ލާމަރުކަޒީ ކޮމިޓީއާއެކު، އެލްޖީއޭއިން ބޭއްވި ބައްދަލުވުމުގައި، އެ އޮތޯރިޓީ އަދި ކޮމިޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: މަޖިލިސް
26 ޖޫން 2024 - 15:34
ރަށްރަށުގައި ކައުންސިލަރުންގެ އަދަދު މިހާރު ވެސް މަދު ކަމަށާއި އެކަމަކު، ކައުންސިލަރުން އިތުރުކުރިޔަސް މިހާރު މުސާރަ ދޭ ގޮތަށް އެކަން ކުރަން ތާއީދު ނުކުރާ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި، ކައުންސިލަރުންގެ އަދަދު މަދުކުރުމުގެ ވިސްނުންތަކާ ގުޅޭ ގޮތުން ބިލެއްދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު އަސްލަމް ކުރެއްވި ސުވާލަކާ ގުޅިގެން އެލްޖީއޭގެ ޑިރެކްޓަރު ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ، ލޯކަލް ގަވަނެންސްގެ މާނައަކީ ޕާޓިސިޕޭޓްރީ ގަވަނެންސް ނުވަތަ ރައްޔިތުން ބައިވެރިވެގެން ރަށެއް، އަތޮޅެއް ހިންގާނެ ގޮތެއް ކަމަށެވެ.
އެހެންވެ، ރަށަކަށް ނުވަތަ އަތޮޅަކަށް 1-2 މީހުން އިންތިހާބުކޮށްފި ނަމަ އެއީ ޕާޓިސިޕޭޓްރީ ގަވަނެންސް އަކަށް ނުވާނެ ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ލޯކަލް ގަވަނެންސަކީ ހަރަދު ބޮޑު އަދި އާއްމުންގެ ބޮޑު ބައިވެރިވުމާ އެކު ހިންގާ ނިޒާމެކެވެ.
ހަރަދުގެ ވާހަކަ ދައްކާ ނަމަ ކައުންސިލްތައް ހިންގަން ހަރަދު ބޮޑު ކަމަށާއި އެކަމަކު، ހަރަދު ބޮޑު ވެގެން ކައުންސިލްތައް ބޮޑު ކަމަށް ބުނަނީ އެއީ ރަނގަޅު މޮޑިއުލެއްގައި އެކަން ނުކުރާތީ ކަން އެލްޖީއޭ އިން ފާހަގަކުރި އެވެ.
"އަޅުގަނޑަށް އަސްލު ފަސް މީހުން ވެސް މަދު. ފަންނީ ގޮތުން ރައްޔިތުން ޝާމިލްވާ ލޯކަލް ގަވަނެންސެއް ރަށްރަށުގައި ހިންގަން. ޝާމިލްވާ ލޯކަލް ގަވަނެންސެއް ހިންގުމަކީ ރައްޔިތުން އެކު ވެގެން، މަޝްވަރާ ކޮށްގެން ގޮތްތަކެއް ނިންމައިގެން ދެން ކައުންސިލް ލައްވައި އެ ކަންތައް ތަންފީޒު ކުރުން،" އާދަމް ޝަރީފު ވިދާޅުވި އެވެ.
ރައްޔިތުންގެ ބައިވެރިވުން ބޮޑުވާ ވަރަކަށް ލޯކަލް ގަވަނެންސް ރަނގަޅު ވާނެ ކަމަށާއި މެމްބަރުން ދަށްވާ ވަރަކަށް ރައްޔިތުންގެ ބައިވެރިވުން ކުޑަކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، މަޝްވަރާ ޖެހޭނީ ފުޅާކުރަން ކަން ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ރަށްރަށުގައި ފަސް މެމްބަރުން ވެސް މަދު. އެ ވެސް އިތުރު ވާންވީ. އެކަމަކު، މުސާރަ ނުދެވޭ ގޮތަށް، އިތުރު ކުރެވޭ ގޮތަށް އަޅުގަނޑުމެންނަށް ފޯމިއުލާތައް ހޯދޭނެ. މައްސަލަ ޖެހެނީ ހުރިހާ ބޭފުޅުންނަކީ ފުލްޓައިމްކޮށް ނުކުމެ ކައުންސިލްގައި މަސައްކަތްކުރާ ސިކުނޑި ހުންނާތީ،" އާދަމް ޝަރީފު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ފަސް މެމްބަރުން ބޮޑެއް ނޫން. ކުދި ރަށްރަށް ދެން އޯކޭ. އެކަމަކު، އަޅުގަނޑު ދެކޭ ގޮތުގައި ޝާމިލްވުން ޖެހޭނީ ބޮޑުވާން. މުސާރައިގެ މޮޑެލް ބަދަލުކުރެވިދާނެ. އެ ވާހަކަ ދައްކަންވީ."
