އިކޮނޮމިކް މިނިސްޓްރީ އާއި ޕީއާރްސީގެ މިނިސްޓްރީ އޮފް ކޮޮމާސް މިއަދު ބޭއްވި ބައްދަލުވުމެއް--ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
25 ޖޫން 2024 - 18:46
ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރި އާއި އިންވެސްޓްމަންޓުތައް އިތުރަށް ވަރުގަދަ ކުރަން މަޝްވަރާ ކޮށްފި އެވެ.
ޗައިނާގައި ކުރިޔަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ކުރައްވާ ދަތުރުގެ ތެރެއިން އިކޮނޮމިކް މިނިސްޓަރު އަހުމަދު ސައީދު މިއަދު ވަނީ ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސް އާ ބައްދަލު ކުރައްވައިފަ އެވެ.
ސައީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޗައިނާގެ މިނިސްޓާ އޮފް ކޮމާސްއާ އެކު މިއަދު ބިނާކުރަނިވި ބައްދަލުވުމެއް ބޭއްވުނު ކަމަށާއި އެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ދެމެދު ބޭއްވި ބައްދަލުވުމުގެ މައްޗަށް އަލިއަޅުވާލެވުނު ކަމަށެވެ.
Had a constructive meeting with Minister of Commerce of PRC.Reflected on the meeting between President Xi Jingping & Pres Dr @MMuizzu & discussed options for deepening trade & investment
— Mohamed Saeed (@em_saeed) June 25, 2024
co-operation between our two countries 🇲🇻🇨🇳@MoEDmv @presidencymv @MFA_China @China_Amb_Mdv pic.twitter.com/9k3tpEi2dA
އޭގެ އިތުރުން ދެ ގައުމު ދެމެދު ވިޔަފާރި އާއި އިންވެސްޓްމަންޓުތައް އިތުރަށް ފުޅާ ކުރެވޭ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސައީދުގެ އެ ވާހަކަ އާ ގުޅުވައިގެން ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޝިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބައްދަލުވުމުގެ ސަބަބުން ރައީސް ޝީ ޖިންޕިން އާއި ރައީސް ޑރ. މުއިއްޒުއާ ދެމެދު ވެވުނު މުހިންމު އެއްބަސްވުން ތަންފީޒުކުރުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫރުﷲ އިސްމާއިލް
26 June 2024
ޑޮލަރ ނުލާ ވިޔަފާރި ކުރަން މި ރެޑީވަނީ. ފައްކާ ވާނެ.
އަބާން އަލީ
26 June 2024
ދެން ނުޖެހޭނެ ހާސްވާކަށް. މިޔާއެކު ގައުމަށް ބޭނުންވާ ތަކެތި ލިބޭނެ ޗައިނާއިން. ޕްލަސް މަސް ބޭރުކުރެވޭނެ މި ގައުމުން ޗައިނާއަށް.
ޒިލްމާ މުހައްމަދު
26 June 2024
މުއިއްޒްމެން ކަން ކުރާނީ ރަނގަޅަށް. އިގްތިސާދު ހަމަޔަކަށް އެޅުވޭނެ އެއްމެ ރަނގަޅު ގޮތަށް.
ހާލިދްް
26 June 2024
ދިވެހިސަރުކާރާއެކު ފުޅާވެގެންދާ ޗައިނާގެ ވިޔަފާރި ގުޅުންތަކުގެ ނަފާ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ކުރާނެ.
ދިލްޝާންް
26 June 2024
މި ސަރުކާރުން ފޫ ވެއްޓިފަ އޮތް އިގްތިސޯދެއް ކޮޅަށް ޖެހުމަށް ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރަން.
ޒިޔާއުު
26 June 2024
ޗައިނާ ފަދަ ގާބިލް ގައުމަކާއެކު ވިޔަފާރި ގުޅުން ފުޅާކޮށްގެން ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަން ކަށަވަރު.
ޝިފާޒްް
26 June 2024
ޗައިނާއަކީ ދިވެހިން ޓެސްޓް ކޮށް ނަތީޖާ ނެރެދީފައިވާ ގައުމެއް. އެހެންކަމުން ޗައިނާއިން ދިވެހިރާއްޖެއަށް ގިނަގުނަ މަންފާވާނެކަމަށް ބެލެވޭ.
ޖާސިމްް
26 June 2024
ރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރި ގުޅުންތަށް އިތުރަށް ބަދަހިވުމަކީ ރާއްޖޭގެ ތަރައްޤީއަށް ކުރިޔަށް އެޅޭ ވަރަށް ވަރުގަދަ ފިޔަވަޅެއް.
ގުރާ ފުޅު
26 June 2024
އެމްއެމްއޭ އިން ވިޔަފާރި ކުރިއަރުވަން މަސައްކަތްކުރަނީތޯ؟ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު ތިޔަ ބައްދަލުވުމުގައި އިންނެވީ ކީއްވެތޯ؟
ކަމަނާދީ
26 June 2024
ޔާމީނު ބުނިހެން، މަޤާމު ތަކުގައި ގިނައީ ލިޔަންކިޔަން ނޭނގޭ މަރުމޯލުން. ވީމާ އެއްބަޔަކު ދިހަބާރަ ބައްދަލުވުމަށްވެސް ދާންޖެހޭ. ލޮލް