ރާއްޖޭގެ ރަށެއް. ނުހެދި ހުރި ރަށްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ރަށްތައް ދައުލަތަށް ނަގަން ސަރުކާރުން ވަނީ ނިންމާފައި -- ފޮޓޯ: މިހާރު
23 ޖޫން 2024 - 15:54
ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން މަސައްކަތް ހުއްޓިފައިވާ ރަށްތަކާ މެދު އަމަލުކުރާނެ ގޮތްތަކެއް ސަރުކާރުން ކަނޑައަޅައިފި އެވެ.
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ، ނުހެދި ހުރި ރަށްތަކާ މެދު ދެ ގޮތަކަށް އަމަލު ކުރަން އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
އޭގެ ތެރެއިން އެއް ގޮތަކީ އެއްވެސް ވަރަކަށް ރަށުގައި މަސައްކަތެއް ނުފަށާ ހުރި ރަށްތަކުން ދައުލަތަށް ލިބެން ހުރި ފައިސާތައް ދެއްކޭނެ ގޮތްތަކެއް ބަލައި، އެ ރަށްތައް ދައުލަތަށް އަނބުރާ ހޯދުމެވެ. ދެ ވަނަ ގޮތަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި، ރިސޯޓުގެ ހެދުމަށްޓަކައި ކޮންސްޓްރަކްޝަން މަސައްކަތް ފަށާފައިވާ ރަށްތައް އަވަހަށް ހުޅުވޭނެ ގޮތްތަކެއް ހޯދައި ދިނުމެވެ.
"މަސައްކަތް ނުފެށި ހެދޭނެ ގޮތެއް ނެތް ފަރާތްތަކަށް އެއްވެސް ޝަރުތަކާ ނުލާ ދައުލަތަށް ރަށް ދޫކޮށްލުން. އެ ބޭފުޅުން އެބަހުރި ބޮޑެތި ކުލިތައް ވެސް ދައްކަން. ނޫނީ ފޮރިން އިންވެސްޓަރަކު ޝައުގުވެރިކަން ފާޅުކޮށްފިއްޔާ އެރަށުގެ ހެޑް ލީޒް ބަދަލު ކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުން،" ތަފުސީލް ދެއްވަމުން ފައިސަލް ވިދާޅުވި އެވެެ.
"އަޅުގަނޑުމެން އިތުރަށް ޓޫރިޒަމް ގާނޫނަށް އިސްލާހުތަކެއް ހުށަހަޅައިގެން އެބަ ގެންދަން. އެބަހުރި 30 އަހަރު ވެފައި ހުރި ރަށްތައް ވެސް ނުހެދި. ދައުލަތަށް ކުއްޔާއި ފައިންގެ ގޮތުގައި ބޮޑެތި އަދަދުތައް ދައްކަން ޖެހޭ ފަރާތްތައް އެބަހުރި،"--- ފައިސަލް
އޭނާ ވިދާޅުވީ، ނުހެދި މަސައްކަތް ހުއްޓިފައިވާ ރަށްރަށަށް އިންވެސްޓް ކޮށްފައިވާ ނަމަ އެ ރަށެއް އަގުކޮށް، ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އިތުރަށް ޓޫރިޒަމް ގާނޫނަށް އިސްލާހުތަކެއް ހުށަހަޅައިގެން އެބަ ގެންދަން. އެބަހުރި 30 އަހަރު ވެފައި ހުރި ރަށްތައް ވެސް ނުހެދި. ދައުލަތަށް ކުއްޔާއި ފައިންގެ ގޮތުގައި ބޮޑެތި އަދަދުތައް ދައްކަން ޖެހޭ ފަރާތްތައް އެބަހުރި،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މައްސަލަ ޖެހިފައިވާ ރަށްތަކުގެ ވެރިންނާ ވަކި ވަކިން ވާހަކަ ދައްކައި، ހައްލުތައް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރު ފައިސަލް.
މަސައްކަތް ހުއްޓިފާ ހުރި ރަށްތަކުގެ ތެރޭގައި 70 ޕަސެންޓުން ފެށިގެން 10 ޕަސެންޓާ ހަމައަށް މަސައްކަތް ކޮށްފައިވާ ރަށްތައް ވެސް އެބަ ހުއްޓެވެ.އަދި ގިނަ އަދަދެއްގެ ރަށްތަކުގައި އެއްވެސް މަސައްކަތެއް ނުކޮށް ވެސް އެބަ ހުއްޓެވެ.
