ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޕީއެސްއެމުން މިއަދު ކުރިއަށް ގެންދާ ޓެލެތޯންގައި ފޮރިން މިނިސްޓަރު ޒަމީރު ބައިވެރިވެވަޑައިގެން ފައިސާގެ އެހީއެއް ވެދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
12 ޖޫން 2024 - 11:24
ފަލަސްތީނަށް އެހީވާ އދ. ގެ ފަންޑަށް ރާއްޖެ އިން ދޭ އެހީ 50،000 ޑޮލަރަށް އިތުރު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ޕަލަސްތީނަށް އެހީވުމަށް އުފައްދާފައިވާ ޔުނައިނެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (އަންރުވާ) އަށް ރާއްޖެ އިން އައީ ކޮންމެ އަހަރަކު 5،000 ޑޮލަރުގެ އެހީއެއް ދެމުންނެވެ.
"ފަލަސްތީނާ އެކު ދިވެހީން" ނަމުގައި ރައީސް މުއިއްޒުގެ އިސްނެންގެވުމަކަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން އިންތިޒާމު ކޮށްގެން މިއަދު ކުރިއަށް ގެންދާ ޓެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި ޒަމީރު ވިދާޅުވީ، ފަލަސްތީނަށް ރާއްޖެއިން ދޭ އެހީގެ އަދަދު 50،000 ޑޮލަރު އިތުރަށް ދިނުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.
"މިދިޔަ އަހަރުތަކުގައި ދައުލަތުން ވާނީ މި ފަންޑަށް އަބަދުވެސް އެހީވެދީފައި. އެގޮތުން ކޮންމެ އަހަރަކު ރަމްޒީ އެހީގެ ގޮތުގައި 5،000 ޑޮލަރު ޑޮލަރު ދަނީ ދެމުން. އެކަމަކު މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގެ ފަހުން އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނަށް ވެފައިވާ އެހީގެ ގޮތުން ރައީސް ވަނީ މި އަހަރު މި ފަންޑަށް 50،000 ޑޮލަރު. އެއީ ކުރިން ދެމުން އައި އަދަދުގެ 10 ގުނަ ހަދިޔާ ކުރާ ގޮތަށް ނިންމަވާފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޕީއެސްއެމުން މިއަދު ކުރިއަށް ގެންދާ ޓެލެތޯން ފެއްޓުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ޒަމީރު ވިދާޅުވީ އެ ޓެލެތޯންއިން ލިބޭ ފައިސާ ޔޫއެންއާރްޑަބްލިވްއޭ ހަވާލު ކުރާނީ ފޮރިން މިނިސްޓްރީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ކަަމަށެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި، ޓެލެތޯން އިން ލިބޭ ފައިސާ ހަމައަށް އެ ފަރާތަށް ރައްދު ކުރެވޭތޯ ބެލުމަށްޓަކައި މިނިވަން އޮޑިޓަރެއް ވަނީ ހަމަޖައްސައިފަ އެވެ.
ފަލަސްތީނަށް އެހީވާ އދގެ ފަންޑަށް ރާއްޖެއިން ދޭ އެހީ 50000 ޑޮލަރަށް އިތުރުކުރަނީ pic.twitter.com/BAqvw5FALh
— PSM News (@psmnewsmv) June 12, 2024
"ކްރޯވް މޯލްޑިވްސް އެލްއެލްޕީ ވަނީ މި މަސައްކަތާއި ހަވާލުވެފައި. އެ ބޭފުޅުން އޮޑިޓް ކުރެެއްވީމާ އެ ފައިސާ އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ޔޫއެންއާރްޑަބްލިވްއާ ހަވާލުކޮށް، އެ ފައިސާ ލިބުނުކަން ޔަގީން ކުރުމަށް ފަހު ރައްޔިތުންނަށް އަޅުގަނޑުމެން އަންގައި ދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޕީއެސްއެމުން މިއަދު ކުރިއަށް ގެންދާ ޓެލެތޯންގައި އިކޮނޮމިކް މިނިސްޓަރު ސައީދު ބައިވެރިވެވަޑައިގެން ފައިސާގެ އެހީއެއް ވެދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
މިއަދުގެ ހެނދުނު 8 އިން މިރޭ ދަންވަރު 12 އާ ހަމައަށް ޓެލެތޯނެއް ކުރިއަށް ގެންދާއިރު ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތް މި ސަރުކާރުން އިތުރު ކުރުމުގެ ގޮތުން އިޒްރޭލުގެ ޕާސްޕޯޓު ރާއްޖޭގައި މަނާކުރަން މިހާރު ވަނީ ގާނޫނު އިސްލާހު ކުރުމުގެ އަމަލީ މަސައްކަތް ރައްޔިތުންގެ މަޖިލިިހުގައި ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަސަމް
12 June 2024
މަދު ދުވަސްކޮޅުގަ ރައީސް މުއިއްޒު ހާ ފަލަސްތީނު ހައްގުގައި ވަކާލާތު ކުރި ވެރިއެއް ނާދޭ.
