާއި މި ހަފުތާގެ ތެރޭގައި އެ ފައިސާ ޖަމާކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
މިފްކޯގެ މީޑިއާ އޮފިޝަލު އިބްރާހިމް ސައީދު "މިހާރު" އަށް ވިދާޅުވި ގޮތުގައި މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުން ލަސް ވަނީ ސަރުކާރުން ދޭން ޖެހޭ ސަބްސިޑީގެ ފައިސާ އަދި ނުލިބޭތީ އެވެ.
އެކަމަކު އެ ފައިސާ ވީހާވެސް އަވަހަކަށް ދޭން ސަރުކާރާ ގުޅިގެން ކެނޑި ނޭޅި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ހަފުތާގެ ތެރޭގައި އެ ފައިސާގެ ވަކި މިންވަރެއް ޖަމާ ކުރަން ފަށާނެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންފައި ވަނީ މަސްވެރިން ކިރާ މަހަށް އެންމެ ގިނަ ވެގެން ދެ ދުވަސް ތެރޭގައި ފައިސާ ޖަމާ ކުރުމަށެވެ.
އެހެން ނަމަވެސް ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުން އެ ވައުދު ފުއްދަން ސަރުކާރަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ. މި އަހަރު ކުރީކޮޅު ވެސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދައްކާތާ އެތައް މަހެއް ވެގެން މަސްވެރިން މުޒާހަރާ ކުރަން ފެށުމުން ސަރުކާރުން ވަނީ އޭރު ނުދެއްކި ހުރި ފައިސާ ދައްކާ ހަލާސް ކޮށްފަ އެވެ.
ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އޭރު ވިދާޅުވެފައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު 250 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއްގެ މަސްވެރިންނަށް ނުދީ އޮތް ކަމަށެވެ. ފުރަތަމަ ހަ މަސް ދުވަސް ނުނިމެނީސް 850 މިލިއަނަށް ވުރެން ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށާއި އެ އަދަދަށް ފައިސާ ދޫކުރުމަށް ފަހު ބާކީ ދައްކަން ޖެހިފައި އޮތީ 27 މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ވެރިކަން ފެށުނުއިރު މަސްވެރިންނަށް އެހާ ބޮޑު އަދަދަކުން ފައިސާ ދައްކަން ޖެހިފައި އޮތީ، މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި، މިދިޔަ އަހަރުގެ ސެޕްޓެމްބަރު 16 ގައި މަހުގެ އަގު 17 ރުފިޔާ އިން 25 އަށް ބޮޑުކުރުމަށް ފަހު ގެނައި ބަދަލާ ގުޅިގެންނެވެ.
މަސްވެރިންނަށް އަނެއްކާ ވެސް ފައިސާ ނުދެވި 80 މިލިއަނަށް އެރުމުން، ހިތްހަމަނުޖެހި ބައެއް ސަރަހައްދުތަކުގެ މަސްވެރިން އަންނަނީ އެ މައްސަލާގައި ކަންބޮޑުވުންފާޅުކޮށް މުޒާހަރާ އަށް ތައްޔާރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެއްޔަބޭ
13 June 2024
އެމްޑީޕީ އަޑީގައި އޮވެގެން މަސްވެރިންގެ ބޮލަށްފިތަނީ.
ޙ. ޙުސައިން
13 June 2024
މިފްކޯ ޕްރައިވަޓައިސް ކޮށްގެން ނޫނީ ސަލާމަތެއް ނުވާނެ. ދައުލަތުގެ ބެލުމުގެ ދަށުގައި އޮންނަ ކުންފުނިތަކުން ނަތީޖާނެރެވޭތަން ވަރަށް ނުފެނޭ. އަނެއްކޮޅުން މަސްވެރިން ބާނާހާ މަހެއް ގަންނަން މިފްކޯއަށް މަޖުބޫރު ކުރުވިގެން ނުވާނެ. އެއީ ވިޔަފާރި ކުރާ ހަމައެއް ނޫން. ސިޔާސީ ބޭނުމަށް މިފަދަ ގޮވާލުންތަކަށް އެެއްބާރުލުން ދީގެން ނުވާނެ. އެހެނީ ސަރުކާރާ ހަވާލުވިޔަސް އެކަން އެމަގުން ކޮށް ނުދެވޭނެތީ.