ފައިސަލް ވިދާޅުވި ގޮތުގައި، އެންމެ ބޮޑު ބޭނުމަކީ، ރަށްތައް އަތުލުމުގެ ބަދަލުގައި އެ ރަށްތައް އަވަހަށް ހެދޭނެ ގޮތްތަކެއް ހޯދުމެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރު އާންމުކުރި "ފިސްކަލް ހިރާސްތަކުގެ ބަޔާން" ގައި ވާ ގޮތުން ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން އެއްގޮތަކަށް ވެސް ކުރިއަށް ނުގޮސް ހުއްޓިފައި ހުރި ރަށްތަކުން 1.7 ބިލިއަން ޑޮލަރު (26 ބިލިއަން ރުފިޔާ) ކޮންމެ އަހަރަކު ގެއްލެ އެވެ.
ރާއްޖޭގައި މި ވަގުތު 170 ރިސޯޓެއް ހިންގަ އެވެ. ނުހެދި ހުރި ރިސޯޓުތަކާ މެދު ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމަށް ކުރީގެ ސަރުކާރުތަކުން މަސައްކަތް ކޮށްފައިވީ ނަމަވެސް، އެކަމުގައި މާ ބޮޑު ކުރިއެރުންތަކެއް ހޯދިފައެއ ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކްސްް
24 June 2024
އެތައް ރަށްތަކެއް ނުހެދި ހުރިއިރު، އަދިވެސް އިތުރު ރަށްތައް ކުއްޔަށް ދިނުމުގެ ވިސްނުން މިގެންގުޅެނީ ކީއްކުރަންބާ؟ އޯވަރ ޓުއަރިޒަމަށް ނުދަނީސް އިތުރު ރަށްތައް ޓުއަރިޒަމަށް ހާއްސަކުރުން ހުއްޓާލަންޖެހޭ. މިހާރުވެސް މިއުޅެނީ އޮކިއުޕެންސީ ދަށްކަމުން.
ފައުޒިއްޔާ
24 June 2024
ހެޔޮ ނުވާނެ ރާއްޖެ މި ދަތުރުކުރަނީ އިގްތިސާދީ އަޑިގަނޑެއްގެތެރެއިން. ރާއްޖޭގައި ރަށްތައް އެބަހުރި. މަދުވެގެން 50 ރަށް ދނަޑުވެރިކަމަށް ދޫކޮށްބަލަ ކުޑަ އަގުގަ މަހުޖަނުންނަށް ނުބަހާ. 50 ރަށުން އަހަރަކު 250 އާއި 400 އާއި ދެމެދުގެ އަދަދަކަށް މެޓްރިކްޓަނުގެ ކާބޯތަކެތި އުފެއްދޭނެ. އަދި އެގޮތަށް ދޫކުރާ ކޮންމެ ރަށެއްގައި، މުޑުވަށް ރަނގަޅު 200 ރުށް ރަށް ވަށައިގެން އިންދުމަށް ޝަރުތުކުރަންވާނެ. އޭރުން އަހަރަކު 7 ލައްކައާއި 1 މިލިއަނާއި ދެމެދު ކާށި ލިބޭނެ.
އިންވެސްޓަރު
24 June 2024
ތިޔަ ރަށްތަށް ނެހެދިހުރީ ސަރުކާރުން އިންވެސްޓަރުންނަށާއި ބޭންކްތަކަށް ބޭނުންވާ ޔަގީންކަން ނުދެވޭތީ. ލޯނު ނުދެއްކީމަ ބޭންކު ޖެހެނީ ކޯޓުތަކަށް ގޮސް ރަށް އަތުލަން އާދޭސްކުރަން. ދެދުވަހުން އެއްދުވަހު ޓޫރިޒަމް ޓެކުހާއި ޖީ.އެސް.ޓީ ބޮޑުކުރޭ. ކާކު މިވަރުގެެ ތަނަކަށް އިންވެސްޓު ކުރާނީ.
