ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި މިއަދު ކުރިއަށް ގެންދާ ޓެލެތޯންގައި މަޖިލީހުގެ ޕީއެންސީ ކެންޑިޑޭޓުން ފައިސާ ހަވާލުކުރައްވަނީ.--
12 ޖޫން 2024 - 13:19
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި މިއަދު ކުރިއަށް ގެންދާ ޓެލެތޯންގައި ރައްޔިތުން މަޖިލީހުގެ ޕީއެންސީ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުންގެ ފަރާތުން 200،000ރ. ހަދިޔާކޮށްފި އެވެ.
"ފަލަސްތީނާ އެކު ދިވެހީން"ގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން އިންތިޒާމު ކޮށްގެން މިރޭ ދަންވަރު 12 ޖަހަންދެން ކުރިއަށް ގެންދާ ޓެލެތޯނަށް ފައިސާ ހަވާލު ކުރުމަށް މަޖިލިސް މެމްބަރުން ވަނީ ޕީއެސްއެމްގެ ސްޓޫޑިއޯ ވަޑައިގެންފަ އެވެ.
"ފަލަސްތީނާ އެކު ދިވެހިން" ޓެލެތޯނަށް ޕީއެންސީ ޕާލިމެންޓްރީ ގްރޫޕުން ހަދިޔާކުރި 200،000ރ. ހަވާލުކޮށްދެއްވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
ފައިސާ ހަވާލު ކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ފަލަސްތީނުގެ މައްސަލައަކީ ދިވެހި ރައްޔިތުންގެ ހިތާ އެންމެ ކައިރިން ވިންދު ޖަހާ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލަ ކަމަށެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޕީއެސްއެމުން މިއަދު ކުރިއަށް ގެންދާ ޓެލެތޯންގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެން ފައިސާގެ ދެއްވަނީ.---ފޮޓޯ: މަޖިލިސް
ޓެލެތޯންގައި ހުރިހާ ދިވެހީން ބައިވެރިވެ ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ވުމަށް އަބްދުއްރަހީމް އެދިވަޑައިގަތެވެ.
ފަލަސްތީނަށް އެހީވުމަށް ބާއްވާ ޓެލެތޯނުގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮށި ބަހައްޓާފައިވެ އެވެ. ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށް ދިވެހި ފައިސާއިން ނަމަ 7730000655865 އެކައުންޓަށް އަދި ޑޮލަރުން ނަމަ 7730000655866 އެކައުންޓަށް ޖަމާކުރެވޭނެ ކަމަށް ޕީއެސްއެމުން ބުންޏެވެ.
މިއަދުގެ ހެނދުނު 8 އިން މިރޭ ދަންވަރު 12 އާ ހަމައަށް ޓެލެތޯނެއް ކުރިއަށް ގެންދާއިރު ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތް މި ސަރުކާރުން އިތުރު ކުރުމުގެ ގޮތުން އިޒްރޭލުގެ ޕާސްޕޯޓު ރާއްޖޭގައި މަނާކުރަން މިހާރު ވަނީ ގާނޫނު އިސްލާހު ކުރުމުގެ އަމަލީ މަސައްކަތް ރައްޔިތުންގެ މަޖިލިިހުގައި ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތީއެހާވަރު
12 June 2024
