21 ޖޫން 2024 - 16:39
މާފުށީ ޖަލަށް ފޯނު ވެއްދުން ހުއްޓުވުމަށް އެ ތަނުގައި ދެ މެޓަލް ޑިޓެކްޓަރު ހަރުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އިހުސާން ވިދާޅުވީ، މާފުށީ ޖަލުގައި އެވްރެޖްކޮށް ކޮންމެ ގޮޅިއަކުން ވެސް ފޯނާއި މަސްތުވާތަކެތި ފެންނަ ކަމަށެވެ.
ސްކޭމް ކޯލް ފަދަ މައްސަލަތައް ފެށިގެން އަންނަނީ އެ ގޮތަށް ޖަލުގެ ތެރެއިން ކަމަށާއި އެ ކަން ހުއްޓުވުމަށް ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދިޔަ ހަފުތާގައި އަޅުގަނޑުމެން ވާނެ ދެ މެޓަލް ޑިޓެކްޓާ ހަރުކޮށްފައި. އަދި ކުރިއަށް އޮތް މަސް ތެރޭގައި ސޯސް އެބަކުރަން ބޮޑީ ސްކޭނިން މެޝިނެއް. އެ މަސައްކަތް ވެސް މިދަނީ ކުރަމުން،" އިހުސާން ވިދާޅުވި އެވެ.
ޖަލުގެ ތެރެއަށް ފޯނު ފަދަ ތަކެތި ވަނުމުގެ މައްސަލަ ހައްލު ކުރުމަށް ފަހު، ދެން ކުރަން ޖެހޭނީ މުޖުތަމައުގައި ސްކޭމް ކުރުމުގެ ކަންކަން ހުއްޓުވުން ކަމަށް އިހުސާން ވިދާޅުވި އެވެ.
އެ ކަމަށްޓަކައި ފުލުހުންނާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޒީމާާ
23 June 2024
މި ސަރުކާރަކީ ބަޔަކު ދައްކާ ބިރަކަށް ގުޑާނެ ބަޔެއްނޫން. ގައުމީ ފެންވަރުގައި ޖައްސަމުންދިޔަ ސްކޭމްތަށް ހުއްޓުވަން މިސަރުކާޜުން ކުރައްވާ މަސައްކަތަށް ޝުކުރުދަންނަވަން.
ރާޝިދްް
23 June 2024
މި ފޯނުގެ ސަބަބުން އެތަކެއް ނިކަމެތި ރައްޔިތުންނެއްގެ ފައިސާ ވަނީ ގެއްލިފައި. މިދިޔަ ސަރުކާރުން ކޮވިޑްތެރޭ މިކަން އެންމެ އާންމުވިއިރު އެއްވެސް ކަމެއް ނުކުރޭ. މި ސަރުކާރުން މިފަދަ ކަންތައްތަށް ސީރިއަސްކޮށް ނަގާތީ ވަރަށް ހިންހަމަޖެހޭ. އުންމީދަކީ މިފަދަ ގިނަ ސެކިއުރިޓީ ފީޗާރޒް އަދި ތައާރަފްވެގެންދިއުން.
ނިޒާމްް
23 June 2024
މި ގައުމުގެ ކުރިއެރުން ބިނާވަނީ ކުށްކުރާމީހުން އިސްލާހުގެ މަގަށް ގެނެސްގެން. ޖަލުގައިތިބެގެން އިތުރަށް ކުަށްކުރުމަށް ފުރުސަތު ދިނީމާ ކަންކަން ދާނީ ގޯހުންގޯހަށް.
އުލްފާާ
23 June 2024
މީގެން އެގެނީ މި ސަރުކާރުން ކަންކަމުގައި ދޫ ނުދޭނެކަން. މިއީ ވަރަށް ރަނގަޅު ނިންމުމެއް.
އަދްނާންް
23 June 2024
މިއީ ކޮންމެހެން ކުރަންޖެހިފައި އެތަށް ޒަމާނެއްވަންދެން ނުކުރެވި އޮތް ކަމެއް. ޝުކުރިއްޔާ ރައީސްް
އަހުމަދުބޭބެ
23 June 2024
ޖަލަށް އެއްޗިހި ވައްދަނީ ޖަލުގަ މަސައްކަތްކުރާ މީހުން. ތި ވިދާޅުވާ މެޓާލް ޑިޓެކްޓަރ ހަރުކުރީމަ އެ ބަލަހައްޓާނީވެސް ހަމަ އެމީހުން ދޯ. މި ދެން "ފިނދަންކަލޯ ވާހަކައަށްވުރެވެސް ޖޯކު" ވާހަކައެއް. ތި މީހުންގެ އެންމެ ބޮޑު މީހާވެސް ވިދާޅުވީ "ރަނގަޅު އެމައުންޓެއް ވެއްޖެއްޔާ އަންހެނުންވެސް ނާހާނޭ ތީ ކޮންތާކުން ހޯދި އެއްޗެއްތޯއެއް؟" އެއީ ޙަޤީޤަތުގައިވެސް ޤައުމުގެ ޙާލަތަކީ. އޭރު އެކަމށްވަރަށް ޖޯކުޖެހިން އަޅުގަނޑުވެސް. އެކަމު އެއީ ހަމަ ޙައްޤު ބަސް.
ޒަމާނޭމީ އައި
22 June 2024
ހާދަ ކުރިޔަކަށް ޖައްސާލައިފިޔޭދޯ.
އަލީރަމް
22 June 2024
މާފުށީ ޖަލަށް ފޯނު ވެއްދުން ހުއްޓުވުމަށް އެ ތަނުގައި ދެ މެޓަލް ޑިޓެކްޓަރު ހަރުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އިހުސާން ވިދާޅުވެއްޖެ އެވެ. ހުސްރަންގަޅު ވާހާކަ ނަމަވެސް ތިކަން ކުރާކަމުގައި ވާނަމަ ފުރަތަމަ ޖަލުގައި ސެކިއުރިޓީ ބަލަހައްޓަން ތިބެނީ ކޮންބައެއްކަން ޖަލުގައި ތިބޭ ޤައިދީންނަށް ނޭގޭ ގޮތަށް ޖަލު ސަރަހަށްދުގައި އެމީހުން މަސައްކަތް ކުރަންވީ އެއިރުން ޑިމާންޑު ކުރުމާއި ބުލެކްމެއިލް ކުރުން ހުއްޓި ތިކުރާ މަސައްކަތުގެ ނަފާ ފެންނާނެ މަގޭ ޚިޔާލު.
ސަންޑޭ
22 June 2024
ދެން، ތި ތަނަށް ފޯނާ ޑްރަގް ވައްދާ މީހުންނަށް ތި މެޓަލް ޑިޓެކްޓަރު ޙަވާލުކުރީމަ ހުންނަނީ ހަތަރެސް ކަން ހަމަވެފައި. .
ސައްލެ
22 June 2024
ތިހުންނާނީ ގިނަވަގުތު ނިވާލަފަ ނުނީ ކޮންމެސް މައްސަލައެއްޖެހިފަ. މިނިސްޓަރަށް އެތާގެ ކަންކަން ރަނގަލު ކުރަން ބޭނުންނަމަ ފުރަތަމަ ހަރުކުރަންވީ ޒަމާނި ސީސީޓިވީ ކެމެރާ ސިސްޓަމެއް ޖަލުގެ ކޮންޓޮރޯލް ނޯންނަ ހެޑްކުއާޓަރުގަ ރެކޯޑިން ބެހެއްޓޭ ފެންވަރުގެ. އޭރުން ބެލޭނި އެމީހުން ގަންނަ ގަނޑު.