ބޯނެތް
13 June 2024
ޗައިނާގައި މަރާ މުސްލިމުންނާއި ސައުދީން ޔަމަނުގައި މެރިހާ މީހުންގެ ދިފާއުގައި ވަކާލާތް ނުކުރަނީ ކީއްވެ
ނައުޝޫދް
12 June 2024
ފަލަސްތީން އިޒްރޭއީލް ހަނގުރާމަޔަކީ އަލަށް ފެށި ކަމެއްނޫން. މިވީހާ ދުވަހު މިވަރުގެ ކަމެއް ނިމިދިޔަ ސަރުކާރުތަކުން ނުކުރެ އޮތުމަކީ ބޮޑު މައްސަލައެއް. މި ކަމުގެ ޝުކުރު ހައްގު ރައީސް މުއިއްޒުއަށް
އަހަންމަދާ
12 June 2024
އަދިވެސް އިޒްރޭލް ޕާސްޕޯޓް ބޭން އެއް ނުކުރިއެންނު. މިހުންނަނީ ވިސްނަން ޖެހޭ ކަންކަން ކުރިން ހީކުރިން މި ސަރުކާރުން އެކަން ކުރާނެ ކަމަށް އެކަމު ވަކި ސަރުކާރަކުން ވާ ކަމެއް ނޫން މިއީ. އަސްލު އަބަދުވެސް އެންމެން އިދިކޮޅުގަ ތިބޭ އިރު ބޭން ކުރަން ގޮވާފަ ލިބުނީމަ ވިސްނާފަ ކުރަން ޖެހޭ ކަމަކަށް ހަދަނީ. ސިޔާސީ ކަންކަން
މުހައްމަދު ޝައްމޫން
12 June 2024
މިދިޔަ އެއްވެސް ވެރިކަމަކަށް މިވަރުގެ ކަމެއްވެސް ކުރަން ހަމަ ނޭގުނު؟ މާ ވޯޓް ނުދޭ ސަރުކާރުން މިކަންވެސް މިކުރަނީ
އައުޒްމް
12 June 2024
ދެން ވޯޓް ދޭނީ ރައީސް މުއިއްްޒް އަށް.
ރެފިޔުޖީ
12 June 2024
އިޒްރޭލުން އިޒްރޭލްގައި ތިބި ޢަރަބިންނަށް ވެސް އިޒްރޭލް ރައްޔިތުކަން ދިން. (މިހާރު އެއީ އިޒްރޭލްގެ 2 މިލިޔަން ޢަރަބިން). އަދި ޢަރަބި ގައުމްތަކުން ބޭރުކޮށްލި ޔަހޫދީނަށް ވެސް ރައްޔިތުކަން ދިން. ނަމަވެސް ޢަރަބި ގައުމްތަކަށް ހިޖްރަ ކުރި ފަލަސްތީން މީހުނަށް އެ ގައުމްތަކުން ރައްޔިތުކަން ނުދިނުމުގެ ސަބަބުން ރެފިޔުޖީން ކިޔާ ބަޔަކު ތިބީ. އިޒްރޭލުން ވެސް ޢަރަބި ގައުމްތަކުގެ ޔަހޫދީނަށް ރައްޔިތުކަން ނުދިން ނަމަ ކިތައް މިލިޔަން ޔަހޫދީ ރެފިޔުޖީން ތިބޭނެ
މަފާޒް ސަލީމް
12 June 2024
މިހެންވެ މަ ބުނަނީ ރައީސް މުއިއްްޒް އަށް ދެވަނަ ދައުރެއް ހަމަ ހައްގޭ. ސަބަބަކީ އިސްލާމީ އެހެން ގައުމުތަކަށް ކުރަން ނުކެރޭ ކަންކަން މިކުރަނީ
ގަޅިބޭ
12 June 2024
ނިމޭއިރު ގައުމު އޮންނާނީ އިރާގް ސީރިޔާހެން ވީރާނާވެފައި
އައްބާސް
12 June 2024
ތިއީ ދިވެހީން ބޭނުންވާ ގޮތް. ތިކަން ކުރާތީ ތިކަމަށް ތާއީދު ކުރަން. ފަންޑަށް ލާރިވެސް ދޭނަން.
މިމްރާހް
12 June 2024
މިއީ ހަގީގަތުގައި ވެސް އިސްލާމީ ދުނިޔެއަށް ހުރި ނަމޫނާ ސާރުކާރެއް.
ޖާވިދު
12 June 2024
ފަހުރުވެރިވޭ މިކަހަލަ ކަންކަން ސަރުކާރުން ކުރާތީ