މެންބަރަކަށް 2630 ރުފިޔާވަރު އެއީ ގާތްގަނޑަކަށް. ތީ އެހާވަރު ބޮޑުއެއްޗެއްތަ މަހަކު 83 ހާސް ލިބޭ ބަޔަކަށް؟
ވަގެއް
13 June 2024
ފަލަސްތީނަކީ ވެސް ސިޔާސީ ހަތިޔާރެއް
އާބަކުރު11
12 June 2024
ހާދަ މަދޭ މިލިއަނެއް ވަރު ކޮއްލި ނަމަ
އަހަންމަދާ
12 June 2024
އަދިވެސް އިޒްރޭލް ޕާސްޕޯޓް ބޭން އެއް ނުކުރިއެންނު. މިހުންނަނީ ވިސްނަން ޖެހޭ ކަންކަން ކުރިން ހީކުރިން މި ސަރުކާރުން އެކަން ކުރާނެ ކަމަށް އެކަމު ވަކި ސަރުކާރަކުން ވާ ކަމެއް ނޫން މިއީ. އަސްލު އަބަދުވެސް އެންމެން އިދިކޮޅުގަ ތިބޭ އިރު ބޭން ކުރަން ގޮވާފަ ލިބުނީމަ ވިސްނާފަ ކުރަން ޖެހޭ ކަމަކަށް ހަދަނީ. ސިޔާސީ ކަންކަން
ކަލަމިންޑާ
12 June 2024
85000 މުސާރަ މަހަކު ލިބޭ ޕީއެންސީގެ 79 މެމަބަރުން އެންމެ ދެލައްކަ ދިނުމަކީ ލަދުވެތިކަމެއް. 2500 މެމްބަރަކަށް
ޝަފްނާ
12 June 2024
ތީ ތިހާ ތެދުވެރި ބައެއް ނަމަ ސުޕްމެޖޯރިޓީގެ 5 އަހަރުގެ މުސާރަ އެއްކޮށް ފަލަސްތީިން ފަންޑަށް ދޭންވީ ނޫންތޯ
އަލިހާޖީ
12 June 2024
ކަލޭ ތިހާ އަމާނާތް ތެރި މީހާ އުމުރު ދުވަހުގެ މަސައްކަތަށް ވާ އުޖޫރަ ދޭންވީނު؟ ބޯ ހަމަޖެހޭ ވާހަކަ ދައްކަބަލަ.
ކަކުނި 001
12 June 2024
ތިޔަ މެންބަރުންވެގެން އިޒްރޭލު ޕާސްޕޯޓް ބޭންކުރާށޭ.
ފަރުދީ ޒިންމާ
13 June 2024
ތިބޭފުޅާ ފުރަތަމަ ކޯކް ފެންޓާ ފަދަ ތަކެތި ބުއިމާ، ޔަހޫދީންގެ ކޮސްމެޓިކް ޕްރޮޑަކްޓްތަކާއި އެމީހުންގެ ކާބޯ ތަކެތި ހުއްޓާލަބަލަ. އޭރަށް ސީދާ އެމީހުންގެ ވިޔަފާރިތަކަށް ގެއްލުން ލިބޭނެ. ފުރަތަ ފަރުދީ ޒިންމާ އަދާކުރޭ.
ކަންގަ ނާ
12 June 2024
ޝުކުރިއްޔާ! ރަހީމް ބޭ
ގުލުމީ
12 June 2024
ސާބަހޭ އެމުޑީޕީން ކީއްތަމިކުރަނީ
ޖަޒީރާޖ
12 June 2024
ބުނާނެ ރަނގަޅުވާހަކައެއް ނެއްތީއްޔާ އެއްޗެކޭ ނުބުނުން ރަންގަޅުވާނީ.
ގެދާނޯމޮސް
12 June 2024
ސްމާރޓް ފޯނުގެންގުޅުއްވާ ސްމާރޓް ލީޑަރުން ގެ ދީލަތިކަމުގެ އެހީ ދޭއިރު ހިތުގެ ނިޔަތް ﷲ މޮޅަށް ދެނެވޮޑިގެން ވާކަން ވިސްނޭ މީހަކުމިހާރު މަދެވެ. ޒައްރެއްގެ މިންވަރުވިޔަސް ދެއްކުންތެރި ނިޔަތެއްވާނަމަ އެކަމަކުން ބަޔަކަށް ފައިދާވިޔަސް ދޭފަރާތަށް ގެއްލުން ފިޔަވާ ސަވާބެއްނުވާތާ ދެއްކުން ތެރިކަމުގެ ފާފަމެނުވީ ބޮލުގަނޭޅޭއެވެ.
އަލިހާޖީ
12 June 2024
ކަލޭ ވިސްނޭ މީހާ ތި ބައި ހެއްދެވި ފަރާތަށް ދޫކޮށް އަނގަ މަޑުންލައިގެން ގޮސް ކަލެއަށް ވެސް ވީ ވަރަކުން އެހީ ދީބަލަ! ފަލަސްތީނު މީހުން މިހާރު ބޭނުންޖެހިގެން އުޅެނީ ކަލޭގެ ހިތު ނިޔަތެއް ނޫން. ކަލޭގެ ދީލަތި ކަން.