އޮނަރަބްލް އަފީފު ދީދީ
23 June 2024
މަތީގައިދެންނެވި ބަދަލާއިއެކު ފަތުރުވެރިކަމުގެ ވިޔަފާރިއަށް ހުޅުވާލަންބޭނުންވާ ރަށްތައް ކޮންމެ 5 އަހަރަކުން ކަޑައަޅާ އިޢުލާންކޮށް (މިގޮތުންދޫކޮށް މަސައްކަތްނުނިންމާހުރި ރަށްތައް ދެންއަންނަ 5 އަހަރެއްގަ ލިސްޓްކުރާއިރު ހިމަނާންވާނެ) މިދެންނެވި ހުރިހާރަށްތައް ދައުލަތާއި ރައްޔަތް ޙިއްސާވާ ޕަބްލިކް ކުންފުނި MTDC އަށް 99 އަހަރަށް ޙަވާލުކޮށް އެކުންފުނި މެދުވެރިކޮށް ރިސޯޓްހަދާ ފަރާތްތަކަށް 50 އަހަރަށް ސަބްލީޒްކުރާގޮތަށް ޓްއަރިޒަމް ޤާނޫނި އިސްލާޙް ކުރޭ.
އަފްރާސިޔާބު
23 June 2024
ތިޔައީ ރަނގަޅު ނިންމު މެއް. އެރަށްތައް ލިބިފައިވާ މީހުންނަށް ކިތަންމެ ވަރަކަށް މުއްދަތު އިތުރު ކުރިއަސް ތިޔަ ރަށްތަކެއް ނުހެދޭނެ. އެމީހުން އެރަށުގައި ކުރަނީ އެހެން ކަމެއް ވިއްޔާ. ދޭނެކަމެއް ނެތް ހުދޭ ވަރުބަޔަކަށް އަދި ރައްތައް ދޫކޮށްގެންވެސް ނުވާނެ ބުނާ މުއްދަތަކަށް ނެހެދޭނެ ބަޔަކަށް. ކުރީ ސަރުކާރު ތަކުން ކަޓްނަގައިގެން ދޫކޮށްފައި ހުރި ރަށް ރަށް.
ކަރުގޮށްދެންޓަލްމޭން
23 June 2024
ޙަމަ ކަޓެއްނަގާފަ ނިންމާލާނީ ދޯ! ޢެހެންކަމެއް ނުކުރާނެ
ނަޞްރުﷲ
23 June 2024
ދައުލަތުގެ ޢާމްދަނީބނާވަނީ ތިޔަ ފަޅުރަށްތަކާ ފަޅުތަކުން ލިބޭ ޢާމްދަނީގެ މައްޗަށް ނޫންތޯއެވެ. ބަޔަކުގެ ތަރިކަ މުދަލުގެ ގޮތުގަ 20 ނުވަތަ 30 އަހަރު މި ތަންތަން ގެއްލިފާ ހުރުމަކީ ގައުމުގެ އެތަށް ރައްޔިތުންނަށް ލިބޭ އަގު ނުކުރެވޭ ވަރުގެ ގެއްލުމެކެވެ. މިކަން ހުއްޓުވެން ޖެހޭނެއެވެ. ސަރުކާރާ ގާނޫނު ހަދާ މަޖިލިސް ވެސް މި ކަމުގާ ވަނީ ފެއިލް ވެފައެވެ. ގިނަ ރަށްތަކަކީ ބޭރުގެ ކޮންމެވެސް ފަރާތަކުން ޚަރަދު ކުރި ރަށަރަށެވެ. އެފަރާތްތަކަށް ވެސް ލިބުނީ ގެއްލުމެވެ.
އައްޔަ ވެއްޑެ ދުއި
23 June 2024
ދުނިޔޭގެ އެކި ހިސާބުތަކަށް ދައުލަތުގެ ހަރަދުގައި މަނިކުފާނު ބުރުޖެހުން ހުއްޓާލައިގެން ތިޔަ ކަހަލަ ކަމެއް ކުރެވޭނީ. އަސްލު ކުރަންޖެހޭ މިކަހަލަ ކަންކަން ބަހައްޓާފަ ތިޔަ އުޅެނީ އެހެން ކަމަކާވިއްޔަ.
ކޮރަލް
23 June 2024
30 އަހަރު ވެފައި ހުރި ރަށްތައް ވެސް އެބަހުއްޓެވެ. 26 ބިލިއަން ރުފިޔާ ކޮންމެ އަހަރަކު ގެއްލެ އެވެ. މިއީ ސަރުކާރުން ލަދުގަންނަން ޖެހޭ ކަމެކެވެ. ކަރަންޓް އަދި ފެން ބިލް ނުދެއްކި 2 މަސް ވިއަސް ކަނޑާލާނެ އެވެ. ސަރުކާރުން ރައްތައް ނަގަނީކީ ނޫނެވެ. އެމީހުން ރަށްތައް ހަދަނީ ކީ ނޫނެވެ. އެއީ ބަލަދު އަރާފަ ހުރި ބައެއް ނޫނެވެ.