ލާމަރުކަޒީ ކޮމިޓީއާއެކު، އެލްޖީއޭއިން ބޭއްވި ބައްދަލުވުމުގައި، އެ އޮތޯރިޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: މަޖިލިސް
އާދަމް ޝަރީފު ވިދާޅުވީ ކައުންސިލަކަށް ތިން މެމްބަރުން ކުޑަ ކަމަށެވެ. އެ އަދަދަކީ ގެއެއްގައި ކަމެއް ނިންމުން ކަހަލަ ކަމެއް ކަމަށް ވިދާޅުވި އެވެ.
އަންހެނުންގެ ކޮމިޓީތަކާ ގުޅޭ ގޮތުން މެމްބަރަކު ކުރެއްވި ސުވާލަކަށް، އާދަމް ޝަރީފު ވިދާޅުވީ 2011 ވަނަ އަހަރު އަންހެނުންގެ ކޮމިޓީތަކަށް އެ އޮތޯރިޓީން އިންތިހާބު ބޭއްވިއިރު، އެކަށީގެންވާ ތަރުހީބު ނުލިބުމުން އޭރު ސިޔާސީ ބޭފުޅުންނަށް ވިސްނުނީ އެލްޖީއޭ އިން އެކަން ކުރާތީ އެއްބާރުލުން ނުލިބުނީ ކަމަށެވެ.
ނަމަވެސް، އޭނާ ވިދާޅުވީ މިހާރުގެ ހާލަތަކީ ވެސް އެއީ ކަމަށެވެ.
"... އެބަ އިނގޭ ނޫންތޯ އިންތިހާބުގެ މައްސަލައެއް ނޫން ކަން މި އުޅެނީ. އަޅުގަނޑުމެންނަށް އޭރު އެނގުނު އެއްޗަކީ އެއް ރަށެއްގައި ހިންގާކަށް، ދެ އިންތިހާބީ ބޮޑީއެއް އޮވެގެން ފަންކްޝަން ނުކުރާނެއޭ. އިންތިހާބީ ދެ ބޮޑީ ރަށެއްގައި އޮންނަ ކަމަށް ވެއްޖިއްޔާ އެ ދެ ބޮޑީ ދޭތެރޭގައި ކޯޅުން އޮންނާނެ. ރަށުގެ މުދާވެރިކަމަށް، މިލްކުވެރިކަމަށް، ވަސީލަތްތަކަށް، ދެބައި މީހުންގެ ތެރޭގައި ކޯޅުން އޮންނާނެ،" އާދަމް ޝަރީފު ވިދާޅުވި އެވެ.
އާދަމް ޝަރީފު ވިދާޅުވި ގޮތުގައި، ލާމަރުކަޒީ ގާނޫނަށް އެ އޮތޯރިޓީން ޕްރޮޕޯޒްކުރި އިސްލާހަކީ އަންހެނުންގެ ކޮމިޓީ، ކައުންސިލްގެ ތެރޭގައި އޮންނަ ކޮމިޓީއެއް ގޮތަށް ބާއްވައި، ކައުންސިލަށް އަންހެނުންނަށް ކޯޓާއެއް ހަމަޖެއްސުމެވެ. ނަމަވެސް، މަޖިލީހުން އެ ނިންމުން ނިންމީ އެލްޖީއޭގެ ހުށަހެޅުމާ ދެކޮޅަށެވެ.
