އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިޔާސް -- ފޮޓޯ: ނިޝާން އަލީ / މިހާރު
24 ޖޫން 2024 - 12:25
މޯލްޑިވިއަންގެ އެއާބަސް ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކުރެވެންދެން ވެސް، އެ އެއާލައިނުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވެއްޖެ އެވެ.
އިޔާސް މިއަދު ވިދާޅުވީ ބޭރުގެ ދަތުރުތައް ކުރާ، އެއާބަސް ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި މުއްދަތުގައި ވެސް، މޯލްޑިވިއަން މެދުވެރިކޮށް ޓްރިވެންޑްރަމާއި ކޮޗިންއަށް ދަތުރު ކުރާ މީހުންނަށް، ޓިކެޓް ނަގާފައިވާ ދުވަހު ދަތުރު ކުރެވޭނެ ގޮތްތައް ފަހިކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެންމެ ބޮޑު އިސްކަމެއް ދެނީ މިހާރު ޓިކެޓް ނަގާފައިވާ މީހުންނަށެވެ. މޯލްޑިވިއަންގެ އޭޓީއާރް ބޯޓުތަކުގައި ޝެޑިއުލާ އެއްގޮތަށް ދަތުރުތައް ރާވާފައިވާނެ ކަމަށާއި އެހެން ނަމަވެސް، ދަތުރު ކުރާ ވަގުތުތަކަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އަތުވެދާނެ ކަމަށް ވިދާޅުވި އެވެ.
މޯލްޑިވިއަންގެ ބޯޓުތަކުގެ އިތުރުން، އެހެން އެއާލައިންތަކުގެ ބޯޓުތައް މެދުވެރިކޮށް ވެސް، އިއްޔެ ބައެއް ފަސިންޖަރުން އެ އެއާލައިނުން މާލެ ގެނަ އެވެ. ޓްރިވެންޑްރަމް އިން މާލެ އަންނަން މޯލްޑިވިއަން އިން ޓިކެޓް ނެގި ބައެއް މީހުން މިއަދު އިންޑިގޯގައި ވެސް ގެންނަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މޯލްޑިވިއަން އިން "އެކްސް" ގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ އިއްޔެ މެންދުރު ފަހު މާލެއިން ޓްރިވެންޑްރަމަށް ކުރި ދަތުރު، ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކެންސަލް ކޮށްފައިވާ ކަމަށެވެ. މައްސަލަ ދިމާވީ ބޯޓުގެ އިންޖީނަށް ކަމަށް ވެސް އެ އެއާލައިނުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުބާދު
25 June 2024
ކޮންފިކުރެށް ދެފަރާތަށް ދިހަވަރަކަށް ފަލި ބާލާފަ ދޯނިތައް ރެޑީކޮށްލާ!.
މެޑަމް ސްޕީކާ
24 June 2024
ޢެކްސްކިއުސްމީ..ސޮރީ، ތޭންކްޔޫ. ނޯކޮމެންޓްޒް.
މޮޑްސަން
24 June 2024
މަށައް ޕާޓްސް ގަންނަން ލާރި އެމްޑީނުދެންޏާ ކިހިނެއް މިކަން ރަންގަޅު ކުރާނީ؟ ބޯޓުސާވިސްކުރަން ވަގުތު ވެސް ނުދޭ ކޮމާށަލް ބޭނުމޭކިޔާފަ.
ފަހުދު.
24 June 2024
އަޅުގަންޑު
އިންޖިނައަރު
24 June 2024
މެއިންޓެނަނަސް ޓީމްގަ ޤާބިލްކަން ނެތީ. އެހެނެއްނުވާނީ ވަޒީފާއަށް ވައްދަން ޖެހެނީ ވަކި ބަޔަކު. ނަމެއްގަ ކުރާ ޓެސްޓުތަކާ އިންޓަވިއުތަކެއް.
