ފޮރިން މިނިސްޓަރު ޒަމީރު، ޔޫއެސްއެއިޑްގެ އެޑްމިނިސްޓަރާ މިއަދު ސަލާމްކުރައްވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ
25 ޖޫން 2024 - 17:02
ރާއްޖޭގެ އިގުތިސޯދު ފުޅާކުރަން ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ޔޫއެސްއެއިޑްގެ އިސްވެރިންނާ އެކު މިއަދު މަޝްވަރާކޮށްފި އެވެ.
ޔޫއެސްއެއިޑްގެ ވެބްސައިޓުގައި ބުނީ، އެ އެޖެންސީގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާއާ ބައްދަލުކުރައްވައި، އިގުތިސޯދީ ކުރިއެރުމާއި ތިމާވެށި ހިމާޔަތްކުރުން އަދި މުއައްސަސާތައް ހަރުދަނާކުރުމަށްޓަކައި ވާހަކަތައް ދެކެވުނު ކަމަށެވެ.
އޭގެ އިތުރުން ރާއްޖޭގެ ދަރަނީގެ މައްސަލަ އާއި އޯޕަން ގަވަމެންޓް ޕާޓްނަޝިޕްގައި ބައިވެރިވެ، ރާއްޖޭގެ ރަށްރަށާއި ރިސޯޓުތަކުގައި އިންކްލޫސިވް އިގުތިސޯދީ ކުރިއެރުން މަޝްވަރާކޮށްފައިވާ ކަމަށް އެ ވެބްސައިޓުގައި ބުންޏެވެ.
ލާމަރުކަޒީ އުސޫލުން ހިންގުމަށް ދިވެހި ސަރުކާރުން ގެންގުޅޭ ތަސައްވުރާއި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގާބިލްކަން އިތުރުކުރުމަށް ޔޫއެސްއެއިޑްގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާ ބެހޭގޮތުން ވެސް އެޑްމިނިސްޓްރޭޓަރުގެ ވާހަކައިގައި މަޝްވަރާކުރެއްވި އެވެ.
އެ ބައްދަލުވުމަށްފަހު ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ ރާއްޖެ ތަރައްގީ ކުރުމަށް ޔޫއެސްއެއިޑްގެ ފަރާތުން ދޭ އެހީ ފާހަގަކުރައްވައި، އެ ގުޅުން އިތުރަށް ބަދަހިކުރާނެ ކަމުގެ ޔަގީންކަން އަރުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލައިޓްއަޕް
26 June 2024
ޑިމޮކްރަސީ ހަރުދަނާ ޖުރން އެމެރިކާގެ އެހީތެރިކަން ހޯދުމަކީ އިންސާނީ ހައްގުކުރިއަރުވަން އިޒްރޭލްގެ އެހީތެރިކަން ހޯދުން ފަދަކަމެއް.
އެމްސް
25 June 2024
އިޤްތިސާދު ފުޅާކުރުމަށްވުރެ ފަސޭހައިން ކުރެވެން އޮތީ އިސްރާފު ކުޑަކޮށް، ބޭރުމީހުން މަދުކޮށް، ރާއްޖެއަށް ވަންނަ ފައިސާ އިޤްތިސާދު ތެރޭގަ ހިފެހެއްޓުންކަން ފިނޭންސް މިނިސްޓަރަށާއި އިކޮނޮމިކް މިނިސްޓަރަށް ނުވިސްނުމީ ހިތާމައެކެވެ!