އޭގެ އިތުރުން، ރަށަކަށް ކައުންސިލަރެއް ނުވަތަ މޭޔަރެއް އިންތިހާބު ކުރުމަށްފަހު، ބާކީ ތިބޭނީ އެކި ދާއިރާތަކުން އިންތިހާބުވާ ކައުންސިލަރުން ކަމާއި އެ މެމްބަރުން ބައިވެރިވެވަޑައިގަންނަވާނީ ހަމައެކަނި ބައްދަލުވުންތަކުގައި ކަމަށް ހެދުމަށް ވެސް އެ އޮތޯރިޓީން ހުށަހެޅި އެވެ.
އާބާދީ ކިތަންމެ ކުޑަ ރަށަކަށް ވިއަސް، އެ ތަނެއްގައި ފަސް ކައުންސިލަރުން ތިބެ އެވެ. ނަމަވެސް، އެއީ، މަސައްކަތުގެ ލޯޑަށް ވުރެ ބޮޑު އަދަދެއް ކަމަށް ބުނެ އާއްމުންގެ ފާޑުކިޔުން އަމާޒުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜިނާ
28 June 2024
ޢޮފީހުގެ ވަސީލަތްތައް އަމިއްލަކަން ކަމުގައި ބޭނުންކުރާ! ޢެއްވެސް އިޚާސްތެރިކަމެއް ނެތް ބަޔަކު ގެންގޮސްގެން ކިތަންމެ ބައިވަރު vaahaka ދެއްކިޔަސް ފައިދާއެއް ނުކުރާނެ! ކޮރަޕްޝަނުން ސަލާމަތް ކުރަންވެފަ އޮތް މުއައްސަސާއެއް ތީ!
ޞެކަ
28 June 2024
ތަހުޒީބު ނުވާ ބޭކާރު ބަޔެއް!
ހުސެއިން ޝާމް
27 June 2024
ކައުން ސިލަރުންނަށް މިހޮވަނީ ފިތުނަ އުފައްދާ މީހުން ބަލާ.ތިކައުންސިލްތަކަކީ ފިތުނަ ކައުން ސިލްތައް .މުޅި ސިވިލްސަރވިސް ކޮމިޝަން ހަލާކު ކޮށްލާފަ ތިބި ބީތާއިން ތަކެއް.. އުވާލާ އެކި އެކި ޕާޓީ ތަކުގެ ބޭފުޅުންނަށް މަޤާމު ދީފަ ބައިތިއްބާ.އޭލެވެލް ރިޒަލްޓަށް އެކަނި ބަލައި ޝަރުތު ފުރިހަމަ ކުރުވާ .އޭލެވެލް ފާސް ބޭނުންވާނީ ދިވެހި މާއްދާ ހިމެނިގެ 4 ޕާސް.
ޝަރީފް1
27 June 2024
ކޮންމެ ރަށަކަށް 50 ކައުންސިލަރުން ނަގަންވީނު. ނުވަތަ ކޮންމެ ގެއަކުން ކައުންސިލަރަކު މަހަކު 20،000 ރުފިޔާދީފަ! އޭރުން ރައްޔިތުންގެ ބައިވެރިން ވަރަށް ބޮޑުވާނެ!
ފުރތަމަ
27 June 2024
މިގައުމުގެ މީހުން އުޅޭ ރަށްތައް އިހަށް މަދުކުރަންވީ. ގައުމުގެ މާލިއްޔަތަށް ނުކަތާވަރަށް އެބަ ކުދި އާބާދީތައް އޮވޭ. އެމީހުންނަށްވެސް ސަރުކާރުން ހުރިހާ ޚިދުމަތެއް އެބަ ފޯރުކޮށްދޭންޖެހޭ. ޚަރަދުކުޑަކުރެވޭނީ އެއްފަސްކޮށްގެން. އެކަމު އެކަން ކުރާކަށް ނުއުޅޭ އެއްވެސް ވެރިކަމެއްގަ. އެއީ ވޯޓް ހޯދަން ރަށްރަށަށް ދަތުރުކޮށްފަ ހޮޅި ވައުދުކޮށްފަ ދެބަނޑަށް ކާލަން ބޭނުންވާތީ. ވޯޓް ހޯދަން ދަތުރުކުރަން އެ ހިނގާ ޚަރަދު އެއީވެސް ކުޑަކުރަންޖެހޭ އެއްޗެއް.