ދައިތާބެއްޔާ
24 June 2024
މަ އެންމެ ހިތްހަމަ ނުޖެހެނީ މި ރާއްޖޭގައި ކޮންމެ ބަޔަކުވެސް ކިރިޔާ ކަމެއްވާއިރަށް "ޓެކްނިކަލް މައްސަލަ"އެކޭ ކިޔާފައި އަބަދުވެސް ފުއްދާލާތީ. މައްސަލައިގެ ވައްތަރު ކިތަންމެ ޓެކްނިކަލް ވިޔަސް، އެ މައްސަލައިގެ ކުޑަނަމަވެސް ތަފްސީލެއް ހާމަކުރެވެން ޖެހޭނެ. ޓެކްސް ފައިސާއިން އުދުހޭ ގައުމީ އެއާލައިން ތީ. މިފަހަރު މޯލްޑިވިއަން އޭރޯގެ އޭ320 އަށް ދިމާވި މައްސަލައަކީ "ކޮމްޕްރެސަރ ސްޓޯލް"އެއް. މިވަރު ބުނެވެން ޖެހޭ ކުޑަމިނުން. މި ކޮމެންޓު ޖަހާލަ ދިނުން އެދެން.
ފެންސު
24 June 2024
"ކޮމްޕްރެސަރ ސްޓޯލް" އެއީ ކޮންއެއްޗެއް؟ ހޮޅިއެއްތަ؟ ރަބަރުގަނޑެއްތަ؟ ގަހެއްގަ އަޅާއެއްޗެއްތަ؟ ކާއެއްޗެއްތަ؟ ކުޑަކޮށްބުނީމަ މިހެންވާނީ ގިނަމީހުންނަށް. އެހެނެކޭކިޔާފަ ކިހިނެތް ކޮންމެފަހަރަކު ތަފްޞިލްއަށް ދާނީ؟ އެހެންވެ ޓެކްނިކަލް މައްސަލައެކޭ ބުނެފަ ނިންމާލަނީ.
މޮޑްސަން
24 June 2024
ކޮމްޕޮރެސަރު ސްޓޯލް ވީމަ، އެއީ ޓެކްނިކަލް ކަމަކަށް ނުވަނީތަ.. ދެން މިސާލަކަށް ކަލޭކައިރީ ބުނީއޯ އެއީ އިންޖިން ސަރޖް އެކޭ، ބުނީމަ އެނުވާ ކަމަކަށް ވޭތަ. ނޫނީ ބުނެގެން ކަލެެއަށް ރަގަޅު ކޮށްލެވޭނެތޭ؟ އެެއީ ފާހާނާ އަކަށޭ މިދަނީ ނޫނީ ގަލާހާޖަޔަކަށޭ ބުނުންފަދަ، ބުނުމަށްވުރެ ނުބުނުން މޮޅުއިތުރުވެގެން ވާޒާތުކަމެއް. ސޯ، ދެންވެސް ނުބުނާނަން.
ހުސޭނު2323
24 June 2024
އެއާބަސްގެ މައްސަލައޭ އެބަކިޔާ. ދިމާވި މައްސަލަ ކިޔާދީބަލަ. އަޖައިބެއް
ޢަލީ ކުރުސީ
24 June 2024
ރަގަޅަށް މެއިންޓެނެންސް ނުކުރެވެނީބާ؟ ނޫނީ ބޯޓުތަކަށް މާ ދުވަސްވީބާ؟ މުޅި ފްލީޓްގެ ގިނަ ބޯޓުތަކަށްވެސް ކުދި ކުދި މައްސަލަތައް ދިމާވަމުންދާކަން ފާހަގަވޭ! މިކަންތަތްތައް ރެގިއުލޭޓް ކުރާފަރާތްތަކުން ސަމަަލުވެ، ޙާއްސަ ކޮލިޓީ އޯޑިޓެއް ހަދައިގެން ނަމަވެސް ބޮޑުކަމެއް ދިމާނުވަނީސް އެކަށީގެންވާ ފިޔަވަޅުތައް އަޅަންޖެހޭ!
ޒުބޭރު
24 June 2024
އަސްލު މިތާތިބި މުސްކުޅި ގުރޫޕައް މިކަން ކުރަން ނޭންގިގެން މިއުޅެނީ. އެމްޑީ އަކައްހުރި އިޔާސް އަކީމި ކަމައް ކުފޫހަމަވާމީހެއްނޫންކަން އެންގެނީ ކުންފުނީގެހާލަތު ދުވަހެއް ދުވަހެއް ދަށައް ދާތީ.