އޮނަރަބްލް އަފީފު ދީދީ
23 June 2024
ދައުލަތުގެ މުދަލާއިބެހޭގޮތުން މިފަދަ "ވާނުވާ ނޭގޭގޮތަކަށް" މުއާމަލާތްކުރަން ސަރުކާރުން ވާހަކަދެއްކުމަކީ ޙިޔާނާތަށް މަގުފަހިވާނެކަމެއް. # ފުރަތަމަ ކަމަކަށް "ނުހެދި" ހުރި ރަށްތަކެއްގެ ވާހަކަ ދައްކާއިރު ނުހެދި ހުރި ބަހުގެ ބަދަލުގައި "ނަހަދާ" ހުރި ރަށްތަކޭ ނުކިޔަނީ ކީއްވެ!؟ ރަށް ދޫކުރީ އެހެން އޮވެގެން އަމިއްލައަށް ހެދޭ އެއްޗަކަށްވާތީ އެގޮތަށް ހެދޭތޯ ނުވަތަ ހަދާންޖެހޭ އެއްޗަކަށްވާތީ ހަދަންތޯ!؟!ނަހަދާ ހުރި ރަށްތަކުގެ އެއްބަސްވުން ބާތިލް ކުރޭ.
އޮނަރަބްލް އަފީފު ދީދީ
23 June 2024
ދައުލަތުން ހަދާ އެއްބަސް ވުންތަކަށް ދައުލަތުން އިޙްތިރާމް ނުކުރާނަމަ ދުވަހަކުވެސް ރާއްޖޭގައި ކޮންޓްރެކްޓް ޤާނޫނުގެ ދަށުން ހަދާ އެއްބަސް ވުމަކީ އިތުބާރު ހިފޭ އެއްޗަކަށް ނުވާނެ. # ވާދަވެރި މާހައުލަކަށް ހުޅުވާލައިގެން ބިޑް ކާމިޔާބު ކުރުމުގެ ބޭނުމަށްޓަކާ ޕްރޮޕޯސަލް ތަކުގައި ކަޑައެޅިގެން ދޮގު މައުލޫމާތާއި ހިސާބުތައް ހިމަނައިގެން ރަށް ބަނޑުދަށު ލުމަށްފަހު މިފަދަ ގޮތަކަށް ސަރުކާރާއި އެކު ސިއްރު ޑީލް ހެދުމަކީ މިހާރު ސަޤާފީ ކުޅިއަކަށް ވެގެން ހިގައްޖެ.
އޮނަރަބްލް އަފީފު ދީދީ
23 June 2024
އެއްބަސް ވުމާއި އެއްގޮތަށް "ނުހެދި އެއްނޫން" ނަހަދާ ހުރި ހުރިހާ ރަށްތަކުގެ މައްސަލަ ޝަރީއަތަށް ހުށަހަޅާ ކޮންޓެރެކްޓާއި ޙިލާފުވެފައިވާ ހުރިހާ ރަށްތަކެއްގެ އެއްބަސްވުން ކޯޓް މެދުވެރިކޮށް އުވާލާ. # ރިސޯޓް ހަދާން ރަށެއް ދޫކުރާ ކޮންމެ ފަހަރަކު "މަކަރުވެރި ހީލަތްތެރި ޕްރޮޕޯސަލް ހުށަހަޅައިގެން" މަހުޖަނުން ދަނީ އެފަދަ ރަށްތައް ތަރައްޤީ ކުރަން ހުރަސް އެޅުމަށްޓަކާ އެމީހުނާއި ގުޅުންހުރި ފަރާތްތައް މެދުވެރިކޮށް މިފަދަކަންކަން ކުރަމުން. މިކަން ހުއްޓުވާންޖެހޭ.
އިބްތިޝާމާ އާމިރު
23 June 2024
އަފީފު ކަލޭ ހަޔާތެއް ތިހޭދަކުރަނީ މިހާރު ނޫހަށް ކޮމެންޓްކުރުމުގައި. ހިތުން މާމޮޅުމީހެއްމީނަ މީ. ހަނ ވަރަށް ފޫހިވޭ އުޅޭވައްތަރުން