އަބްޑޫޅް +
27 June 2024
އަހުރެން ކުޑައިރު، ކާމޭޒު ގެ ކަނުގަ ބައިތިއްބާފަ ތިބެނީ، ކުޑަކުދީން. ފޮޓޯ އިން ފެންނަ މަންޒަރުގަ، ކަނުގަ ބައިންދާފެ އެއިން އަންހެންމީހާ އެތަނުގަ ބޭންދީ، އަގުވައްޓާލައި، ކުޑަކުއްޖަކަށް ހަދަންވެގެންތަ؟
މެސްމަރ
27 June 2024
ރައްޔިތުން އިންތިހާބުކޮއްގެން ހޮވާ މަގާމުތައް މަދުކުރާނިކަމެއް ނެތް މަދު ކުރަންވީ ސިޔާސީ މަގާމުތައް ދެން ރައްޔިތުންގެ މަޖިލީސް މެންބަރުންގެ މުސާރަ މަޖިލިސް މެންބަރުންގެ އަދަދު މަދުކުރާ ވާހާކަ ދައްކަނީ ހަރަދު ކުޑަކުރާކަށް ނޫން ސިޔާސީ ބޭނުމަށް މަޖިލީސް މެންބަރުން އަދަދު މަދުވާވަރަކަށް މުސާރަ ބޮޑުކުރާކަށް ވެސް މަޖިލީހުން ލަދެއް ނުގަންނާނެ ރައްޔިތުން އިންތިހާބު ކުރާ މަގާމުތައް މަދުކުރުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލުން
ކޮލަމާހުއްޓާ
27 June 2024
ތީ ބޭކާރު މިނިސްޓްރީއެއް.. ކުރިންވެސް ކައުންސިލްތައް ބަލަހައްޓަމުން ދިޔައީ އެލްޖީއޭއިން. އޭރުނުކުރާ ކޮންކަމެއް މިހާރު ކުރަނީ.
ބާރު
27 June 2024
މިހާރު އޮންނަ ކޮންސެޕްޓަކީ އެއްގޮތަކަށްވެސް މިރާއްޖެއާ އެކަށޭނެ ކޮންސެޕްޓެއް ނޫން. ކޮންމެ ރަށެއްގައިވެސް ކައުންސިލްގެ ރައީސް އާއި ނައިބް ރައީސް އެއީ ދާއިމީ މަގާމަކަށް ހަދާފައި ދެން ތިބޭނީ މީޓިންތަކަށް އެޓެންޑް ކުރާ ކައުންސިލްތަކަށް ހަދަންވީއެވެ. އެއީ ފުލްޓައިމް ވަޒީފާއެއް ނޫނެވެ. ކޮމެޓީތައް ފަދަ ތަނެއެވެ. ދިހަވަވަރަށް މީހުން އިންތިހާބު ކުރެވިދާނެއެވެ. މި އިންތިހާބު ބާއްވާނީވެސް ރަށުފެންވަރުގައެވެ. މިވަރުން އިތުރަށް ވިސްނާށެވެ.
މަހާރަދުން
27 June 2024
ރައްރަށުގަ ކަައުން ސިލަރުން ހަމަ ނުވެގެން ގޮނޑި ހޫނު ނުވެގެން ތިއުޅުއްވަނީ ކޮން ކަމެއް ނުވާތީ!...ތި ކައުންސިލަރުން ތިބި އިރަށް ވުރެ ކޮންމެ ރަށެއްގަ ކަތީބަކު ހުރި އިރު ރައްރަށް މާހަމަޖެހި އޮމާން ކަމާއެކު އމާންކަމާއެކު ހިނަގާ!!ނުވިތާކަށް ދައުލަުގެ ބަޖެޓަށް ވެސް މާލުއި...ތިވެސް އެމްޑީޕީގެ ށައިތާނީ އައިޑިއާއެއް!!ދިވެހިންނަށް ހަލާކު ހުރި!!!
ބުލްޑޯޒަރ
27 June 2024
ކަުންސިލްތަކަށް މުވައްޒަފުން ދެވިފަ، ކީއްވެބާ ކޯޓްތަކަށް އިދާރީ މުވައްޒަފުން ނުދެވިގެން ފިނޭންސުން މިއުޅޭނީ؟ ކޯޓްތަކުގަ މިބެންޖެހެނީ ދެކެނައިންނާއި ބައި