ހިތަދޫ 2
12 June 2024
މިފްކޯގެ ވެންޑާސް ވެސް މުޒާހަރާކޮއްގެންތޯ ލާރި ދޭނީ؟ މުޅިން ތަނުގެ ތިބޭ މީހުން ކަޓު ނަގައިގެން ބޮޑު އަގުގަ އެއްޗެހި ނަގަނީ، ތިތަންތަން އިސްލާހު ކުރަނީ ކޮން ވެރިޔަކު؟ ޕާޓީތަށް އުވާލާ ރަސްކަމަށް ބަދަލް ކުރަން ވެއްގެ އެއްނު؟ ގައުމު ދަރާ ވިކެނީ
އަހަންމަދާ
12 June 2024
ދަނޑުވެރިންގެ ހުރިހާ އެއްޗެއް އެގްރިކަލްޗަރުން ގަނެފަ. ޓްކްސީ ތަކުގެ މީހުންގެ ހުރިހާާ ދަތުރެއް ޓްރާސްޕޯޓުން ބިލް ދައްކާ ގޮތަށް އޯކޭތަ؟ އަބަދު މަސްވެރިން ލާރި ނުލިބިގެން. ތި ކިރަން ވެއްޖެއެންނު ލާރި ދޭ ބަޔަކަށް އެހެން ނޫނީ އަމިއްލައަށް ހިއްކާ ރިހާކުރު ވިއްކަންވެސް އޯކޭނުން.
ކެކެކެކެކެކެކެކެ
12 June 2024
ލަދުވެތި ކަންކަން! ސަރުކާރުން ލާރި ނުދީގެން ދިވެހިން އިނދަޖެހިފަ! އެކަމަކު ސިޔާސީ މީހުން މެކުހަތް! ވަރަށް ސަލާމް!
ސިއްބަތު އަޒީޒް
12 June 2024
ހާސްނުވޭ. މި ސަރުކާރުން މި ސިނާއަތް ކުރި އަރުވާނެ. އެހެން ސަރުކާރަކުތަކާ ހިލާފަށް ފައިސާ ގެ ކަންކަން މާ ހަރުދަނާ ގޮތަކަށް ކުރިޔަށް ގެންދާނޭ.
އާޒިފް ސައީދު
12 June 2024
ސިޔާސީ ބޭނުމަށް އިބޫ 25ރ އަށް ކިލޯ ހެދުމުގެ ނަތީޖާ މިއީ. އެ ބެކް ލޮގް ފިލުވާފަ ނި ސާރުކާރުން މިހާރު ފައިސާ ދެމުން ދަނީ. އިނގޭތީ މި ބުނަނީ.
އާސިމް އިބްރާހީމް
12 June 2024
ވެރިކަން ވެއްޓޭ ކަން އިނގޭތީ މި ސާރުކާރަށް ޖެއްސުން ކުރަން އިބޫ މަސް ކިލޯ 25 ރުފިޔާއަށް ހެދީމަ ހުރިހާ އުނދަގުލެއް ކުރި މަތި ވެގެން މިއުޅެނީ
އިބާދުﷲ
12 June 2024
އިއްޔެ މަސްވެރިއެއް ކައިރީ އެހުމުން ބުނީ އިބޫ އޯ ނުދީ ދިޔައީ ފައިސާ. އެފައިސާ ދިނީ މުއިއްްޒް އޯ.
އަދުހަމް ތައުފީގް
12 June 2024
މަސްވެރިން ހާސް ނުވޭ. ރައީސް މުއިއްްޒް ތިބޭފުޅުންނަށް ދެރަ ގޮތް ނަހަދާނެ. އަދި ފްލެޓް ވެސް ވަކި ކެޓަގަރީއެއް ހަދައި ދޭނެ.