"ފަލަސްތީނާ އެކު ދިވެހީން" ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ޓެލެތޯންގައި މާލޭގައި ބަހައްޓާފައިވާ ފަންޑު ފޮއްޓެއް ކައިރީ ސްކައު ކުއްޖަކު.-- ފޮޓޯ: ޕީއެސްއެމް
12 ޖޫން 2024 - 13:27
ފަލަސްތީނަށް އެހީވުމަށް ކުރިއަށް ގެންދާ ޓެލެތޯންގައި ހަ ގަޑިއިރު ތެރޭ 1.8 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
"ފަލަސްތީނާ އެކު ދިވެހީން" ނަމުގައި ރައީސް މުއިއްޒުގެ އިސްނެންގެވުމަކަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން އިންތިޒާމު ކޮށްގެން މިއަދު ކުރިއަށް ގެންދާ ޓެލެތޯން ފެށީ ހެނދުނު 8 ޖެހިއިރު އެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު "މިހާރު" އަށް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުގައި ބަހައްޓާފައި ހުރި ފޮށިތަކުގެ އިތުރުން މެންދުރު އެކެއް ޖެހުމާ ހަމައަށް 1.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ބީއެމްއެލް އެކައުންޓާއި ޔޫއެސްޑީ އެކައުންޓަށް ފައިސާގެ ގޮތުގައި މިހާތަނަށް 1.8 މިލިއަން ލިބިފައިވޭ. އޭގެ ތެރޭގައި ހިމެނޭ 5754 ޑޮލަރު،" ޒީނާ ވިދާޅުވި އެވެ.
ފަލަސްތީނަށް އެހީވުމަށް ބަހައްޓާފައި ހުރި ފަންޑު ފޮށިތައް ގުނަން ފަށާނީ ހަވީރު ހައެއް ޖަހާއިރު އެވެ.
ޒީނާ ވިދާޅުވީ އެ ފައިސާ ގުނާނީ އޮޑިޓް ކުރުމަށް ދީފައިވާ ކްރޯވް މޯލްޑިވްސް އެލްއެލްޕީގެ މެމްބަރުން، ފައިސާ ގުނާ ވަގުތު ހަރަކާތްތެރިވާނެ ކަމަށެވެ.
"އެ ފޮށިތަށް ގުނުމުން ވަރަށް ބޮޑު އަދަދެއް އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ،" ޒީނާ ވިދާޅުވި އެވެ.
ފަލަސްތީނަށް އެހީވުމަށް ކުރިއަށްގެންދާ ޓެލެތޯނުގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮށި ބަހައްޓާފައިވެ އެވެ. ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށް ދިވެހި ފައިސާއިން ނަމަ 7730000655865 އެކައުންޓަށް އަދި ޑޮލަރުން ނަމަ 7730000655866 އެކައުންޓަށް ޖަމާކުރެވޭނެ ކަމަށް ޕީއެސްއެމުން ބުންޏެވެ.
އެ ޓެލެޓޯން މިރޭ ދަންވަރު 12 އާ ހަމައަށް ކުރިއަށް ގެންދާއިރު ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތް މި ސަރުކާރުން އިތުރު ކުރުމުގެ ގޮތުން އިޒްރޭލުގެ ޕާސްޕޯޓު ރާއްޖޭގައި މަނާކުރަން މިހާރު ވަނީ ގާނޫނު އިސްލާހު ކުރުމުގެ އަމަލީ މަސައްކަތް ރައްޔިތުންގެ މަޖިލިީހުގައި ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
12 June 2024
ޒީނާ ވިދާޅުވީ އެ ފައިސާ ގުނާނީ އޮޑިޓް ކުރުމަށް ދީފައިވާ ކްރޯވް މޯލްޑިވްސް އެލްއެލްޕީގެ މެމްބަރުން، ފައިސާ ގުނާ ވަގުތު ހަރަކާތްތެރިވާނެ ކަމަށެވެ. އެމީހުންނަށް އުޖޫރަ އެއް ދޭން ޖެހޭ ތޯ އެވެ؟ މިފަދަ ކަންކަން ކުރަން ހޯދަން ވީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ފަރާތް ތަކެވެ.
އަހަންމަދާ
12 June 2024
އަދިވެސް އިޒްރޭލް ޕާސްޕޯޓް ބޭން އެއް ނުކުރިއެންނު. މިހުންނަނީ ވިސްނަން ޖެހޭ ކަންކަން ކުރިން ހީކުރިން މި ސަރުކާރުން އެކަން ކުރާނެ ކަމަށް އެކަމު ވަކި ސަރުކާރަކުން ވާ ކަމެއް ނޫން މިއީ. އަސްލު އަބަދުވެސް އެންމެން އިދިކޮޅުގަ ތިބޭ އިރު ބޭން ކުރަން ގޮވާފަ ލިބުނީމަ ވިސްނާފަ ކުރަން ޖެހޭ ކަމަކަށް ހަދަނީ. ސިޔާސީ ކަންކަން
އިބުރާހިމް ޔާސިރު
12 June 2024
އަޅުގަދުމެންބޭނުންވަނީ ތިޔަހަގުރާމަ ހުއްޓުވޭނެ ގޮތެއް ކިތަންމެރުފިޔާޔެއްދިނަސް ސަހީދުވާމީހުން ކުޑަކުދި އަންހެން ދުވަސްވީމީހުން އަނިޔާކޮއް މަރާހުސްކޮއްފި ދުނިޔޭގެ ހުރިހާގައުމަކުން ކުޅިބަންތިބެނީ ފަލަސްތީނުގެ މުސްލިމް ރައްޔަތުން ސަލާމަތް ކުރައްވާށި އާމީން
ހުމޭދް
12 June 2024
ޕްރޮޓެސްޓް ދެން އޮތީ ކޮން އިރަކުން؟
މަގޭ ސަރުކާރު
12 June 2024
ތި ފައިސާ މަސްވެރިންނައްދިނުން މާ އައުލާކަންބޮޑު. އެއީ ސުންނަތްގޮތަކީވެސް
ރައްދު
12 June 2024
ދިވެހިންނުޖެހޭ މިހާ ދުރުހިސާބެއްގައި އޮތްގައުމަކަށް އެހީވާން. ކައިރީގައި ތިބި ގައުމުތަކުން ފަލަސްތީނަށް އެހީވާންވީ.
ރަދުނީ
12 June 2024
އިންސާނިއްޔަތާއި ދެކޮޅަށް ދެވޭ ހަމަލާއެއްކަމެއް ބެލެވޭނީ ފަލަސްތީނުގެ ރައްޔިތުންނަށް މިހާރު އިޒްރޭއީލްއިން ދޭހަމަލާތައް. އެމެރިކާ އަދި އިގިރޭސީންނަށް ހަމަވަގުތުން ހުއްޓުވުމުގެ ބާރު އެބައޮތް.
ދަލީލް
12 June 2024
ފޮށި ހުންނަ ތަންތަންވެސް ލިޔެލިނަމަ ފަސޭހަވިސް
ބޖކ ކބކބ
12 June 2024
ތި ފައިސާގެ ފަސްބައުކުޅަ އެއްބައިވެސް ޣައްޒާ އަށް ވަންނާނެބާ؟
ސުހާހ
12 June 2024
ސާބަހޭ މީކާއިލު އެއްޗެއްލިތަ ؟